ގާނޫނީ ރަދީފު
"ދިރިއުޅޭނެ އެހެންތަނެއް" ހުރިކަމުގައި ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު ށަރީއަތުންނެވެ. މިގޮތުން ބެލިދާނެ ކަންތައްތަކަކީ:
- އެމީހެއްގެ ނުބަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 4 ވަނަ ނަންބަރުގައިވާފަދަ ތަނެއް ރަޖިސްޓްރީ ކޮށްފައިއޮތުން
- އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެމީހަކު ދިރިއުޅުމުގެ ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުން
- އެމީހެއްގެ އަތުގައި ދިރިއުޅޭނޭ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން
- ރާއްޖެއިން ބޭރުގެ ގައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް އޮތުން.
"ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް" ކަމުގައި ބެލޭނީ އެގޯއްޗެއް ނުވަތަ އެބައެއްގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާ ތަންތަނަށެވެ.
"ބިމުގެ ތަނަވަސްކަން ހުރި" ކަމަށްބަލާނީ އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީވެފައިވާނަމައެވެ.
"ތިމާގެ ކަމުގެ ގުޅުން ހުރި ފަރާތެއް" ކަމުގައި ބެލޭނީ މައިފުށުން ނުވަތަ ބަފައިފުށުން ތިމާގެ ކަމުގެ ގުޅުން (ދަރިފަސްކޮޅު ކިތަންމެ ދުރަށް ދިޔަޔަސް) ހުރުމަށެވެ.
"ޕްރައިވެޓް އައިލެންޑް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް، އެ ރަށެއް ތަރައްށީކުރަން ހަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްށީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްށީކުރާ ޓޫރިޒަމުގެ ރަށަކަށެވެ.
"ޑިވެލޮޕަރު" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.
"އިންވެސްޓަރު" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްށީކުރާ ރަށެއް، އެ ޕްރައިވެޓް އައިލެންޑުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ފަރާތަށެވެ.
"ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ހިކިފަސްހިމެނޭ ހިސާބުކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑް ލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދެވެ.
"ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހިންގާ ކޮލެޖް" ކަމަށް ބުނެފައި އެވަނީ، ދިވެހި ސިފައިންނާއި ފުލުހުންގެ ހިދުމަތުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ކޮލެޖުތަކަށެވެ.
"އެމް.އެން.އެސް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށެވެ.
"އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްއިއްޔާތައް ހިމެނޭހެން އެކުލަވައިލާ ފަންނީ ޕެނަލަށެވެ.
"ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތުގެ އަހްލާގުގެ މިންގަނޑުތަކުގެ މައްޗަށް އެކުލަވައިލާ ނޭށަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ނުވަތަ އާމްދަނީ ލިބޭ މަސައްކަތް ގައުމީ ފެންވަރުގައި ދަސްކޮށްދިނުމަށް ބޭނުންކުރާ ހާއްސަ މިންގަނޑުތަކަށެވެ.

"މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އާމްދަނީ ހޯދުމަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭށަނަށެވެ.
"ހަދާފައިވާ އިމާރާތް" ކަމަށް ބުނެފައިއެވަނީ އިމާރާތް ފުރިހަމަނުވިނަމަވެސް ހަދާނިމިފައިވާ އިމާރާތެއްގެ އޮނިގަނޑު ހިމެނޭ ގޮތުގައެވެ.