ގާނޫނީ ރަދީފު
"ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.
"ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެ ކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރާ ފަރާތަށެވެ.
"ބަޖެޓު ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އާންމުކުރާ އިރުށާދުތަކަށެވެ.
"ބަޖެޓަރީ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އަހަރީ ބަޖެޓު ހިންގުމަށް ޓަކައި މިނިސްޓްރީން ގެންގުޅޭ ކޮންޓްރޯލްތަކަށެވެ.
"ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަށް ބަލައިގެން ހަރަދުކުރުމަށް ތައްޔާރުކުރާ ޕްލޭނަށެވެ.
"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާއާއި، މި ގަވާއިދުގެ 6.28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.
"ހަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އެ ނޫން ވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. ހަރަދުގެ މާނައިގައި އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއެއް ނުހިމެނޭނެއެވެ.
"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުއާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކޮށްފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކޮށްފައިވާ ނުވަތަ ރިކޯޑުކޮށްގެން، ނުވަތަ ލިޔުމެއްގެ ސިފައިގައި، ނުވަތަ ޗާޕުކޮށްގެން، ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި، ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބަލަހައްޓާ ރިކޯޑަށެވެ. މި މާނައިގައި، ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ހުލާސާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުން ހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.
"ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދާއިމީ ލައިސަންސް ދޫކުރުމުގެ ކުރިން ދޫކުރެވޭ ކޮންމެ ލައިސަންސް އަކަށެވެ.
"ދާއިމީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ވަގުތީ ލައިސަންސް މުއްދަތު ހަމަވުމުން ދޫކުރެވޭ ލައިސަންސް އަށެވެ.
"ބިދޭސީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުން ދޫކޮށްފައިވާ ޑްރައިވިންގ ލައިސަންސްއަށެވެ.
"ޗާޓަރ" ކަމުގައި ބުނެފައި އެވަނީ ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަގެން އެއުޅަނދެއް ދުއްވުން ނުވަތަ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2007-01) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.