ގާނޫނީ ރަދީފު
"ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.
"ސަސްޕެންޑްވުން' ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ މުވައްޒަފަކު މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމާ ހަމައަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް ނުނިކުމެ އެމީހަކު ހުންނަ މުއްދަތަށެވެ.
"ކްރައިސިސް އިންޓަރވެންށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާއާގުޅޭ ކުއްލި ހާލަތްތަކުގައި، ގެވެށި އަނިޔާގެ ޢަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް އެހިނދުން އެހިނދަށް ނުވަތަ ކުރު މުއްދަތަކަށް ފޯރުކޮށްދޭންޖެހޭ ޖިސްމާނީ އެހީތެރިކަމަށާއި، ނަފްސާނީ އެހީތެރިކަމަށާއި، އެފަރާތްތަކުގެ ޖަޒުބާތުތަކާއި މައްސަލަތަކަށް ލުޔެއް ފޯރުކޮށްދިނުމަށް ފޯރުކޮށްދޭ އެހީތެރިކަމަށެވެ.
"ވިކްޓިމް ސެންޓަރޑް ނަޒަރިއްޔާ" ކަމަށް ބުނެފައި އެވަނީ، ހުރިހާ ހާލަތެއްގައިވެސް ކުށުގެ ށިކާރައަކަށްވާ ފަރާތުގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ނިޒާމީ ގޮތެއްގައި ހާއްސަ ސަމާލުކަމެއްދީ، އޯގާތެރިކަމާއެކު އިތުރަށް އަނިޔާ ނުވާނޭ އަދި އިތުރަށް ވިކްޓިމައިޒްނުވާނޭ ގޮތުގެމަތިން ކުށުގެ ށިކާރައަކަށްވާ ފަރާތަށް ބޭނުންވާ ފަރުވާއާއި ހިދުމަތް ދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.

"އެކަށީގެންވާ ހާލަތްތައް" ކަމަށް ބުނެފައިއެވަނީ، އެ ހާލަތާ، ވަށައިގެންވާ ކަންކަންމާއި، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ސީރިއަސްކަމަށް ބަލައި، އެ މައްސަލައެއް ބަލާ މުއައްސަސާއަކުން ކަނޑައަޅާ ހާލަތްތަކަށެވެ.
"ބަންކަރު ދިނުން" ކަމަށް ބަޔާންކޮށްފައި އެވަނީ ބޯޓުގެ މެށިނަރީ ހިންގުމަށް ބޭނުންވާ ތެޔޮ ބޯޓަށް ބަރުކުރުމަށެވެ.
"ވަޔަރމަންޓް" ކަމަށް ބުނެފައި އެވަނީ، ބަޖެޓުގެ އެއް އައިޓަމަކަށް ގެނެވޭ އުނިކުރުމަކާއެކު، ބަޖެޓުގެ އެހެން އައިޓަމަކަށް ގެނެވޭ އިތުރުކުރުމަކަށެވެ.
"އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަދާކުރުމަށް ޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގުކުރެވޭގޮތަށް ދައުލަތުގެ މިލްކުގައިވާ ތަކެއްޗަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.
"އޮތޮރައިޒިންގ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ހަރަދުކުރުމަށް ހުއްދަދިނުމަށް ލިޔުންތަކުގައި ސޮއިކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ.
"އަންދާޒާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކުން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާ، އަންދާޒާ ބަޖެޓަށެވެ.
"މުސާރަ" ކަމަށް ބުނެފައި އެވަނީ، އިނާޔަތް ނުހިމެނޭގޮތުން ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ.
"މާލިއްޔަތާ ގުޅޭ ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ނުވަތަ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އަދި އެ ގަވާއިދާ ފުށުއެރުމެއް ނުވާގޮތަށް ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅަންޖެހޭ ތަފުސީލީ އިޖުރާއަތެއް ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ލިޔުމުން ނެރޭ އެކިއެކި އެންގުންތަކަށެވެ.
"މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.
"މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.