-

ކޮންޓްރެކްޓަރު ނުވަތަ "އިމާރާތްކުރާ ފަރާތް"

"ކޮންޓްރެކްޓަރު" ނުވަތަ "އިމާރާތްކުރާ ފަރާތް"  ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

 

  1. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ 
  2. އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
  3. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއްކަމުގައިވާ ހާލަތުގައި:
    i .އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
    ii .އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
  4. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
  5. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.