-

ޕާސްޕޯޓު ހިފެހެއްޓުން

"ޕާސްޕޯޓު ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް މެދުވެރިކޮށް، އެ މީހަކަށް ބައިނަލްއަގްވާމީ ދަތުރުފަތުރުކުރުން ހުއްޓުވުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ މާނައިގެ ތެރޭގައި، އޭގެ ޒާތުގައި ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް ހިފަހައްޓައިފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމެއް ނުހިމެނެއެވެ.