-

މަސައްކަތްކުރާ ތަން

"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މި ނޫން ވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް ބަންދުކޮށްފައިވާ ނުވަތަ ނިވައިކޮށް ފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިޔާއާއި، ކެންޓީނާއި، ސައިކޮޓަރި ފަދަ ތަންތަން، މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންކުރާ ނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން، ަސައްކަތްކުރާ ތަންތަނުގެ ތެރެޔަކު ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.