ގާނޫނީ ރަދީފު
"ށާއިއުކުރުން" މި ބަސް ބޭނުންކޮށްފައިވަނީ، އާންމުންނަށް ފަސޭހައިން ފެންނާނޭ ގޮތަކަށް މައުލޫމާތު ހާމަކުރުމުގެ މާނައިގައެވެ.
"ސަލާމަތްތެރިކަމާއެކު ނުގެންދެވޭނެ މީހަކު" މި ބަސް ބޭނުންކޮށްފައި އެވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ބައްޔެއްގެ ސަބަބުން އެ މީހަކަށް ސަލާމަތްތެރިކަމާއެކު ފަސިންޖަރެއްގެ ގޮތުގައި އިށީނދެގެންނީނދެވޭނެ ފަދަ މީހުންގެ މާނައިގައެވެ. މިސާލު: ފުޓްރެސްޓާ ހަމަ ޔަށް ފައި ނުފޯރާ މީހުން، މަސްތުގެ ހާލަތުގައި ތިބި މީހުން.
"އެކަށީގެންވާ ސަބަބު" ބޭނުންކޮށްފައި އެވަނީ، އެ ފަސިންޖަރަކަށް އަދި/ ނުވަތަ ޑްރައިވަރަށް އަދި/ނުވަތަ މަގުމަތީގައި ތިބި މީހުންނަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ދިމާވެދާނެކަމަށް އެކަށީގެންވާ މިންގަނޑުން ވަޒަންކުރެވޭ ހާލަތަށެވެ.
"ރޯޑްވަރދިނަސް" ކަމަށް ބުނެފައި އެވަނީ، މަގުމަތީގައި ދުއްވުމަށް އެކަށީގެންވާ އުޅަނދެއްކަމަށް ފެތޭތޯ ކަނޑައަޅާ މިންގަނޑަށެވެ.
"ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންނަށާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.
"ޓެކްސީ ޑްރައިވަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓެކްސީ ޑްރައިވަރުކަމުގެ ލައިސަންސް ލިބިފައިވާ އަދި އެ ލައިސަންސްގެ މުއްދަތު ހަމަނުވާ ފަރާތަކަށެވެ.
"އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި، މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ތަކެތި ގެންދިޔުމަށް ނުވަތަ ދަތުރުކުރުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ.
"ޓެކްސީ ސްޓޮޕް" ކަމަށް ބުނެފައި އެވަނީ، މީހުން އަރުވައި ބޭލުމަށް ޓެކްސީ ހުއްޓާ ތަން ނުވަތަ ސަރަހައްދު އަންގައިދޭ ބޯޑު ހަރުކޮށްފައިވާ ތަނަކަށެވެ.
"އެންކްލޭވް" ކަމަށް ބަޔާންކޮށްފައިވަނީ، ޑިޕްލޮމްޓިކް މިށަންތައް ގާއިމުކުރުމަށް ބިން ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކަށެވެ.
"ޑިސްޕެންސަރ" ކަމަށް ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް މިނެ ދޫކުރުމަށް ބޭނުންކުރާ ޕަމްޕަށެވެ.
”ގޭސް ފްރީ ކުރުން“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ އެއްވެސް ބާވަތެއް އަޅާފައިވާ ތާނގީއެއްގައި ޕެޓްރޯލިއަމްގެ އެއްވެސް ބާވަތެއް ނެތްކަމުގައި ވިޔަސް އަލިފާން ރޯވާ ޒާތުގެ އާވި ހުންނާނެތީ އެ އާވިތައް އެއްކޮށް ބޭރުކުރުމަށެވެ.
”ތެޔޮ ރައްކާކޮށްފައި ހުންނަ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު ރައްކާކޮށްފައި ހުންނަ ތަންތަނާއި ވިއްކާ ތަންތަނަށެވެ.
”ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، 800 ލީޓަރަށްވުރެ ގިނައިން ޑީސަލާއި ކަރާސީނު ރައްކާކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރާއި ތަންތަނަށެވެ.
”ފިލިންގ ޕޮއިންޓް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ތެޔޮ އަޅާ ކޮންޓެއިނަރަށް ތެލުގެ ބާވަތްތައް އެޅުމަށްޓަކައި ކޮންޓެއިނަރާއި ދާއިމީކޮށް ގުޅާފައި ހުންނަ ގުޅުމަށެވެ.