ގާނޫނީ ރަދީފު
"ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-03) ގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ނެރޭ އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރަށެވެ.
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އޭނާ ދިރިއުޅެމުންއައި ގެ، އެފަދަ ގެއަކީ އޭނާއަށް ގާނޫނީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އެއްވެސް މިލްކުވެރިކަމެއްއޮތް ގެއެއްކަމުގައި ނުވިނަމަވެސް، އެގެއަކުން އޭނާ ނެރެލުން، ނުވަތަ އޭނާއަށް އުދަގޫވާ ޒާތުގެ ކަންތައްތަކާއި، އޭނާ އެގޭގައި ދިރިއުޅުމަށް ދަތިވާފަދަ ކަންކަންކުރުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް މަނާކޮށް ކޯޓުން ކުރާ އަމުރު؛
- އެކުގައި ދިރިއުޅެމުން އައި ގެއަކުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުކުތުމަށް އަންގައި ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ބަޔަށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުވަތަ އެމީހާގެ ތިމާގެ މީހުން ވަނުން މަނާކޮށް ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ އެގެއެއް ވިއްކާލުން ނުވަތަ މިލްކުވެރިކަމަށް އުނިކަމެއް އަތުވެދާނެ އެންމެހައި ކަންކަން މަނާކޮށް ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއަކުން އޭނާއަށް ލިބެންއޮތް ބައެއް ކޯޓުގެ ހުއްދައާ ނުލާ ދޫކޮށްލުން ހުއްޓުވުމަށް ކޯޓުން ކުރާ އަމުރު.
"ފައިސާގެ ބަދަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން އެ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލު ނަގައިދިނުމަށް މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަދަލަށެވެ.
"ފަހަތުން ހިނގުން" ކަމަށް ބުނެފައިއެވަނީ، ތަކުރާރުކޮށް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ފަހަތުން ތަކުރާރުކޮށް ހިނގުމާއި އޭނާ ދާތަނަކަށް ދިޔުމާއި އޭނާއާ ކުރިމަތިލުމާއި ގޯނާކުރުން ހިމެނޭގޮތަށެވެ.
"މުދަލަށް ގެއްލުންދިނުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މުދަލަކަށް ނުވަތަ އެމީހާގެ މަސްލަހަތެއްއޮތް މުދަލަކަށް ގަސްދުގައި ގެއްލުމެއްދިނުމަށް ނުވަތަ ނައްތާލުމަށެވެ.
"މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.
- އެކަށީގެންވާ ސަބަބެއްނެތި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން އެނާއަށް ލިބުން ހައްގު އެއްޗެއް ނުވަތަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ނުދީ ހިފެހެއްޓުމަށެވެ. ގެއަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި، އެގެއެއްގައި ދިރިއުޅޭ ހާލަތުގައި އެގެއަކަށް ކުލިދައްކަންޖެހޭނަމަ، އެ ކުލިދެއްކުމަށް ބޭނުންވާ ފައިސާ ނުވަތަ ގެ ރަހުނުކޮށްފައިވާނަމަ ރަހުނު ހިފި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހިމެނޭގޮތުންނެވެ. ނުވަތަ؛
- ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާގެ މަސްލަހަތެއްއޮތް މުދަލެއް ނުވަތަ ގޭގައި ހުރި ސާމާނު ނުވަތަ އާލާތް، އެކަށީގެންވާ ސަބަބެއްނެތި، އުކާލުމަށް ނުވަތަ ނައްތާލުމަށެވެ.
"އެކުގައި ދިރިއުޅޭ ގެ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ގެވެށި ގުޅުމަކުން ގުޅިފައިވީހިނދު ދިރިއުޅެމުން އަންނަ ނުވަތަ އެއް އިރެއްގައިވެސް ދިރިއުޅުނު ގެއަށެވެ. މީގެ ތެރޭގައި އެ ދެމީހުންގެ މިލްކުވެރިކަން ހިމެނޭ ގެތަކާއި، އެކުގައި ނުވަތަ ދެމީހުންކުރެ މީހެއް ވަކިން ކުއްޔަށް ހިފައިގެންއުޅޭ ގެއާއި، އެ ދެމީހުންގެ މިލްކުވެރިކަން ނުހިމެނޭ ނަމަވެސް ގެވެށި އަނިޔާ ހިންގި މީހާގެ އާއިލާއަށް ނިސްބަތްވާ ގެވެސް ހިމެނެއެވެ.
"އާއިލާ" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މީހުން ހިމެނޭގޮތަށެވެ.
- ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުން؛
- ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުންނަށް، އެ ކައިވެނީގެ ތެރެއިން، ނުވަތަ އެއިން މީހަކު ކޮށްފައިވާ އެހެން ކައިވެންޏެއްގެ ތެރެއިން ލިބިފައިވާ ދަރިން؛
- ލޭގެ ގުޅުމުން ގުޅިފައިވާ މީހުންނާއި ކައިވެނީގެ ގުޅުމުން ގުޅިފައިވާ މީހުން؛
- އެއް ގެއެއްގައި ދިރިއުޅޭ ބައެއްގެ ތެރެއިން، މީހަކު ހަރަދުކޮށްގެން އެހެން މީހުން ބަލަހައްޓައި ހަރަދުކުރާނަމަ، ހަރަދުކުރާ ފަރާތާއި އެފަރާތުން ބަލަހައްޓާ މީހުން.
"ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، ދަރިއަކު ނުވަތަ މީހަކު ނުވަތަ ކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުވެފައިވާ މީހާއަށެވެ.
"ބިރުދެއްކުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަނގަބަހުން ބިރުދެއްކުމަށް ނުވަތަ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އަނގަބަހުން ބިރުދެއްކުމަށެވެ.
(ނ) "ރިޕޯޓުކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ހިނގާފާނެކަމަށް ގަބޫލުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ނުހިނގާނުދާނެކަމަށް ބެލެވޭހިނދު، އެކަން ފުލުހުންނަށް ނުވަތަ އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން އަންގާ އެންގުމަށެވެ.
"ކޮޕީ ސިޓީ" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް / އިދާރާތަކަށް އެޑްރެސްކޮށް އެތަނަކަށް ކޮޕީކޮށް ފޮނުވާ ސިޓީތަކަށެވެ.
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭގޮތުންނެވެ.
"ކޭސް ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ތަހުގީގު ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.
"ރަޖިސްޓްރޭށަން ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ރަޖިސްޓަރީ ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.
"އިންވެސްޓިގޭށަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މައްސަލަތައް ބަލައި ތަހުގީގުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށެވެ.