gaanoon_logo
-
ތިނެއްB (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ތިނެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށް ވުރެ އިތުރުނުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛

ސުމެއްB (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ސުމެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 20 (ވިހި) މީހުނަށްވުރެ އިތުރަށް މީހުން އުފުލޭ އެއްގަމު އުޅަނދެވެ؛

ދޭއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ދޭއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛

އެކެއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"އެކެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000) ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛

ހަތަރެއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ހަތަރެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނުން ފެށިގެން މަތީގެ ޓްރައިސައިކަލެވެ؛

ސުމެއްC (އެއްގަމު ދަތުރުފަރާއި ގުޅޭ)

"ސުމެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ؛

ސުމެއްD (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ސުމެއްD" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، އާރޓިކިއުލޭޓެޑް އުޅަނދުފަހަރު ނުވަތަ 3 އެކްސެލަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ؛

ތިނެއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ތިނެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލެވެ؛

ހަތަރެއްB (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ހަތަރެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 4 (ހަތަރެއް) މީހުންނަށް ވުރެ އިތުރުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛

ސުމެއްA (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ސުމެއްA" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީން ފެށިގެން މަތީގެ މޮޓޯސައިކަލާއި އޮޓޯސައިކަލެވެ؛

އެކެއްA ކެޓަގަރީ (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"އެކެއްA" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ 50 (ފަންސާސް) ސީސީ ހަމަނުވާ މޮޓޯސައިކަލާއި، ނުކުޅެދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ އެއްގަމު އުޅަނދާއި، ކަރަންޓް ބޭނުންކޮށްގެންނާއި އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި ނުވަތަ އެނޫންވެސް ހަކަތައިގެ އެހީގައި ބޭނުންކުރެވިދާނެ ސައިކަލާއި ބައިސްކަލް ފަދަ އެއްގަމު އުޅަނދެވެ؛

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން

"ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދަމަމު ން ނުވަތަ އެއިން ތަނަކުން ބޭރުކުރަމުން ދުއްވާ ދުއްވުމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2016 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

ސީނިއަރ މެނޭޖްމަންޓް

"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި ،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، ފައިނޭންސް ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންވެސްޓް ކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ބެލެވޭނީ "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ކްރެޑިޓް ނުވަތަ ފައިނޭންސިންގް އޮފިސަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.