-

ށަރުތުގެ ނޯޓިސް

"ށަރުތުގެ ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުން ށަރުތުކޮށްފައި އެކަން އަންގައިފައި، ތިރީގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ފުލުހަކު މީހަކަށް ދޫކުރާ ލިޔުމަކަށެވެ.

  1. މީހާގެ ނަމާއި، އެޑްރެހާއި، އުމުރު؛
  2. ހާޒިރުވުމަށް އަންގާ ބޭނުން،
  3. ހާޒިރުވާންޖެހޭ ފުލުހުންގެ މަރުކަޒާއި، ތާރީހާއި، ގަޑި؛
  4. އެ ލިޔުން ދޫކުރާ ފުލުހުންގެ އޮފިސަރުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރާއި، ސޮއި؛
  5. ލިޔުން ދޫކުރި ތާރީހާއި ގަޑި.