-

ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު

"ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.

  1. ދާހިލީ ކަންކަމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  2. ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛
  3. ސިއް ހަތާބެހޭ މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއް ހަތާބެހޭ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  4. އިޖްތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އިޖްތިމާއީ ރައްކާތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  5. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  6. ޒުވާނުންގެ ކަންކަމާގުޅޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  7. ތައުލީމާބެހޭ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  8. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
  9. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދު ކަމުގައިވާ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް.