-

ފުލުހުންގެ މަރުކަޒު

"ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައިގެން ހިންގާ އަންނަނިވި ތަންތަނަށް ޖުމުލޮަކށެވެ. 

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާ.
  2. ރާއްޖެ އެކިއެކި ސަރަހައްދުތަކަށް ބަހައި، އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސަރަހައްދީ މަރުކަޒުތައް.
  3. އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އަތޮޅު ޕޮލިސް ސްޓޭށަންތައް.
  4. ރަށްރަށުގައި ގާއިމުކޮށްފައިވާ ރަށު ޕޮލިސް ސްޓޭށަންތައް.
  5. ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތައް.
  6. މާލޭގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭށަންތައް. 
  7. މީގެ އިތުރުންވެސް ފުލުހުންގެ ހިދުމަތާގުޅޭ ވަކި ހާއްސަ ދާއިރާތަކުގެ މަސައްކަތަށް ހާއްސަކޮށްގެން އުފައްދައިގެން ހިންގާ މަރުކަޒުތައް.