-

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-30)

(މި އުސޫލަށް އަމަލުކުރަން ފެށީ 15 ނޮވެމްބަރު 2025 ގައި)

 

ފުރަ ތަމަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ދިވެހިރާއްޖޭގެ ހިޔާވަހިކަމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 18 (އަށާރަ) އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ފުރިހަމަ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކެއް ގާއިމުކުރުމަށާއި، ށަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑުތަކާއި، އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތުތަކާއި، އިވެލުއޭޓްކުރުމާއި، ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައެޅުމާއި، މި ކަންކަމާ ގުޅުންހުރި އެހެނިހެން ކަންކަން ހިންގުމާ ގުޅޭ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން ށަރުތު ހަމަވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުން.

(ށ) ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ބޯހިޔާވަހިކަން އެންމެ ހައްގުވާ ފަރާތްތަކަށް ދޫކުރެވޭކަން ޔަގީންކުރުން.

(ނ) ލުއިފަސޭހަ އުސޫލެއްގެ ތެރެއިން ގެދޮރު މިލްކުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން.

(ރ) އާމްދަނީގެ އެކި ފަންތިތަކުގައި ތިބި ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ބަލައި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން.

(ބ) އެޕްލިކޭށަން ހުށަހެޅުމާއި، އިވެލުއޭޓްކުރުމުގެ އުސޫލުތައް ބަޔާންކުރުން.

 

 

ދެވަނަ ބާބު

ބޯހިޔާވަހިކަމުގެ ޕުރޮގުރާމު ތައް

 

3 ވަނަ މާއްދާ - ބޯހިޔާވަހިކަން ދޫކުރާ ސަރަހައްދު

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަން ދޫކުރެވޭނީ، ގްރޭޓަރ މާލޭ ސަރަހައްދުންނެވެ.

 

4 ވަނަ މާއްދާ - ބޯހިޔާވަހިކަމުގެ މޮޑެލްތައް

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ށަރުތު ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ތިރީގައި ބަޔާންކޮށްފައިވާ މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލްއަކަށެވެ.

(ހ) އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް.

(ށ) ރެންޓ-ްޓ-ުއޯން މޮޑެލް.

 

5 ވަނަ މާއްދާ - އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް

އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއަކީ، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭ ހައުސިންގ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން.

(ހ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ބެންކުން ނުވަތަ ފައިނޭންސިންގ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ށަރުތު ހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ށ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން އެދޭ ނުވަތަ ގެދޮރު މިލްކުކުރުމަށް އެދޭ ފަރާތަކަށް ވާންޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ރެންޓ-ްޓ-ުއޯން މޮޑެލް

ރެންޓ-ްޓ-ުއޯން މޮޑެލްއަކީ މި އުސޫލުގެ ދަށުން ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓު މިލްކުކުރެވޭ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން.

(ހ) ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ދައްކާނީ ޔުނިޓުގެ ކުލީގެ ފައިސާއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަން ދޫކުރާ ފަރާތާއި ބޯހިޔާވަހިކަން ލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖްމަންޓް ފީއާއި އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނެއެވެ.

(ށ) ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނީ، އެއްބަސްވުމުގެ ދަށުން ދައްކާ އެންމެ ފަހު ކުލި ދައްކައި، ހައުސިންގ ޔުނިޓުގެ ފުރިހަމަ އަގު އަދާކޮށް ހަލާސްކުރުމުންނެވެ.

(ނ) މި މޮޑެލްއަށް ށަރުތު ހަމަވާނީ، އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އާމްދަނީ ދަށްވުމާއެކު، މި އުސޫލުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ށަރުތު ހަމަވާ ފަރާތްތަކަށެވެ.

(ރ) މި މޮޑެލްގެ ދަށުން ބޯހިޔާވަހިކަމަށް ށަރުތު ހަމަވާ ފަރާތްތަކަން، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއަށް ކުރިމަތިލުމަށް ށަރުތު ހަމަވާ ނަމަ، އެ މޮޑެލްގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

 

ތިންވަނަ ބާބު

 

7 ވަނަ މާއްދާ - ށަރުތު ހަމަވުމުގެ މިންގަނޑުތައް ބޯހިޔާވަހިކަމުގެ އަސާސީ ށަރުތުތައް

މި އުސޫލުގެ ދަށުން ދޫކުރާ ބޯހިޔާވަހިކަމަށް އެދޭ އެޕްލިކަންޓުގެ ކިބައިގައި، ތިރީގައިވާ އަސާސީ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) މާލޭގެ ރަށްވެއްސަކަށް ވުން ނުވަތަ މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 (ފަނަރަ) އަހަރު ވެފައިވުން.

 

8 ވަނަ މާއްދާ - މާލޭގެ ރަށްވެހިން

މާލޭގެ ރަށްވެހިން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.

(ހ) އުފަންވީއިރުން ފެށިގެން މާލޭ ގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

(ށ) މާލޭގެ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

(ނ) ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

 

9 ވަނަ މާއްދާ - މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން

(ހ) މާލޭގައި ދިރިއުޅޭ އެހެން ފަރާތްތައް ކަމުގައި ބަލާނީ، މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ނުވ،ެ މާލޭގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ދިރިއުޅޭ ފަރާތްތަކަށެވެ.

(ށ) މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް، މާލޭގައި ދިރިއުޅުނު ޖުމުލަ މުއްދަތު 15 (ފަނަރަ) އަހަރުވެފައިވާ ނަމަ، މި މާއްދާގެ ބޭނުމަށް މާލޭގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ދިރިއުޅުނުކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިޔުމަކީ މެދުކެނޑުމެއް ކަމުގައެއް ނުބެލެވޭނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަންޖެހުން؛
  2. ތައުލީމު ހާސިލުކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން؛
  3. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލ،ާ މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން؛
  4. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ ދަރިން މާލޭގައި ނުވަތަ މާލޭގެ ސަރަހައްދުގައި ކިޔެވުން ކުރިޔަށް ގެންދިއުން؛
  5. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީ/ހާފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.

 

10 ވަނަ މާއްދާ - އާމްދަނީގެ މިންގަނޑުތައް

(ހ) މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ އެޕްލިކަންޓުންގެ މަހުން މަހަށް ލިބޭ އާމްދަނީ ހުންނަންވާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ މިންގަނޑުގައެވެ. އެޕްލިކަންޓުގެ އާމްދަނީ ކަށަވަރު ކުރުމުގެ ގޮތުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވަޒީފާ އަދާކުރަމުންދާ ނަމަ، ވަޒީފާގެ ތަފުސީލާއި މުސާރައާއި އިނާޔަތްތަކުގެ ޖުމުލަ އަދަދު؛
  2. އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީ؛
  3. ހުށަހަޅާ ފަރާތްތަކާއި، އެޕްލިކޭށަ ނުގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ ވިޔަފާރި މަސްލަހަތުތަކުގެ ތަފުސީލު؛
  4. ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ބެންކު އެކަންޓުތަކުގެ ސްޓޭޓްމަންޓު؛
  5. އާމްދަނީ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީން ހުށަހަޅަން އެދޭ މިނޫންވެސް ލިޔެކިޔުންތައް.

(ށ) މި އުސޫލުގެ ދަށުން އެޕްލިކަންޓަކީ އެ މީހަކަށް ލިބެމުންދާ އާމްދަނީއަށް ނުވަތަ އާއިލާގެ ތަނަވަސްކަމަށް ނުވަތަ ވިޔަފާރީގެ މަސްލަހަތުތަކަށް ރިއާޔަތްކޮން، ރިއަލް އެސްޓޭޓުގެ އާންމު ރޭޓުން ބޯހިޔާވަހިކަން ގަނެވޭ ފަރާތަކަށް ވެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުތައް

(ހ) އެޕްލިކަންޓަކީ މުދަލުގެ ގޮތުން ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1. ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނުވުން؛
  2. ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެޕްލިކަންޓުގެ ފިރިމީ/ހާއަނބިމީހާއަށް ސަރުކާރުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން.
  3. އެޕްލިކަންޓަކީ އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ ފައިސާ ދައްކަމުންއަންނަ ފަރާތެއް ކަމުގައި ނުވުން؛
  4. އެޕްލިކަންޓަކީ މީގެ ކުރިން ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ޕުރޮގުރާމެއްގެ ދަށުން ނުވަތަ މޮޑެލްއެއްގެ ދަށުން ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  5. އެޕްލިކަންޓުގެ ނަމުގައިވާ ބަންޑާރަ ބިމެއް ނުވަތަ އަމިއްލަ ބިމެއް ނުވަތަ ހައުސިންގ ޔުނިޓެއްގެ މިލްކުވެރިކަން ފާއިތުވި 5 (ފަހެއް) އަހަރުގެ ތެރޭގައި އެހެން ފަރާތަކަށް ވިއްކައިގެން ނުވަތަ އެނޫން ގޮތަކުން ވެސް ބަދަލުކޮށްފައި ނުވުން؛
  6. ރަސްމީކޮށް ބަދަލުކޮށްފައި ނުވިޔަސް، ތަރިކައިގެ އުސޫލުން ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައަކުން ނުވަތަ އެނޫންވެސް ގޮތަކަށް މަތީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ބާވަތެއްގެ ބިމެއް ނުވަތަ ހައުސިންގ ޔުނިޓެއްގެ މިލްކުވެރިކަމުގެ ހައްގެއް އެޕްލިކަންޓަށް ނެތުން ނުވަތަ އެފަދައިން ލިބެން އޮންނަ މިލްކުވެރިކަމުގެ ހައްގު ދޫކޮށްލުމަށް އެއްބަސްވެފައި ނެތުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް މުދަލެއްގެ މިލްކުވެރިކަމެއް ނެތްކަން ބަޔާންކޮށް އެޕްލިކަންޓް އިގުރާރު ކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އެޕްލިކޭށަން ޕްރޮސެސް

 

12 ވަނަ މާއްދާ - އެޕްލިކޭށަން ހުށަހެޅުން 

(ހ) މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާނީ މިނިސްޓްރީން ކަނޑައަޅާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދި އެޕްލައިކުރުމަށް ހުޅުވައިލަން އިއުލާނުކުރުމުންނެވެ.

(ށ) އެޕްލިކޭށަން ހުށަހަޅަންވާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ.

(ނ) ރަސްމީ އޮންލައިން ޕޯޓަލް ފިޔަވައި އެހެން އެއްވެސް ގޮތަކުން ހުށަހަޅާ އެޕްލިކޭށަނެއް ބަލައެއް ނުގަނެވޭނެއެވެ.

(ރ) ފްލެޓަށް އެދި ކޮންމެ ފަރާތަކުން ހުށަހަޅަންވާނީ ވަކި އެޕްލިކޭށަނެކެވެ.

(ބ) ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނަމަ، އެޕްލިކޭށަން ހުށަހަޅަންވާނީ، ފިރިމީހާއާއި އަނބިމީހާއާއެކު ޖޮއިންޓް އެޕްލިކޭށަނެކެވެ. މިގޮތުން ޖޮއިންޓް އެޕްލިކޭށަން ހުށަހަޅާއިރު ދެފަރާތުގެ ވެސް ށަރުތު ހަމަވާންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައިވެނިކޮށްގެން އުޅޭ އެއް ފަރާތުން މި އުސޫލުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވިނަމަވެސް، މި މާއްދާގެ ބޭނުމަށް ދެމަފިރިން ހުށަހަޅާ ޖޮއިންޓް އެޕްލިކޭށަން ހުށަހެޅޭނެއެވެ.

(ކ) ދެ އަނބިން ނުވަތަ އެއަށްވުރެ ގިނަ އަނތްބަށް މީހުންނާ އިނދެގެން އުޅޭ ނަމަ، ފިރިމީހާ ހުށަހަޅަންޖެހޭނީ އޭނާ އި ހުތިޔާރުކުރާ 1 (އެކެއް) އަނތްބަކާއެކު ޖޮއިންޓް އެޕްލިކޭށަނެކެވެ. އަދި ބާކީތިބި އަނބިންނަން، މި އުސޫލުގައި ބަޔާންކޮށްފައިވާ އެހެނިހެން ށަރުތު ފުރިހަމަވާ ނަމަ، ވަކިވަކި އެޕްލިކޭށަން ހުށަހެޅިދާނެއެވެ.

(އ) ކައިވެނިކޮށްގެން ނޫޅޭ ފަރާތެއް ނަމަ، ތިމާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި ބެލުމުގެ ދަށުގައިވާ ފަރާތެއް ކަމުގައި އެޕްލިކޭށަނުގައި ހިމަނައިފައިވާ ފަރާތަކަށް ވަކި އެޕްލިކޭށަނެއް ހުށައެއް
ނޭޅޭނެއެވެ.

(ވ) އެޕްލިކޭށަން ހުށަހަޅާއިރު، ބޯހިޔާވަހިކަމަށް އެޕްލިކަންޓް އެދޭ މޮޑެލް ކަށަވަރުކުރަންވާނެއެވެ.

(މ) އެޕްލިކޭށަނާއެކު، ތިރިގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، އޮންލައިން ޕޯޓަލުގައި އިތުރު ލިޔުމެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

  1. އެޕްލިކަންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  2. އެޕްލިކަންޓުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  3. ކައިވެނިކޮށްގެން އުޅޭ ނަމަ، ކައިވެނީގެ ސެޓުފިކެޓު؛
  4. ކައިވެނިކޮށްގެން އުޅޭ ނަމަ، އަނބިމީހާގެ ނުވަތަ ފިރިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  5. މާލޭގެ ރަށްވެއްސެއް ނަމަ، މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  6. މާލޭގައި ދިރިއުޅެމުންދާ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ؛
    6.1 ޕެންށަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން. (މި ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހައިފައި އޮތުން) ނުވަތަ؛
    6.2 މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮން، މާލޭގައި އެ މީހަކު ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ، މި އުސޫލުގެ ޖަދުވަލު 3 ގައި ދީފައިވާ ނަމޫނާއާ އެއްގޮތަން، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓ.ް ނުވަތަ؛
    6.3 މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން؛
    6.4 ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުން، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް؛
    6.5 އެއްވެސް ސަބަބަކާހުރެ މާލެ ނޫން ސަރަހައްދެއްގައި ގޯއްޗަށް އެދޭ ފަރާތުން ދިރިއުޅެފައިވާ ނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުވާކަމުގެ ލިޔުން.
  7. ވަޒީފާ އަދާކުރާ ނަމަ، ވަޒީފާ އަދާކުރާ ތަނާއި މުސާރަ އެނގޭ ގޮތަން، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ރަސްމީ ލިޔުން؛
  8. ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ މުސާރައިގެ ޕޭ ސްލިޕް؛
  9. ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ހުރިހާ ބެންކު އެކައުންޓެއްގެ ސްޓޭޓްމަންޓް؛
  10. ޓެކްސް ދައްކާ ފަރާތެއް ނަމަ، ޓެކްސް ރިޓާރންތަކުގެ ތަފުސީލު؛
  11. ސަރުކާރުން އެއްވެސް މާލީ އެހީއެއް ލިބޭ ނަމަ އޭގެ ތަފުސީލު؛
  12. އެޕްލިކަންޓުގެ ވިޔަފާރީގެ މަސްލަ ހަތުތަކުގެ ތަފުސީލު؛
  13. އަމިއްލަ ނަމުގައި ހިންގާ ވިޔަފާރީގެ ތަފުސީލު؛
  14. އެޕްލިކަންޓުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވަ ބިމާއި އިމާރާތްތަކާއި ފްލެޓާއި ނޫފުލޭ އެހެން މުދަލުގެ ރަޖިސްޓަރީ؛
  15. މި އުސޫލުގައިވާ ގޮތުގެ މަތީން މުދަލާއި އާމްދަނީގެ ތެދުކަން ބަޔާންކޮން، މި އުސޫލުގެ ޖަދުވަލު 3 ގައި ދީފައިވާ ނަމޫނާއާ އެއްގޮތަން، ހުށަހަޅާ އިގުރާރު؛
  16. އެއްވެސް ބާވަތެއް މުއާމަލާތެއްގެ ދަށުން އުފަންވެފައިވާ މިލްކުވެރިކަމުގެ ހައްގުތަކުގެ ތަފުސީލު؛
  17. މީގެ އިތުރުންވެސް އެކި މަރުހަލާތަކުގައި މިނިސްޓްރީން ހުށަހަޅަން އަންގާ އެކިއެކި މައުލޫމާތާއި ލިޔެކިޔުންތައް.

(ފ) އެޕްލިކޭށަން ހުށަހަޅާއިރު 2 (ދޭއް) ކޮޓަރީގެ ފްލެޓާއި 3 (ތިނެއް) ކޮޓަރީގެ ފްލެޓުގެ ތެރެއިން ބޭނުންވަނީ ކޮން ބާވަތެއްގެ ފްލެޓެއްތޯ ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެއެވެ. ނަމަވެސް އެޕްލިކަންޓަށް ލިބޭނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ނިންމާނީ އިވެލުއޭށަން މަރުހަލާ ނިންމުމަށްފަހު މިނިސްޓްރީންނެވެ.

 

13 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތާއި ލިޔުން ހުށަހެޅުން

އެޕްލިކަންޓަކު ހުށަހަޅާ އެޕްލިކޭށަނާއެކު ސައްހަނޫން މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅައިފައިވާ ނަމަ، އިތުރު ފުރުސަތު ދިނުމަކާ ނުލައި އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ. އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް މަރުހަލާއެއް ފުރިހަމަވުމަށްފަހު ވެސް، އެޕްލިކަންޓަކުން ހުށަހަޅައިފައިވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ސައްހަނޫންކަމަށް ސާބިތުވެއްޖެ ނަމަ، އެ އެޕްލިކޭށަނެއް ބާތިލުކޮން، ފުރިހަމަކޮށްފައިވާ މަރުހަލާތައް ވެސް ބާތިލުވާނެއެވެ.

 

14 ވަނަ މާއްދާ - އެޕްލިކޭށަން އެސެސްމަންޓް

(ހ) އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންމެ އެޕްލިކޭށަން ފޯމެއް
ރަޖިސްޓަރީކޮން، ވަކި ރެފަރެންސް ނަންބަރެއް އެ އެޕްލިކޭށަނަށް ލިބޭނެއެވެ.

(ށ) އެޕްލިކޭށަނާއެކު ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބެލުމަށްފަހު، ކްރޮސް ވެރިފިކޭށަން ހަދައި، ށަރުތު ފުރިހަމަވާ އެޕްލިކޭށަނެއް ކަމަށް މިނިސްޓްރީން ކަނޑައަޅައި އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަންވާނެއެވެ.

(ނ) އެޕްލިކޭށަން އެސަސްމަންޓު ނިންމައި، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެޕްލިކަ ންޓަށް ބޯހިޔާވަހިން ފޯރުކޮށްދިނުމުގެ އިސްކަންދޭ ކެޓަގަރީއަކީ ކޮބައިތޯ ބަލައި، އެ ކެޓަގަރީއަކުން ބޯހިޔާވަހިކަން ލިބޭކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ކެޓަގަރީތައް

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ށަރުތު ފުރިހަމަވާ އެޕްލިކަންޓުންގެ ތެރެއިން ތިރީގައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެއެވެ.

(ހ) 18 (އަށާރަ) އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.

(ނ) އަލަތު ކައިވެނިކުރާ ފަރާތްތައް / ޒުވާން އާއިލާތައް.

(ރ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

(ބ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ
މުވައްޒަފުން.

(ޅ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ށަރުއީ ދާއިރާގެ މުވައްޒަފުން.

(ކ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް.

(އ) މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް.

(ވ) ވެށިފަހި މާލެއާއި ހިޔާ މަށްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް.

(މ) ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ، ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް.

(ފ) މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން.

 

16 ވަނަ މާއްދާ - ހައުސިންގ ޔުނިޓު ކަނޑައެޅުން

(ހ) މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހާއްސަ އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ހައުސިންގ ޔުނިޓްތައް ފިޔަވައި އެހެން ޔުނިޓްތައް ކަނޑައަޅާނީ، ށަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ޕޮއިންޓް ދީގެންނެވެ.

