-

ބަންދުވެފައިހުންނަ ތަންތަން

"ބަންދުވެފައިހުންނަ ތަންތަން" ކަމަށް ބުނެފައިވަނީ، ވަޅު، ވަކި އާނގައަކުން ވަދެ ނިކުމެވޭގޮތަށް ބަންދުކޮށްފައިހުންނަ ތާނގި، ޗަކަވަޅު، ކޮނެފައި ހުންނަ ވަޅުތައް، ބޮޑެތި ހޮޅި، ދުންހޮޅި، ޑަކްޓު، ފުރާޅާއި ސީލިންގާ ދެމެދު އަދި ބޭސްމަންޓް ފަދަ ތަންތަނުގައި ބަންދުކޮށްފައި ހުންނަ ކޮޓަރި ފަދަ ތަންތަން ހިމެނޭގޮތުންނެވެ. އަދި މީގެ އިތުރުން، އެކަށީގެންވާގޮތަށް ވައި ދައުރުނުކުރާ ތަންތަނާއި ވައިގައި އޮކްސިޖަން މަދު ތަންތަން ނުވަތަ ވައި ތަޣައްޔަރުވެފައި ހުންނަ ތަންތަންވެސް، މި މާނައިގެ ތެރޭގައި، މި ގަވާއިދުގެ ބޭނުމަށް ހިމެނޭނެއެވެ.