-

"ފެކްޓަރީ"

"ފެކްޓަރީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ. 

  1. އެއްވެސް މުދަލެއް ނުވަތަ އެއްޗެއް، ގެންގުޅުން، ތަރުތީބުކުރުން،ބަންދުކުރުން، ރައްކާކުރުން، ބަދަލުގެނައުން، މަރާމާތުކުރުން، އުފައްދާުން ނުވަތަ ޕްރޮސެސްކުރުން؛
  2. އެއްވެސް ނުރައްކާތެރި މާއްދާއެއް ގެންގުޅުން، ތަރުތީބުކުރުން، ބަންދުކުރުން، ރައްކާކުރުން، ޕްރޮސެސްކުރުން، އުފައްދާުން ނުވަތަ ގެންގުޅުން؛ 
  3. އުޅަނދުފަހަރު އުފައްދައި، ބަނދެ ނުވަތަ މަރާމާތުކުރުން؛ 
  4. އިމާރާތެއް ހިންގުން (އޮޕަރޭޓް ކުރުން) ނުވަތަކޮންސްޓްރަކްށަން އިންޖިނިއަރިންގްގެ މަސައްކަތްކުރުން؛ އަދި 
  5. އެއްވެސް އާންމު ހިދުމަތެއްދޭ ތަނެއް ނުވަތަ ނިޒާމެއް (ސިސްޓަމެއް) ހިންގައި ބެލެހެއްޓުން.