ޒަކާތު ފަންޑު
"ޒަކާތު ފަންޑު" (ނުވަތަ "ފަންޑު") ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ, އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ށަރީއާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި ޒަކާތު ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން "ޒަކާތު ފަންޑު" ގެ ނަމުގައި އުފައްދާ ފަންޑަށެވެ.