-

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1994-06)

 

1 ވަނަ މާއްދާ - ފެށުން

ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ  އަހުލުވެރިންކަމަށް ވެފައި،އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު،ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހިރައްޔިތުންގެ ދީނީ ސަރުކާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

 

2 ވަނަ މާއްދާ - ދީނީ ތަގްރީރު ކުރުމާއި، ދީނި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަދޭ ފަރާތް

(ހ) ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކުރުމާއި، އާންމުކޮށް ދީނުގެ ހުކުމްތައް  ބަޔާންކޮށް ދިނުމާއި، މިއިން ކަމެއް ކުރަންވާނީ، ރައީސުލްޖުމްހޫރިއްޔާއަށް  ލިޔެ، އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އެ ހުއްދަ ދިނުމަށް ވަކި ފަރާތެއް ކަނދައަޅާފައިވާނަމަ، އެކަމަށް އެދި ލިޔާނީ އެފަރާތަކަށެވެ.

(ށ) ދިވެހިރާއްޖޭގައި ދީނީ މާއްދާތައް ކިޔަވައި ދޭންވާނީ، މިނިސްޓްރި އޮފް އެޑިއުކޭށަނުން އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

3 ވަނަ މާއްދާ – ހުއްދަދެވޭ މީހުން

މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ހުއްދަ ދޭންވާނީ، ދިވެހި ސަރުކާރުން  ގަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން، ނުވަތަ އެފަދަ އެފެންވަރުގެ ތަނަކުންމަތީތައުލީމުގެ ސެޓްފިކެޓް ލިބިފައިވާ މީހުންނަށާއި، ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް ދީނީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި މިހުއްދަ ދެވޭނީ، ދިވެހި ސަރުކާރުން ކަނޑއަޅާ އުސޫލުތަކެއްގެ މަތިން މުސްލިމުންނަށެވެ.

 

4 ވަނަ މާއްދާ – މަނާ ކަންތައް

(ހ) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި،މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފުއުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެކެވެ.

(ށ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުވަތަ މުޖްތަމައުގެ ވަކި ބައެއްގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް، ދީނީ ތަގްރީރު ކުރުމާއި، އާންމުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ  - ބޭރުގެ  ފަރާތްތަކުން ދޭ މުސާރައާއި ހަދިޔާ

ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކުރުމާއި، ދީނުގެ ހުކުމްތައް ނުވަތަ މިއިން ކަމެއްކުރުމަށް ނުވަތަ މިއިން ކަމަކާގުޅޭ ހަރަކާތެއް ހިންގުމަށް ބޭރުގެ ފަރާތަކުން ދޭމުސާރައެއް، ނުވަތަ މިނޫންގޮތަކަށް ވިޔަސް އެހީއެއް ބަލައިގަންނަންވާނީ، އިސްލާމީކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ހުއްދަ ލިބިގެންނެވެ.

 

6 ވަނަ މާއްދާ – އަދަބު

(ހ) މިގާނޫނާ ހިލާފަށް އަމަލުކޮށްފި ނުވަތަ ކުރަން އުޅެފި މީހެއްގެ އަދަބަކީކަމުގެ ކުޑަބޮޑު މިނަށް ބަލައި، 2 އަހަރާ 5 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށްލުންނުވަތަ ގޭގައި ބަންދުކުރުމެވެ.

(ށ) މިގާނޫނާ ހިލާފަށް އަމަލުކުރުމުގައި އެހީވާ މީހާއާއި، އެފަދަ ކުށެއްގެ މައްލޫމާތުސިއްރުކުރާ މީހެއްގެ އަދަބަކީ، 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ. މިގޮތަށް ވީ އެހީއަކީ، ފައިސާގެ އެހީއެއްނަމަ، އެވީ އެހީއެއްނަމަ، އެވީ އެހީއެއްގެ ކުޑަބޮޑުމިނަށް ބަލައި އެ އެހީވީމީހާ، މިއަކުރުގައިވާ  އަދަބުގެ އިތުރަށް5000 ރުފިޔާއާއި 20000 ރުފިޔާއަ ދެމެދުގެ އަދދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) (ނ) މިގާނޫނާ ހިލާފުވާ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، ކުށް ތަކުރާރު ކުރާ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާނީ، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް އަހަރެއްއިތުރުވާ ގޮތަށެވެ.

 

7 ވަނަ މާއްދާ – ގަވާއިދުތައް ހަދައި ހިންގުމުގެ އިހްތިޔާރު

މިގާނޫނަށް އަމަލުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އިހްތިޔާރުރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ – މާނަ

މިގާނޫނުގައި ދީނީ ތަގްރީރުކުރުމާއި ދީނުގެ ހުކުމްތައް ބަޔާންކޮށްދިނުން ކަމަށްބުނެފައިއެވަނީ، ވައްޒު ބުނުމަށާއި، އެކިއެކި ކަންތައްތައް ދީނުގައި އޮންނަ ގޮތް ބަޔާން ކޮށްދިނުމަށްޓަކައި ހަބަރުފަތުރާ ވަސީލަތްތަކުގެ ޒަރީއާއިން، ނުވަތަ އެނޫންވެސްގޮތަކުން އާންމުކޮށް ވާހަކަ ދެއްކުމަށާއި، ނޫސްމަޖައްލާފަދަ ތަކެތީގައި ލިޔެގެން،ނުވަތަ ފޮތާއި އެނޫންވެސް ތަކެތި ލިޔެ ށާއިއުކޮށްގެން އެކިއެކި ކަންތައްތައް ދީނުގައި އޮންނަގޮތް ބަޔާން ކޮށްދިނުމަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހް

1 ވަނަ އިސްލާހް

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-40)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު