ގާނޫނީ ރަދީފު
"އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެޑްރެހަކަށް ނުވަތަ އިލެކްޓްރޯނިކް އެޑްރެހަކަށެވެ.
"ށާއިއުކުރާ ކޮންމެ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖޭން ބޭރުގެ ފަރާތްތައްވެސް ރާއްޖޭގައި ށާއިއުކުރާނަމަ، އެފަރާތްތައްވެސް ހިމަނައިގެންނެވެ.
"ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، އާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ.
"ޗާޕުކުރެވިފައިވާ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މެކެނިކަލް އިމްޕްރެށަނެއް އުފެއްދުމުގެގޮތުން އެއްވެސްބާވަތެއްގެ އެއްޗެއްގައި އަކުރުތަކެއް ނުވަތަ ރޮނގުތަކެއް ފެންނަން ހުންނާނެގޮތަށް ހެދުމަށެވެ.
"ގައުމީ ކުތުބުހާނާގައި ޖަމާކުރެވޭ ތަކެތި" ކަމަށް ބުނެފައި އެވަނީ، މައްލޫމާތު ލިޔެވި ރެކޯޑު ކުރެވިފައިހުރި ނުވަތަ ރައްކާކުރެވިފައިހުރި، ނުވަތަ ފެންނަގޮތަށްހުރި، ނުވަތަ އެފަދަ ގޮތަކަށް އުފައްދާފައިހުރި ހުރިހާ ވައްތަރެއްގެ ޗާޕުކުރި، ގްރެފިކް، އޯޑިއޯވިޒުއަލް އަދި މިނޫންވެސް އެހެން ޓެކްނޯލޮޖީގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ވަސީލަތްތަކަށެވެ.
"ރައްކާތެރިކަމާއެކީ ދެމެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހާ ކަންތައްތަކާއި، އެތަކެތި ހަލާކު ނުވާނެ އަދި ވީރާނާ ނުވާނެ ގޮތުގެ މަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
"ސްޓޭމްޕް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓޭޖް ސްޓޭމްޕަށެވެ.
"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.
"ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ.
"ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލަ" ކަމަށް ބުނެފައި އެވަނީ، މައްސަލަ ބެލުން ލަސްވެއްޖެނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ނުވަތަ މައްސަލަ ބެލުމުގެ މަގުސަދު ހާސިލުނުވެދާނެ ނުވަތަ ހެކި ނުލިބިދާނެކަމަށް ބެލެވޭ މައްސަލަތަކަށެވެ.
"އެފިޑޭވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުންދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
"ޗެއިން އޮފް ކަސްޑަޓީ" ކަމަށް ބުނެފައި އެވަނީ، ތަހުގީގަށް ނެގޭ ހެކި އެކަކު އަތުން އަނެކެއްގެ އަތަށް ނަގުލުވަމުންދާގޮތް ބަޔާންކޮށްދޭ ލިޔުމަށެވެ.
"ލިޔުން" ކަމަށް ބުނެފައި އެވަނީ، ސިޓ،ީ މެމ،ޯ އ-ީމެއިލް އަދި އެސ.ް އެމ.ް އެސް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މީހަކަށް ކިޔަން އެނގޭގޮތަކަށް އަކުރުތަކަކުން އެކުލަވައިލައިގެން ކުރާ މުއާމަލާތްތަކަށެވެ.