ގާނޫނީ ރަދީފު
"ހިންގުމުގެ އިސްމަގާމުގައި ތިބޭ މީހުން" ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ މީހުން ކަމުގައި ބުނެފައި އެވަނީ ހިންގާ ކޮމިޓީގެ މެންބަރުންނާއި، އެފެންވަރުގެ އެހެނިހެން މުވައްޒަފުންނާއި، ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށެވެ.
"ރައްކާތެރިކަމާއެކީ ބެލެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ގިނަ ދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހައި ކަންތައްތަކާއި، އެ ތަކެތި ހަލާކުނުވާނެ އަދި ވީރާނާނުވާނެ ގޮތުގެމަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
"ށާއިއުކުރުން" ކަމަށް ބުނެފައިއެވަނީ، އާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ.
"ރިކޯޑު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ހިންގުމުގައި އުފެދޭ ލިޔެކިޔުން ނުވަތަ ފޮޓޯ، އޯޑިއޯ، ވީޑިއޯ ގެ ޒަރީއާއިން ރިކޯޑުކޮށްފައިވާ ތަކެއްޗަށެވެ.
"ރައްކާތެރިކުރުމުގެ އަމުރު" ކަމަށް ބުނެފައިއެވަނީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ށިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރަށެވެ.
"ޗީފް އެގްޒެކެޓިވް އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކޮށް، އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ އުފުލާ އެންމެ އިސް އިދާރީ މުވައްޒަފަށެވެ.
"ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް އެއްވެސް ޖިސްމާނީ އަނިޔާގެ އަމަލެއް ހިންގުމަށް ނުވަތަ ހިންގަފާނެކަމުގެ ބިރުދެއްކުމަށެވެ.
"ޕްރޮގްރާމް" ކަމަށް ބުނެފައިއެވަނީ، މަށްރޫއުތަކާއި، ޕްރޮޖެކްޓްތަކާއި، ފަރުވާގެ ފިޔަވަހިތަކާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ކަންކަން ހިމެނޭގޮތުންނެވެ.
"ސިއްހީ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ މަގްސަދަށްޓަކައި އޮތޯރިޓީން ކަނޑައަޅާ އިއުލާނުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
"ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސިއްހީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި ހެލްތު ވަރކަރުންނަށެވެ.
"ގޯނާކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއެއްގެ ނުވަތަ މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ ކިޔަވައިދޭ ނުވަތަ ކިޔަވަންދާ ތަނެއްގެ ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަންތަނުގެ ބޭރުގައި ނުވަތަ ކައިރީގައި މަޑުކޮށްގެންހުރުމާއި ފަހަތުން ހިނގުން.
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަމިއްލައަށް ނުވަތަ އެހެން މީހެއް މެދުވެރިކޮށްނަމަވެސް ފޯނުކޮށްގެން، ޖެއްސުންކުރުން.
- ސިޓީ، ޓެލެގްރާމް، ޕާރްސަލް، ފެކްސް، އެސް.އެމް.އެސް، އިލެކްޓްރޯނިކް މެއިލް ނުވަތަ މިނޫންވެސް އެހެނިހެން ގޮތްގޮތުން ތަކެތި ނުވަތަ މެސެޖު ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ތަކުރާރުކޮށް ފޮނުވައިގެން އުނދަގޫކުރުން.
"ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމުމަކުން ގުޅިފައިވާ ނުވަތަ މީގެ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވާ މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާ ނުވަތަ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހާއަށެވެ.
"ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކާގެ ބެލުމުގެދަށުގައި ހުރި ކުއްޖެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ، ނުވަތަ ހިންގާފައިވާ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، އެ ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ނުވަތަ މީހުންނަށެވެ.
"ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށެވެ.
- ކައިވެނިކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
- އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން، ނުވަތަ އެގޮތަށް ވަރަށް ފަހަކާޖެހެންދެން އުޅެފައިވާ މީހުން.
- މައިންބަފައިން ކަމުގައިވުން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުން ނުވަތަ ބަލަދުވެރިއެއްގެގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހެއް ކަމުގައިވުން.
- ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން.
- ގޭގައި ދަރިންބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުން.
- ޒާތީ ގުޅުމެއްއޮތް މީހުން.
"ގެވެށި އަނިޔާގެ އަމަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ، އަންނަނިވި އަމަލުތަކުގެ ތެރެއިން، އަމަލެއް ހިންގުމަށެވެ.
- ޖިސްމާނީ އަނިޔާކުރުން.
- ޖިންސީގޮތުން އަނިޔާކުރުން.
- ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން.
- މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން.
- މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާބަނޑުކުރުން.
- އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
- މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.
- ބިރުދެއްކުން.
- ގޯނާކުރުން.
- ފާރަލުން.
- މުދަލަށް ގެއްލުންދިނުން.
- އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ހާލަތްތަކުގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
- މިނޫންވެސް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
- މީހެއްގެ އަމިއްލަ އިހްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިހްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
- މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
- އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
- ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.