ގާނޫނީ ރަދީފު
"އެކަޑަމިކް ޕްރޮގްރާމް" އަދި "ތަމްރީނު ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު އުނގަންނައިދޭ ކިޔަވައިދިނުމަށެވެ.
"އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށެވެ.
"އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލް" ކަމަށް ބުނެފައި އެވަނީ،ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކުރާ މަސައްކަތެއް ނުވަތަ އެ އުޅަނދުފަހަރަށް ދިމާވާ ހާލަތެއް އެހެން ފަރާތްތަކަށް އަންގައިދިނުމަށް ޓަކައި (ނެވިގޭށަނަލް ސޭފްޓީ) މުއާސަލާތު ކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރާ ދިދަތަކާއި އަޑުތަކާއި ނިށާންތަކަށެވެ.
"ނުރައްކައުތެރި މުދާ" (އައި.އެމް.ޑީ.ޖީ. ކާގޯ) ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މު ދަލުގެ ތެރޭގައި ހިމެނޭ މުދަލެއްގެ ސަބަބުން އުޅަނދާއި އުޅަނދުން އުފުލާ މުދަލަށާއި މީހުން ނަށް ނުރައްކައުވެދާނެ ގޮތަށް ނުރައްކައުތެރި މުދަލުގެ ގޮތުގައި ލިސްޓުކޮށްފައިވާ މުދަލުގެ ގޮތުގައި ހިމެނޭ ކޮރޯސިވް، ކޮމްބަސްޓަބަލް، ރޭޑިއޯ އެކްޓިވް، ޕޮއިޒަނަސް ނުވަތަ ޕޮލޫޓިންގ ތަކެތި ހިމެނޭ ތަކެއްޗަށެވެ.
"ޕްރޮޖެކްޓް މުދާ" ކަމަށް ބުނެފައި އެވަނީ، ހާއްސަ މުދަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކި ހާއްސަގޮތްތަކަށް ކަނޑައަޅައިފައިވާ ބައެއްގެ ބެލުމުގެ ދަށުން ބަލަހައްޓަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާ މުދަލަށެވެ.
"މިނިމަމް ސޭފު މޭނިންގ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި އެންމެ މަދުމިނުން އުޅަނދު އޮޕަރޭޓުކުރުމަށް ބޭނުންވާ ކްރޫއިން (ކެޕްޓަނުންނާއި ފަޅުވެރީންނާއި އިންޖީން ޑިޕާޓުމަންޓުގައި މަސައްކަތްކުރާ އެހެނިހެން ފަރާތް ތައް) އެ މީހުން ހާސިލުކުރަންޖެހޭ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމަށްފަހު ހޯދަންޖެހޭ ސެޓުފިކެޓުހޯދައިފައިވާކަން ޔަގީންކުރުމަށްފަހު އެ އުޅަނދަށް ދޫކޮށްފައިވާ،މުއްދަތު ހަމަނުވާ މޭނިންގ ސެޓު ފިކެޓަށެވެ.
"ނޭށަނަލް ސްވޭޖް ޕޮލިއުށަން ޕްރިވެންށަން ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން 30 (ތިރީސް) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރު ނުވަތަ "އޭ" ޒޯނަށް ސަރވޭކޮށް ސަލާމަތީ ސެޓުފިކެޓު ދޫކުރުން ލާޒިމުކޮށްފައިވާ އުޅަނދުފަހަރުގައި ފާހާނާ ނިޒާމާއެކު ސްވޭޖް ޕްލާންޓް ހުރުމާއެކު، އެ ސްވޭޖު ރައްކައުކުރުމަށް ހޯލްޑިންގޓޭންކާއި ޑިސްޗާޖިންގ ޕައިޕްލައިން މާޕޯލް މުއާހަދާގެ އެނެކްސް IV ގެ ރެގިއުލޭށަން 9 ނުވަތަ 10 ގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިކަން ނުވަތަ އެންމެ ދަށްވެގެން ހޯލްޑިންގ ޓޭންކް ނުވަތަ ޑިސްޗާޖިންގ ޕައިޕްލައިން ގާއިމުކޮށްފައިވާކަން ސަރވޭކޮށް ޔަގީންކުރުމަށްފަހު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސްވޭޖު ސެޓުފިކެޓަށެވެ.
"ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން މުދާ އުފުލާ އުޅަނދުފަހަރުގައި އެއްވެސް ބާވަތެއްގެ ނުރައްކައުތެރި މުދަލެއްނުވަތަ ފަސޭހައިން އަލިފާން ހިފާ ބާވަތުގެ އެއްވެސް އެއްޗެއް އުފުލާނަމަ، އެ އުޅަނދުފަހަރުގައި ނުރައްކައުތެރި މުދާ ބަހައްޓާ ތަންތަނާއި އެ މުދާ ގެންގުޅޭނެގޮތް ފަޅުވެރިންނަށް ބުނެދީފައިވުމާއެކު،އެ މުދާ އިންޓަރނޭށަނަލް މެރިޓައިމް ޑޭންޖަރަސް ގްޑުސް (އައި.އެމް.ޑީ.ޖީ) ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭބަލްކޮށްފައި ހުރުމާއެކު، އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ލޭބަލްތައް ފެންނާނޭ ގޮތަށް އެ އުޅަނދުފަހަރުގައި ބަހައްޓައިފައި ހުރިކަން ޔަގީން ކުރުމާއެކު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓަށެވެ.
"ތެލުގެ ބާވަތްތައް" ކަމަށް ބުނެފައިވަނީ، ޕެޓްރޯލާއި، ޑިސަލާއި، ސާފުތެލާއި ބޭނުންކޮށްފައިވާ ރެސިޑިއުސް ފަދަ ތެލުގެ ބާވަތްތަކަށެވެ.
"ބަރުމަރުކާ" ނުވަތަ ޕްލިމްސަލް މާކް ކަމަށް ބުނެފައި އެވަނީ، އުޅަނދު އެންމެ ބޮޑަށް ބަރާކުރެވޭނެ މިންވަރު ފާހަގަކުރަންއުޅަނދުގައި ޖަހައިފައިވާ ނިށާނަށެވެ.
"ބޯރުދޫ" ކަމަށް ބުނެފައި އެވަނީ، މައިތައްޓުން މައްޗަށް އުސްކޮށް ޖަހައިފައި ހުންނަ ފަށްގަނޑަށެވެ.
"ސީ.ބީ.އެމް" ކަމަށް ބުނެފައި އެވަނީ، ކިއުބިކު މީޓަރަށެވެ.
"ފުލުހުންގެ އޮފިސަރެއް" ކަމަށް ބުނެފައި އެވަނ،ީ ފުލުހުންގެ ޔުނީފޯމުއެޅި ހުރިހާ ރޭންކެއްގެ ފުލުހުންވެސް ހިމެނޭ ގޮތަށެވެ.
"އެއްޗެއް" ކަމަށް ބުނެފައި އެވަނ،ީ ފޮތ،ް ލިޔެކިޔުން ނުވަތަ ކޮންމެ ސިފައެއްގައިނަމަވެސް ރެކޯޑުކޮށްފައިވާ މެޓީރިއަލްތަކާއި، އެއާ ގުޅުންހުރި ތަކެއްޗަށެވެ.
"މީހެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތަށ،ް އިންސާނީ ނަސްލު ތަފާތުކުރުމެއްނެތ،ި ކޮންމެ އިންސާނަކަށެވެ.