ގާނޫނީ ރަދީފު
"ފޫޅުމާ ފޯމު" ކަމަށް ބުނެފައި އެވަނީ ، ކުއްޖަކު އުފަންވުމުން، އެ ކުއްޖެއްގެ އުފަންވުމާ ގުޅިގެން ރިކޯޑުކުރަންޖެހ މައުލޫމާތު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ފޯމަށެވެ.
"ފޫޅުމާ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ މިޑްވައިފަކަށެވެ.
"ސިއްހީ މަސައްކަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބަޔާންކުރާ ކަމާބެހޭ ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިއަކަށެވެ.
"ސިއްހީ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގައި ސިއްހީ ހިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށެވެ.
"މަރު ރަޖިސްޓަރީކުރުން" ނުވަތަ "މަރުވުން ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު މަރުވުމާ ގުޅިގެން، އެ މީހާގެ މަރު ސާބިތުކުރުމަށްފަހު އެ މީހާގެ މަރުގެ މައުލޫމާތު މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.
"މަރުވުން ރަޖިސްޓަރީކުރުން" ނުވަތަ "މަރު ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު މަރުވުމާ ގުޅިގެން، އެ މީހާގެ މަރު ސާބިތުކުރުމަށްފަހު އެ މީހާގެ މަރުގެ މައުލޫމާތު މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.
"އުފަންވުން ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު އުފަންވުމާ ގުޅިގެން، ފޫޅުމާ ފޯމު މެދުވެރިކޮށް ހުށަހެޅ އެ ކުއްޖާގެ އުފަންވުމުގެ މައުލޫމާތު މި ގާނޫނުގެ ދެވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.
"އުފަންވުން" ކަމަށް ބުނެފައި އެވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތުމަށްފަހުގައި، ދުވަސް ފުރާ ނުވަތަ ދުވަސް ނުފުރާ ވިޔަސް މައިމީހާގެ ހަށިގަނޑުން ނިކުންނަ ނުވަތަ ނެގ ފީޓަސް، އެފަދައިން މައިމީހާގެ ހަށިގަނޑުން ނިކުތުމަށްފަހު ނުވަތަ ނެގުމަށްފަހު، ނޭވާލާ ހާލަތަށް ނުވަތަ ހިތުގެ ވިންދު ނުވަތަ އަމްބިލިކަލް ކޯޑުގައި ވިންދު ހުންނަ ހާލަތަށް ނުވަތަ ހަރަކާތްކުރުން ހުންނަ ހާލަތަށެވެ.
"ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖޭގައި މަރުވާ މީހެއްގެ މަރުގެ މައުލޫމާތު، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ. ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެއްސެއްގެ މަރުގެ މައުލޫމާތު މިގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރިކޯޑުކުރުމަށެވެ.
"ކުނި" ކަމަށް ބުނެފައި އެވަނީ، އުކާލާ ނުވަތަ އުކާލަން ނިންމާފައިވާ ނުވަތަ އުކާލަން ވަކި ފަރާތަކާ ހަވާލުކުރެވޭ ކޮންމެ އެއްޗަކަށެވެ.އެފަދައިން ކުނީގެ ގޮތުގައި ބަލާ އެއްޗެހީގެ ތެރޭގައި، ހަރު ތަކެއްޗާއި ދިޔާ ތަކެއްޗާއި ގޭސްވެސް ހިމެނެއެވެ.
"ހާއްސަ ކުނި" ކަމަށް ބުނެފައި އެވަނީ، ކުނީގެ ބާވަތަށް ނުވަތަ މިންވަރަށް ބަލައި، އެ ބާވަތެއްގެ ކުނީގެ ސަބަބުން އާންމު ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ ބާވަތްތަކުގެ ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ކެމިކަލް ސިފަތަކުގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިކުރުވާފަދަ ސިފަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ގޮވާ ޒާތުގެ ސިފައެއް ހުރުމުގެ ސަބަބުން، ނުވަތަ ބަލިމަޑުކަން ފަތުރާ ޒާތުގެ ކުންޏަށް ވުމުގެ ސަބަބުން، ނުރައްކާތެރި ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
"ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކުނި އަދި ހާއްސަ ކުނި ކަމަށްކަނޑައަޅާފައިވާ ކުނީގެ އެއްވެސް ބާވަތެއް މެނޭޖުކުރުމުގެ ހަރަކާތްތައް ހިންގުމަށް ހާއްސަކުރެވޭ މަރުކަޒަށެވެ.
"ރީސައިކަލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.
"ބޭނުންތެރި މާއްދާތައް އިއާދަކުރުން" ކަމަށް ބުނެފައި އެވަނީ، ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ ތެރޭގައި ތަކެތި އުފެއްދުމަށް އެއިން ބޭނުންތެރި ބައިތަކާއި މާއްދާތައް ވަކިކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށެވެ.