-

ސުލޫކީ ކޮމިޓީ (ޗާޓަރއެކައުންޓުސްއާއި ގުޅޭ)

(ޅ) "ސުލޫކީ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ،  ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ މެންބަރަކު ހިލާފުވެފައިވާކަމަށް ބަޔާންކޮށް މެންބަރެއްގެ ފަރާތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނުވަތަ އިންސްޓިޓިއުޓަށް އަމިއްލައަށް ފެނިގެން ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު މެންބަރުންނާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކައުންސިލަށް ހުށަހެޅުމަށް އެކުލަވައިލައިފައިވާ ސުލޫކީ ކޮމިޓީއަށެވެ.