-

މައުލޫމާތު

"މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީނަމަ ވެސް، ނުވަތަ ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިން ވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަ ކޮންމެ މައުލޫމާތަކަށެވެ.