ގާނޫނީ ރަދީފު
"ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރު ސެކިއުރިޓީޒް ދޫކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މުއައްސަސާ އަށް ނުވަތަ މުއައްސަސާތަކަށެވެ.
"ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް، ރިޒޯޓު ހޮޓެލް، ހޮޓެލް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.
"ޑިފޯލްޓް ރެކްޓިފިކޭށަނަށް ދާ ހަރަދު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮވެ، އެ ފައިސާ ނުދައްކާ ޔުޓިލިޓީ އެކައުންޓު ބަންދުކުރަންޖެހޭ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކައުންޓަށް އަރައިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް ދާ ހަރަދަށެވެ.
"ސިނާއީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
"އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށެވެ.
"ހިދުމަތް ކަނޑައިލުމަށް ދެވޭ އިންޒާރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ހިދުމަތް މެދުކަނޑައިލެވިދާނެކަމަށް ބަޔާން ކޮށްފައިވާ ސަބަބަކާ ގުޅިގެން އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އާންމު ބޭނުންތަކުގެ ހިދުމަތް ބޭނުންކުރާ ފަރާތަށް ހިދުމަތް މެދުކަނޑައިލުމަށް ދޭ އިންޒާރަށެވެ.
(ޅ) "ބިލު" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރާ ފަރާތްތަކަށް އެ ހިދުމަތެއް ބޭނުންކުރި މިންވަރަށް ފައިސާ ދެއްކުމަށް ފޮނުވާ ލިޔެކިޔުމަށެވެ.
"ބިލިންގ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މީޓަރުކޮށްގެން އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރިވަރު ގުނަން ފަށާ ތާރީހުން ފެށިގެން ނިމޭ ތާރީހަށެވެ.
"މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.
"މީޓަރު" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރެވޭ މިންވަރު އަންގައިދޭ އާލާތްތަކަށެވެ.
"މަގުބޫލު ސަބަބު" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކަށެވެ.
- ރަސްމީ ޑިއުޓީއެއްގައި ނުވަތަ ރަސްމީ މަސައްކަތެއްގައި އުޅެންޖެހުން؛
- ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވުން؛
- ދަތުރު ނުކުރެވޭފަދަ ކުއްލި ގުދުރަތީ ކާރިސާއެއް ދިމާވުން؛
- އާއިލާގެ މެންބަރަކު ނިޔާވުން؛
- ހާޒިރުނުވެވޭފަދަ ބައްޔެއްވުން ނުވަތަ އެފަދަ ސިއްހީ މައްސަލައެއް ދިމާވުން؛
- މިނޫނަސް މިފަދަ އެހެން ސަބަބެއް ދިމާވުން.
"ކޮމިށަނަރ އޮފް ޕޮލިސް'' ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތް އެ ވަގުތަކު ހިންގުމާ ހަވާލުވެހުރި ނުވަތަ ވަގުތީގޮތުން ހިންގުމާ ހަވާލުވެހުރި ފުލުހުންގެ އެންމެ އިސް އޮފިސަރަށެވެ.
"ފިޔަވަޅު ރިކޯޑު ކުރުން'' ކަމުގައި ބުނެފައި އެވަނީ، އެޅި ފިޔަވަޅެއް ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ އޯޑިއޯވީޑިއޯ ވަކި ނިޒާމެއްގެ ދަށުން ރައްކައުކުރުމަށް ނުވަތަ އާކައިވް ކުރުމަށެވެ.
"އާންމު ތަސައްވުރެއް" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާ ހާސިލުކުރުމަށް ނުވަތަ ވާސިލުވާން ބޭނުންވާ އާންމު ލަނޑުދަނޑިތައް ސިފަކޮށްދޭ ބަޔާނަށެވެ.
"އާންމު ސިޔާސަތު" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާގެ އާންމު ތަސައްވުރު ހާސިލުކުރުމުގެ ބޭނުމަށްޓަކައި އެ ތަސައްވުރުގައިވާ ކަންކަމާގުޅޭ ގޮތުން އާންމުކޮށްފައިވާ ކަންކަމަށެވެ.