-

އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާ

"އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާ" ކަމަށް ބުނެފައިއެވަނީ، "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް އަމަލުކުރަން ފަށަންދެން މި ގަވާއިދުގެ ބޭނުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާތައްކަމުގައި ބަލާނެ ތަންތަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 156/2019) ށާއިއުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އަންގައި އިއުލާނުކުރާ ތަންތަނަށެވެ.