-

ބަންދުކުރުން

"ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރު ކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ.