-

ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން

"ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތަށާއި ދުންފަތް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއްގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްގެން ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާ ސިއްހީ ފަރުވާގެ ބައެއްގެ ގޮތުގައި ނުވަތަ ސެޒޭށަން ޕުރޮގުރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕުރޮގުރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި ޑަކްޓަރީބޭސް، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނު ކަމުގައި ވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައެއް ނުބެލެވޭނެއެވެ.