ގާނޫނީ ރަދީފު
"ޓޯވކުރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮންނަ ނުވަތަ ހުންނަ އެއްގަމު އުޅަނދު ހުރި ތަނުން ނުވަތަ އޮތް ތަނުން ނަގައިގެން ގެންދާ ގެންދިއުމަށެވެ.
"ފުރޮޅުތަޅު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.
"ޕާކުކުރުން" ކަމަށް ބުނެފައި އެވަނީ، ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، އެ އުޅަނދު ދުއްވާ މީހާ ނެތި އުޅަނދު ބާއްވައިފައި އޮންނަ އޮތުމަށާއި، ބަހައްޓައިފައި ހުންނަ ހުރުމަށެވެ.
"ވާރކް ވިޒާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ހަމަޖައްސާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިގެން، ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެވެ.
"އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.
"މިސިންގ ރިޕޯޓު" ކުރުން ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކުގެއްލިފައިވާކަމަށް، ކަމާ ގުޅޭ އިދާރާއަށް ރިޕޯޓް ކުރުމަށެވެ.
"ރެގިއުލަރައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންގެންދާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ހިންގާ ޕްރޮގްރާމަށެވެ.
"އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މަގާމަށެވެ.
"ވަރކް ސައިޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ ތަނަށެވެ.
"ބިޒްނަސް އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ބާވަތަށެވެ.
"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.
"ގާނޫނީ އެހެނިހެން ށަހްސު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގާނޫނަކުން،ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާތަންތަނަށެވެ.
"ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި،މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.
"އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ސަރުކާރުގެ ދާއިރާތައް މީގެތެރެއިން އިސްތިސްނާވާނެއެވެ.
"އެމްޕްލޯއިމަންޓް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުން ދިޔަ ގަވާއިދުތަކުގެ ދަށުން،ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް ދީފައިވާ ހުއްދައަށެވެ.