gaanoon_logo
-
ސުމެއްD (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ސުމެއްD" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، އާރޓިކިއުލޭޓެޑް އުޅަނދުފަހަރު ނުވަތަ 3 އެކްސެލަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ؛

ތިނެއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ތިނެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލެވެ؛

ހަތަރެއްB (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ހަތަރެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 4 (ހަތަރެއް) މީހުންނަށް ވުރެ އިތުރުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛

ސުމެއްA (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"ސުމެއްA" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީން ފެށިގެން މަތީގެ މޮޓޯސައިކަލާއި އޮޓޯސައިކަލެވެ؛

އެކެއްA ކެޓަގަރީ (އެއްގަމު ދަތުރުފަތުރާއި ގުޅޭ)

"އެކެއްA" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ 50 (ފަންސާސް) ސީސީ ހަމަނުވާ މޮޓޯސައިކަލާއި، ނުކުޅެދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ އެއްގަމު އުޅަނދާއި، ކަރަންޓް ބޭނުންކޮށްގެންނާއި އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި ނުވަތަ އެނޫންވެސް ހަކަތައިގެ އެހީގައި ބޭނުންކުރެވިދާނެ ސައިކަލާއި ބައިސްކަލް ފަދަ އެއްގަމު އުޅަނދެވެ؛

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން

"ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ހިފައިގެން ދުއްވުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދަމަމު ން ނުވަތަ އެއިން ތަނަކުން ބޭރުކުރަމުން ދުއްވާ ދުއްވުމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2016 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

ސީނިއަރ މެނޭޖްމަންޓް

"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި ،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، ފައިނޭންސް ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންވެސްޓް ކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ބެލެވޭނީ "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ކްރެޑިޓް ނުވަތަ ފައިނޭންސިންގް އޮފިސަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.

ލައިސަންސް ލިބިފައިވާ ފަރާތް (މާލީ ވިޔަފާރިއާއި ގުޅޭ)

"ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސިންގް ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

ފައިނޭންސިންގް ވިޔަފާރި

"ފައިނޭންސިންގް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އަނބުރާ ދޭ ގޮތަށް އާންމުންގެ ކިބައިން ހޯދާ ފައިސާއިން ނުވަތަ އެނޫންވެސް ފައިސާއަކުން އާންމުންނަށް ދަރަނި ދޫކުރުމުގެ ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއަށެވެ.މީގެ ތެރޭގައި ވިޔަފާރިއަކުން އެ ފަރާތެއްގެ މުދާ ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމެއް ނުހިމެނޭނެއެވެ.

މޭޖަރ ހިއްސާދާރެއް

"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ށަހުސެއްގެރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލު ކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.

އެކްސްޕޯށަރ

"އެކްސްޕޯށަރ" ކަމަށް ބުނެފައި އެވަނީ:

  1. އަނބުރާ ދައްކާގޮތަށް އެއްވެސް ފަރާތަކަށް ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާއާއި، ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާއާއި، މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ފައިދާ ނުވަތަ ސަރވިސް ޗާޖް؛
  2. އެއްވެސް ފަރާތަކަށް، ދޫކުރުމަށް އެއްބަސްވެފައިވާ ފައިނޭންސް ލީސްއާއި ދޫކޮށްފައިވާ ފައިނޭންސް ލީސްގެ ތެރެއިން އަނބުރާ ލިބެންޖެހޭ ލީސް ޕޭމަންޓުގެ ފައިސާއާއި، މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ފައިދާ ނުވަތަ ސަރވިސް ޗާޖް؛
  3. ފައިސާ ދައްކަން ޖެހިދާނެގޮތަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ގެރެންޓީ؛
  4. މޫނުމަތީ އަގުގައި ނުވަތަ ޑިސްކައުންޓަކާއެކު ގަނެފައިވާ ޑެޓް ސެކިއުރިޓީ؛ އަދި
  5. މިނޫންވެސް އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާއަށެވެ.
ރައުސްމާލު

"ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. އަދި މީގެތެރޭގައި އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.

ގުދަންކޮށް ރައްކާކުރުން (ހަކަތައާއި ގުޅޭ)

"ގުދަންކޮށް ރައްކާކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ އަދަދަކަށް އުޅަނދެއްގައި ނުވަތަ ތަނެއްގައި ރައްކާކުރުމާއި އެހެނިހެން ގޮތްގޮތަށް ގުދަންކުރުމާއި ރައްކާކުރުމަށެވެ.