-

ދުންފަތް ސްޕޮންސަރކުރުން

"ދުންފަތް ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ވިއްކާ ފަރާތަކާއި މާކެޓްކުރާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް، ތިރީގައި ބަޔާންކޮށްފައިވާ ކަމަކާ ގުޅޭގޮތުން އޮތްކަން އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.

  1. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ ހަރަކާތްތަކާއި، އަދަބީ ހަރަކާތްތަކާއި، ސަގާފީ ކަންކަމާއި، ފެށަނާ ގުޅޭ ކަންކަމާއި، އެފަދަ އެ ނޫން ވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި، ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތަކާއި، ކުރެހުންތަކާއި، އޯޑިއޯތައް؛
  2. އެއިން ކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު ބޭނުންކުރާ ހެދުމާއި، ޔުނިފޯމާއި، ގެންގުޅޭ ސާމާނުތަކާއި، ކަމާގުޅޭ ސޯށަލް މީޑިއާ އެކައުންޓްތައް؛
  3. އެއްވެސް ސޯށަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމެއްގައި އަދި އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅޭ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛
  4. އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާއި އާންމު ތަންތަން،