ގާނޫނީ ރަދީފު
"ސުޕްރިންޓެންޑެންޓް" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހަރުދަނާ ނިޒާމެއްގެ ދަށުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ޕްރިންސިޕަލުންނަށް ފަންނީ ލަފަޔާއި އިރުށާދު ދިނުމާއި، ގާނޫނާއި ގަވާއިދުތަކާއި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ސްކޫލްތައް ހިންގަމުންދާކަން ކަށަވަރުކޮށް ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ.
"މުދައްރިސުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ކިޔަވަ އިދޭ ޓިއުޓަރުންނާއި، ތެރަޕިސްޓުންނާއި، ޓީޗަރުންނާއި، ސްކޫލްގެ ލީޑިންގ ޓީޗަރުންނާއި، ސުޕަވައިޒަރު ންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، ޕްރިންސިޕަލުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ސުޕްރިންޓެންޑެންޓުންނާއި، ވަގުތީ ޓީޗަރުންނާއި، ސްކޫލުގެ ޕްރޮފެށަންތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭގޮތުން، މި ގަވާއިދުގެ ދަށުން މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުން ލާޒިމުވާ ކޮންމެ ފަރާތަކަށެވެ.
"ތައުލީމީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ، އެ ނޫން ތަންތަނަށެވެ.
"ކްލާސް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، ޢާންމުކޮށް ބޭނުންކުރުމަށް އޮތޯރިޓީން ދޭ ހުއްދައަށެވެ.
"އިންޓަރކަނެކްށަން އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާގުޅޭ އެއްބަސްވުމަކަށެވެ.
"ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒިންމާ" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާއަށެވެ.
"ޢާންމުންނަށް ދެވޭ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓެއްގެ މެހެމާނުންނަށް، ހޮޓަލަކަށް ނުވަތަ މީހުން ތިބޭ ގޮތަށް ހަމަޖެހިފައިވާ ތަންތަނަށް ފޯރުކޮށްދެވޭ ހިދުމަތް ހިމެނޭ ގޮތަށެވެ.
"ޓެލެކޮމިއުނިކޭށަންގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް ފޯރުކޮށްދޭ ނުވަތަ ލިބިގަންނަ ކޮންމެ ވިޔަފާރިއަކަށެވެ.
"ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ށާމިލުވާ ސިނާޢަތަކަށެވެ.
- ކެރިއަރެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުން؛
- ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ހިދުމަތްދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ހިދުމަތާ ގުޅިގެން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
- ހިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާނެ އިކުއިޕްމަންޓް ނުވަތަ އެހެނިހެން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް އިމްޕޯޓުކުރުން ނުވަތަ ތައްޔާރުކުރުން؛
- ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްގެ ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް ގާއިމުކުރުމާއި، މަރާމާތުކުރުމާއި، މަސައްކަތްކުރުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކަށް ގުޅުން ގާއިމުކުރުން.
"ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯ މެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ އިށާރާތެއް، ސިގްނަލެއް، ލިޔުމެއް، ފޮޓޯއެއް، އަޑެއް ނުވަތަ އެއްވެސް ބާވަތެއްގެ އިންޓަލިޖަންސެއް ބަދަލުކުރުމާއި، ފޮނުވުމާއި ލިބިގަތުމަށެވެ.

"ސްޕެކްޓްރަމް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43) ގެ 63 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ ސްޕެކްޓްރަމްތައް ކަނޑައެޅުމުގެ މަށްރޫޢަކަށެވެ.
"ސްޕެކްޓްރަމް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އެހެން ފަރާތަކަށް ފްރީކުއެންސީ ބޭންޑް ދިނުމާ ބެހޭގޮތުން ވެވޭ ޢަގުދަކަށެވެ.
"ސްޕެކްޓްރަމް" ކަމަށް ބުނެފައި އެވަނީ، ރޭޑިއޯ މުއާސަލާތްތައް ގާއިމުކުރުމަށް ފްރީކުއެންސީތަކަށް ބޭނުންވާ ސަރަހައްދަށެވެ.
"ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ރޭޑިއޯ ކޮމިއުނިކޭށަނާ ގުޅޭގޮތުން ބޭނުންކުރެވޭ، ނުވަތަ ބޭނުންކުރަން ގަސްދުކުރާ ރޭޑިއޯއާއި، ރޭޑިއޯ ޓްރާންސްމިޓަރާއި، ރިސީވަރާއި، އެންޓެނާއާއި، އެތަކެތި ހަރުކުރުމަށް ބޭނުންކުރެވޭ އޮނިގަނޑާއި، ކަމާގުޅޭ އެހެނިހެން އާލާތްތަކާއި އިކުއިޕްމަންޓްތަކާއި، އަދި ރޭޑިއޯ ކޮމިއުނިކޭށަނެއް ގާއިމުކުރުމުގެ ބޭނުމަށް ނޫންކަމުގައި ވީނަމަވެސް، އެއްވެސް ކަހަލަ ރޭޑިއޯ ސިގްނަލެއް އުފައްދައި، ފޮނުވުމަށް ބޭނުންކުރެވޭ ކޮންމެ އިކުއިޕްމަންޓެއް ހިމެނޭ ގޮތަށެވެ.