gaanoon_logo
-
އެކަށޭނަ އަގު (ހަކަތައާއި ގުޅޭ)

"އެކަށޭނަ އަގު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މާލީ ތަނަވަސްކަން ހުރި މިންވަރާއި ކަރަންޓުގެ ހިދުމަތުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތަށް ކަނޑައެޅޭ އަގަށެވެ.

އެކަށޭނަ ފެންވަރު (ހަކަތައާއި ގުޅޭ)

"އެކަށޭނަ ފެންވަރު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ހަކަތައިގެ ދާއިރާ

"ހަކަތައިގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ހަކަތަ އުފައްދައި، ފޯރުކޮށްދީ އަދި ބޭނުންކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ.

ލައިސަންސް (ހަކަތައާއި ގުޅޭ)

"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަކަތައިގެ ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް/ހުއްދަ އަށާއި ވަގުތީ ލައިސަންސް/ހުއްދައަށެވެ.

ޕެޓްރޯލިއަމްގެ އުފެއްދުން

"ޕެޓްރޯލިއަމްގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމަކީ އެ އުފެއްދުމަކުން އަލި ނުވަތަ ހޫނު ނުވަތަ ހަކަތަ އުފައްދަން ބޭނުންކުރެވޭ ނުވަތަ ޕެޓްރޯލިއަމްއިން ކުރެވޭ އެހެންވެސް ބޭނުމެއް ކުރެވޭ، ޕެޓްރޯލިއަމްއިން އުފައްދާފައިވާ ނުވަތަ އެ އުފެއްދުމެއްގައި ޕެޓްރޯލިއަމްގެ ކޮންމެވެސް މިންވަރެއް އެކުލެވޭ ކޮންމެ އުފެއްދުމަކަށެވެ.

ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދު

"ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގައި ހުންނަންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ހާއްސަ ށަރުތުތަކެއް އެކުލެވޭ އަދި ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމަށް އޮތޯރިޓީން ދޫކުރާ ހުއްދަ ލިބިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށެވެ.

ކަރަންޓުލުމުގެ މަސައްކަތް

"ކަރަންޓުލުމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ވައިރުކުރުން، ޕެނަލް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޑިސްޓްރިބިއުށަން ނެޓްވޯކް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޖެނެރޭޓަރު އިންސްޓޯލްކުރުންފަދަ ކަންކަން ހިމެނޭގޮތުންކުރާ ކަރަންޓުގެ މަސައްކަތްތަކަށެވެ.

ހަކަތަ

"ހަކަތަ" ކަމަށް ބުނެފައި އެވަނީ، ކަރަންޓާއި، ބިމުގެ އަޑިން ނަގާ ޕެޓްރޯލިއަމްގެ ބާވަތްތަކާއި، ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި، ގޭހާއި، ބިމުގެ އަޑިން އުފެދޭ ހޫނާއި، ނިއުކްލިއަރ މާއްދާތަކާއި، ދިރޭތަކެތީގެ ބާވަތްތައް ފަނާވުމުން އުފެދޭ ބައިތަކުންނާއި، އިންސާނުންގެ ޒަރީއާއިންނާއި ގުދުރަތީ ގޮތުން އުފެދޭ ކުނިންނާއި، އިރުގެ އަތްވާއި، ވަޔާއި، ރާޅާއި، އޮއެވަރާއި ދިޔަވަރުގެ ޒަރީއާއިން އުފެދޭ ނުވަތަ އުފައްދާ ހަކަތައަށެވެ.

ހިދުމަތްދޭ ސަރަހައްދު (ހަކަތައާއި ގުޅޭ)

"ހިދުމަތްދޭ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލައިސަންސް ދީގެން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ސަރަހައްދަށެވެ.

ހަގީގީ ވެރިފަރާތް

"ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، އާހިރުގައި ގާނޫނީ ށަހުސެއްގެ މޭޖަރ ހިއްސާދާރަކަށްވާ ފަރުދަކަށެވެ.

 

 

ސީނިއަރ މެނޭޖްމަންޓް

"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި ،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، ފައިނޭންސް ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންވެސްޓް ކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ބެލެވޭނީ "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ކްރެޑިޓް ނުވަތަ ފައިނޭންސިންގް އޮފިސަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.

ގެ
"ގެ" ކަމަށް ބުނެފައި އެވަނީ މީހަކު ދިރިއުޅުމަށްޓަކައި ބޭނުންކުރާ އިމާރާތެއް ނުވަތަ އުޅަނދަކަށެވެ.
ޑޮކިއުމެންޓް ރިވިއު (އިމާރާތްކުރުމާއި ގުޅޭ)
"ޑޮކިއުމެންޓް ރިވިއު" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމްތަކާއި ގުޅިގެން ހުށަހަޅާ ލިޔެކިޔުންތައް ބަލައި ފާސްކުރުމަށެވެ.
އިންސްޓިޓިއުށަނަލް ކެޕޭސިޓީ އެންޑް މެނޭޖްމެންޓް (އިމާރާތްކުރުމާއި ގުޅޭ)
"އިންސްޓިޓިއުށަނަލް ކެޕޭސިޓީ އެންޑް މެނޭޖްމެންޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒުގައި ހުންނަންޖެހޭ ފެންވަރާއި ޕްރޮގްރާމް ރާވާ ހިންގާ ގޮތުގެ ގާބިލިއްޔަތަށެވެ.
ފިޒިކަލް ފެސިލިޓީސް (އިމާރާތްކުރުމާއި ގުޅޭ)
"ފިޒިކަލް ފެސިލިޓީސް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމު ހިންގާނެ ތަނާއި ކިޔަވާދިނުމަށްޓަކައި ބޭނުންކުރަން ހަމަޖައްސާފައިވާ އާލަތްތަކަށެވެ.