ގާނޫނީ ރަދީފު
"ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތަށެވެ.
"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފަށެވެ.
"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.
"އެކައުންޓިންގ އޮފިސަރު" އާއި، "ރިސީވަރުން" އާއި، "ކަލެކްޓަރުން" އާއި، "ފައިސާއާބެހޭ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ކޮންމެ މަސައްކަތެއް ކުރާ ފަރާތަކަށް ނުވަތަ ފަރާތްތަކަށެވެ.
"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއަކަށް ނުވަތަ ޔަގީންކަމަކަށެވެ.
"އިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް ދެވޭ މަންފާއެއްގެ ގޮތުގައި ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ދެވޭ ފައިސާއަށާއި، ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ އިނާޔަތަށް ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.
"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.
"އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށް ޓަކައި ދޭންޖެހޭ ހިދުމަތަށެވެ.
"ސްޓޭންޑްސްޓިލް މުއްދަތު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ބީލަންވެރިންނަށް ށަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތަށެވެ.
"ކެޕިޓަލް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ހަރަދުތައް ހިމެނޭ މަސައްކަތްތަކާއި މަށްރޫއުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.
"ކޮސްޓް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ހިސާބު ބެލެހެއްޓުމުގައި އެ ތަނަކަށް ހިނގާ ހަރަދުތަކުގެ ހިސާބުތައް ވަކިން ބަލަހައްޓަންޖެހޭކަމަށް ބަލައި، އެ ތަނެއްގެ މަސައްކަތްތައް ބައިކުރުމަށް ބޭނުންވާ ހާލަތްތަކުގައި ބައިކުރެވޭ އެންމެ ދަށް ފަންތިއަށެވެ.
"ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.
"ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެ ކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރާ ފަރާތަށެވެ.