-

ދުންފަތުގެ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް

"ދުންފަތުގެ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރާ ކުންފުންޏެއްގައި ނުވަތަ ފިހާރައެއްގައި ނުވަތަ މިފަދަ އެހެން ތަނެއްގައި ހިއްސާއޮތް ނުވަތަ މިފަދަ ތަނެއްގައި ވަޒީފާ އަދާކުރާ ނުވަތަ މިފަދަ ތަންތަނުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ށާމިލްވާ ފަރާތަކަށެވެ. އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިންބަފައިންގެ ނުވަތަ ދަރިއަކީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތެއްނަމަ އެފަދަ ފަރާތަކީ ދުންފަތުގެ ވިޔަފާރިއާ ގުޅުންހުރި ފަރާތެއް ކަމުގައި ވާނެއެވެ. ދުންފަތުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ގުދަންކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނޭނެއެވެ. ތަންފީޒީ އިދާރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަޒީފާގެ ޒިންމާއެއްގެ ގޮތުގައި ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކުރާ މުއާމަލާތްތައް މީގެ ތެރެޔަކު ނުހިމެނެއެވެ.