(ށ) މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ހައުސިންގ ޔުނިޓްތައް ކަނޑައަޅާނީ، ހާއްސަ އިސްކަންދޭ އެ ކެޓަގަރީއަކަށް ށަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ޕޮއިންޓް ދީގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޮއިންޓް ދިނުމަށްފަހު، ށަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދާއި، ހައުސިންގ ޔުނިޓްތަކުގެ އަދަދަށް ރިއާޔަތްކޮން، ޔުނިޓް އެލޮކޭށަން ހެދުމާ ގުޅޭ ހާއްސަ އުސޫލެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

 

17 ވަނަ މާއްދާ - ވަކި މޮޑެލްއެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމުން

މި އުސޫލުގެ ދަށުން އެޕްލިކަންޓް ވަކި މޮޑެލްއަކަށް އެޕްލިކޭށަން ހުށަހަޅައިފައިވީނަމަވެސް، އެ އެޕްލިކަންޓަށް ލިބޭ އާމްދަނީއާއި، އެންޑ-ްޔޫސަރ ފައިނޭންސިންގއަށް ހުރި ފުރުސަތުތަކަށް ރިއާޔަތްކޮން، އެ ފަރާތަށް ވަކި މޮޑެލްއަކުން ހައުސިންގ ޔުނިޓް އެލޮކޭޓްކުރުމަށް މިނިސްޓްރީއަށް ނިންމިދާނެއެވެ.

 

18 ވަނަ މާއްދާ - ހާއްސަ ހައުސިންގ ޕުރޮގުރާމުތައް

މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއެއް ނުވަތަ ހިންގަމުންދާ މަށްރޫއެއްގެ ބައެއް، ވަކި ހާއްސަ ހާލަތަކަށް ނިސްބަތްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ށަރުތުތަކާއެކު ހިންގުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެޕްލިކަންޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ފަރާތަށެވެ.

(ށ) "އެޕްލިކޭށަން އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓެއްގެ ށަރުތު ހަމަވާކަން ކަނޑައެޅުމަށާއި، އިސްކަންދޭ ތަރުތީބު ކަނޑައެޅުމަށް މިނިސްޓްރީން ކުރިޔަށްގެންދާ އިވެލުއޭށަން ޕްރޮސެސްއަށެވެ.

(ނ) "ބޯހިޔާވަހިކަން ލިބުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށެވެ.

(ރ) "ކްރޮސް-ވެރިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އެހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކުރުމާއި، އިލެކްޓްރޯނިކް ވެރިފިކޭށަން ނިޒާމުތައް މެދުވެރިކޮށްގެންނާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށްގެން އެޕްލިކަންޓުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ.

(ބ) "ބެލުމުގެ ދަށުގައި ތިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ މައްޗަށް މާލީގޮތުން ބަރޯސާވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކަށެވެ.

  1. 18 (އަށާރަ) އަހަރުން ދަށުގެ ދަރިން؛
  2. ކައިވެނިކޮށްގެން ނޫޅޭ 18 (އަށާރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ ދަރިން؛
  3. ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިން؛
  4. ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
  5. މައިންބަފައިން.

(ޅ) "ޖުމުލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް އުނިކުރުމުގެ ކުރިން އެޕްލިކަންޓުގެ ޖުމުލަ އާމްދަނީއަށެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. މުސާރައާއި އުޖޫރަ؛
  2. ވިޔަފާރިން ލިބޭ އާމްދަނީ؛
  3. ކުލިން ލިބޭ އާމްދަނީ؛
  4. އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ؛
  5. ސަރުކާރުން ލިބޭ އެހީއާއި އެލަވަންސްތައް؛
  6. އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނ.ީ

(ކ) "ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ސަރުކާރުން ހިންގާ ހައުސިންގ މޮޑެލްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކޮންމެ ބާވަތެއްގެ ބޯހިޔާވަހިކަމަށެވެ.

(އ) "މާލޭ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުގެ ކުރިން ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.

(ވ) "މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް ކޮންމެ މީހަކަށެވެ.

(މ) "މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ. 

(ފ) "ރެންޓް-ޓު-އޯން މޮޑެލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ކުލީގެ ގޮތުގައި ފައިސާ ދައްކަމުންގޮސް، ހައުސިންގ ޔުނިޓް މިލްކުކުރުމަށް އެ ފައިސާ ބޭނުންކުރެވޭ، އަދި ކުލީގެ މުއްދަތު ހަމަވުމުން މިލްކުވެރިކަން އެ ފަރާތަށް ބަދަލުވާ ބޯހިޔާވަހިކަމުގެ މޮޑެލްތަކަށެވެ.

(ދ) "އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް" ކަމަށް ބުނެފައި އެވަނީ، މާރކެޓުގެ އަގަށް ވުރެ ކުޑަ އަގެއްގައި ހައުސިންގ ޔުނިޓު ވިއްކުމާއެކު، ހައުސިންގ ޔުނިޓަށް ފައިސާ ދެއްކުމަށް މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއެއް މެދުވެރިކޮށް ޔުނިޓުގެ އަގު އަދާކޮން، މިލްކުކުރެވޭ މޮޑެލްތަކަށެވެ.

(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެ އިރަކު އަދާކުރަމުންދާ ސަރުކާރުގެ ވުޒާރާއަށެވެ.

(ލ) "އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަމުގެ އެޕްލިކޭށަންތައް ހުށަހެޅުމަށާއި، މެނޭޖްކުރުމަށާއި، މުއާމަލާތު ކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ ރަސްމީ ޑިޖިޓަލް ޕްލެޓްފޯމަށެވެ.

(ގ) "ހާއްސައިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކަށެވެ.

(ޏ) "މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުން" ކަމަށް ބުނެފައި އެވަނީ، ރަސްމީ ރިކޯޑުތަކާއި އިގުރާރުތައް މެދުވެރިކޮށް އެޕްލިކަންޓުގެ މިހާރާއި ކުރީގެ މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުމަށެވެ.

(ސ) "ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ބަޖެޓުން ނުވަތަ އަމިއްލަ ފަރާތަކާ ގުޅިގެނ/ްހަވާލުކޮށްގެން އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއާއި ރެންޓ-ްޓ-ުއޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކަށެވެ.

(ޑ) "ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ހިމެނޭގޮތަށް ގަނެވިއްކުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެފަދަ އެނޫންވެސް މުއާމަލާތަކުން ދިރިއުޅުމަށް ލިބިފައިވާ ގޯއްޗާއި އެފަދަ ގޯއްޗެއްގެ ބައެއް ވެސް ހިމެނޭގޮތަށެވެ.

(ޒ) "ގޯތީގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން ދިރިއުޅުމަށް ދޫކުރާ ބިމުގެ ރަޖިސްޓަރީއަށެވެ.

(ޓ) "ގެދޮރު" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ ބޭނުމަށް ގޯއްޗެއްގައި ނުވަތަ އެއްމެދު އިމާރާތެއްގައި އިމާރާތްކޮށްފައިވާ ވަކި ހައުސިންގ ޔުނިޓްތަކަށާއި އެޕާޓްމެންޓްތަކަށެވެ.

(ޔ) "އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް" ގެ މާނައަކީ ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އަލަށް ކައިވެނިކޮށްފައިވާ، އުމުރުން 35 (ތިރީސް ފަހެއް) އަހަރު ނުފުރޭ ފަރާތްތަކަށެވެ.

(ޕ) "ގްރޭޓަރ މާލެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މާލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި ތިލަފުށްޓާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިމެނޭ ސަރަހައްދަށެވެ.

(ޖ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމިހާއާއި އެޕްލިކަންޓުގެ ދަރިންނާއި މައިންބަފައިންނަށެވެ.

 

20 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

އާމްދަނީގެ މިންގަނޑުތަކާއި އާމްދަނީ ހިސާބުކުރުމުގެ ތަފުސީލު

 

 

ޖަދުވަލު 2

ޕޮއިންޓް ދިނުމުގެ މިންގަނޑު

 

 

ޖަދުވަލު 3

ނަމޫނާ އިގުރާރު

އުސޫލު ނަންބަރު 2025-30 (މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ފުލެޓަށް އެދި ހުށަހަޅާ ފަރާތުގެ އިގުރާރު 

 

 

ޖަދުވަލު 4

އެފިޑެވިޓް

 

 

ގުޅުންހުރި އުސޫލު

  1. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-31)
  2. ބިންވެރިޔާ ސްކީމު ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2022-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު