ގާނޫނީ ރަދީފު
"ޑައިރެކްޓަރ އޮފް ޕްރިޒަންސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ މަގުސަދުތައް ހާސިލުކުރުމަށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އައްޔަނުކުރާ ފަރާތަށެވެ.
"ސިއްހީ ހާލަތު ގާތުން ބެލުން" ކަމަށް ބުނެފައި އެ ވަނީ، އެ މީހާގެ ބަލީގެ ގޮތުން ނުވަތަ ބަލިހާލަތު ހުރި މިންވަރުން، ނުވަތަ މީހާގެ ހާލަތާ ގުޅޭ އެ ނޫންވެސް ކަމަކުން، ޑޮކްޓަރު ދީފައިވާ ލަފަޔަކާ އެއްގޮތަށް ވަކި ވަގުތެއްގެ ތެރޭގައި ނުވަތަ އަވަސް އަވަހަށް ބަލިމީހާގެ ހާލަތު ބެލުމަށެވެ.
"ސެކިއުރިޓީ އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ކަސްޓޯޑިއަލް ޖަލުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށާއި، ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
"ޑިއުޓީ އޮފިސަރ" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ޑިއުޓީގައި އެ ވަގުތަކު ހުންނަ އެންމެ އިސް ޑިއުޓީ އޮފިސަރު (ޑީ.އޯ) އަށެވެ.
"ޖަލުގެ ގޮޅި ނުވަތަ ގޮޅި" ކަމަށް ބުނެފައި އެ ވަނީ، ކަސްޓޯޑިއަލް ޖަލުގައި މީހުން ބަންދުކުރުމަށް ހަދައިފައިވާ ތަންތަނަށެވެ.
"ބަންދުކޮށްފައިހުރި މީހާ" ކަމުގައި ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2019-1052 (ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަންދުކުރާ މީހުންނަށާއި، ފުލުހުންގެ ބެލުމުގެދަށުން ގޭގައި ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށެވެ.
"ކަސްޓޯޑިއަލް ޖަލު، ނުވަތަ ޖަލު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ ތަނަކަށެވެ.
"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި އަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ.
"ސޯށަލް ސަރވިސް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އަނިޔާގެ ށިކާރައަކަށްވާ ފަރާތްތަކަށް ސައިކޯސޯށަލް ސަޕޯޓް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއަށެވެ.
"ސިއްޙީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.
"ޓްރައުމާ އިންފޯމްޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ ށިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.
"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.
"ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.
"ކަނޑުމަހުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.
"ޑޭޓާ ބޮއި" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ ބޭނުމަކަށް ނުވާ ގޮތަށް، ތިމާވެށީގެ މައުލޫމާތު އެއްކުރުމަށް ޓަކައި، ސަރުކާރުތަކުންނާއި ސައިންޓިފިކް ދިރާސާކުރާ ޖަމާއަތްތަކުން، އޮޔާދާގޮތަށް ދޫކުރާ ނުވަތަ ހަރުކޮށްފައި ހުންނަ ބޮއިތަކަށެވެ.