ގާނޫނީ ރަދީފު
"ޓެކްސީ ސްޓޮޕް" ކަމަށް ބުނެފައި އެވަނީ، މީހުން އަރުވައި ބޭލުމަށް ޓެކްސީ ހުއްޓާ ތަން ނުވަތަ ސަރަހައްދު އަންގައިދޭ ބޯޑު ހަރުކޮށްފައިވާ ތަނަކަށެވެ.
"އެންކްލޭވް" ކަމަށް ބަޔާންކޮށްފައިވަނީ، ޑިޕްލޮމްޓިކް މިށަންތައް ގާއިމުކުރުމަށް ބިން ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކަށެވެ.
"ޑިސްޕެންސަރ" ކަމަށް ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް މިނެ ދޫކުރުމަށް ބޭނުންކުރާ ޕަމްޕަށެވެ.
”ގޭސް ފްރީ ކުރުން“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ އެއްވެސް ބާވަތެއް އަޅާފައިވާ ތާނގީއެއްގައި ޕެޓްރޯލިއަމްގެ އެއްވެސް ބާވަތެއް ނެތްކަމުގައި ވިޔަސް އަލިފާން ރޯވާ ޒާތުގެ އާވި ހުންނާނެތީ އެ އާވިތައް އެއްކޮށް ބޭރުކުރުމަށެވެ.
”ތެޔޮ ރައްކާކޮށްފައި ހުންނަ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު ރައްކާކޮށްފައި ހުންނަ ތަންތަނާއި ވިއްކާ ތަންތަނަށެވެ.
”ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، 800 ލީޓަރަށްވުރެ ގިނައިން ޑީސަލާއި ކަރާސީނު ރައްކާކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރާއި ތަންތަނަށެވެ.
”ފިލިންގ ޕޮއިންޓް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ތެޔޮ އަޅާ ކޮންޓެއިނަރަށް ތެލުގެ ބާވަތްތައް އެޅުމަށްޓަކައި ކޮންޓެއިނަރާއި ދާއިމީކޮށް ގުޅާފައި ހުންނަ ގުޅުމަށެވެ.
”ތެޔޮ ބަރުކޮށްގެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އުޅަނދު“ ކަމަށް ބުނެފައި އެވަނީ، ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު އަޅައިދިނުމަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރެވެ.
”ވެޓް ސެލްސް“ ކަމުގައި ބުނެފައި އެވަނީ، އެސިޑް އަޅައި ތައްޔާރުކޮށްފައި ހުންނަ ބެޓްރީއަށެވެ.
”ބަންޑް ވޯލް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް އަޅާފައި ބިމުން މަތީގައި ހުންނަ ތާނގީއެއް ނުވަތަ ތާނގީތަކެއްގެ ވަށައިގެން ލާފައިވާ ފާރަށެވެ.
”ކޮންޓެއިނަރ“ ކަމުގައި ބުނެފައި އެވަނީ، ތެޔޮ އަޅާފައިހުންނަ ތާނގީ ފަދަ އެއްޗެއްސަށެވެ.
”ޑީ.ސީ.ޕީ. އަލިފާންނިވި“ ކަމުގައި ބުނެފައި އެވަނީ، ޑްރައިކެމިކަލް ޕައުޑަރ އަލިފާންނިވި އަށެވެ.
”އިންސްޕެކްށަން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވި ހުރިތޯއާއި، އެ ހުރީ ބޭނުންކުރެވޭ ހާލަތުގައިތޯ ބެލުމަށް ކުރެވޭ އަވަސް ޗެކެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އަލިފާންނިވި ހުރީ ރަނގަޅަށް ޗާޖުކޮށް ބޭނުންކުރެވޭ ހާލަތުގައިތޯ ޔަގީންކުރުމެވެ.
”މެއިންޓަނަންސް ކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގެ ފުރިހަމަ ޓެސްޓެއް ހެދުމެވެ. އެއީ ބަހައްޓާފައިވާ އަލިފާންނިވިއަކީ ފުރިހަމައަށް މަސައްކަތްކުރާ ރައްކާތެރި އެއްޗެއްކަން ޔަގީންކޮށް ދިނުމަށެވެ.