ގާނޫނީ ރަދީފު
"ށަކުވާ" ކަމުގައި ބުނެފައި އެވަނީ، ކްލެއިމްސްއާއި ފައިސާއާ ގުޅިގެން އުފެދޭހިޔާލުތަފާތުވުންތަކާ ގުޅުންހުރި ނިންމުންތަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތަކަށެވެ.
"މަގުބޫލު އުޒުރު" ކަމުގައި ބުނެފައި އެވަނީ، އިންސާނީ ބާރު ނުފޯރާ ގުދުރަތ ކާރިސާތަކަށް ނުވަތަ މި ގަވާއިދުގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީވާ ފާމަސ ތަކާއި،އެޖެންސީ އާއި ކުންފުނ ގެ ބާރުނުފޯރާފަދަ ކަންކަމަށެވެ.
"މުދާ އުފުލާ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި، C1 އާއި، C2 ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ.
"އެހެނިހެން އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި، C1 އާއި، C2 ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ފިޔަވައި މުދާ ނުވަތަ ތަކެތި އުފުލާ އެހެން ކޮންމެ އެއްގަމު އުޅަނދަކަށެވެ. ދަމާގާޑިޔަލާއި، ވީލްބަރޯ ފަދަ ތަކެތި ވެސް މި ގަވާއިދުގެ ބޭނުމަށް އެހެނިހެން އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
''ކުނި'' ކަމުގައި ބުނެފައި އެވަނީ، އުކައިލެވޭ އެންމެހައި ތަކެއްޗަށާއި، ހަލާކުވެފައި ހުންނަ ތަކެއްޗާއި، އެ ތަކެތީގެ ބައިބަޔަށާއި، ކުނިވާ ޒާތުގެ ތަކެއްޗާއި، ޕްލާސްޓިކް ކޮތަޅު ފަދަ ތިމާވެށްޓަށް ނުރައްކައުތެރި ބާވަތްތަކުގެ ތަކެތި ފަދަ އެންމެހައި ތަކެއްޗަށެވެ.
"ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަގުމަތީގައި ހިނގާބިގާވާ ފަރާތްތަކަށް ދަތިނުވާގޮތަށް، ބަންދުކޮށްފައިވާ ކުނި އުކައިލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކަށެވެ.
"އެގްޒެކިއުޓަރ" ކަމަށް ބުނެފައި އެވަނީ، ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް މީހަކު އައްޔަނުކުރާ ފަރާތަށް މިނިސްޓްރީން ދޭ ރަސްމީ ލިޔުމަށެވެ.
"ކޮންސިއުލަރ ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
"ހޯސްޓް ގައުމު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމުކޮށްފައި ހުންނަ ގައުމަށެވެ.
"ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކަށެވެ.
"ޑިޕްލޮމެޓިކް އާދަކާދަ" ކަމަށް ބުނެފައި އެވަނީ، ހާރިޖީ ދާއިރާގައި ޒަމާނުއްސުރެ އަމަލުކުރާ އެކިއެކި އުސޫލުތަކަށެވެ.
"ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި އެ ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.
"ޑޮކްޓޯރަލް ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ ތައުލީމުގައި މާސްޓަރސް ޑިގްރީއާ ޖެހިގެން މައްޗަށް އޮންނަ ޑިގްރީއަށެވެ. މީގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އާއި، ޕްރޮފެށަނަލް ޑޮކްޓަރޭޓް ހިމެނެއެވެ.
"ސަނަދުގެ ފެންވަރު ބެލުން" ކަމަށް ބުނެފައި އެވަނީ، ސަނދުގެ ފެންވަރު ބެލުމަށް މީހަކު ހުށަހަޅާ ސަނަދަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ސަނަދެއްތޯ ބެލުމަށް ކުރާ މަސައްކަތަށެވެ.
"ޓެކްސީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.