-

ފޮރިން ސަރވިސްގެ ގާނޫނު

(ގާނޫނު ނަންބަރު 2021-20)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

މި ގާނޫނުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމުކުރުން އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް ޕްރޮފެށަނަލް ފޮރިން ސަރވިސްއެއް ގާއިމުކުރުން؛

(ށ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުމަށްޓަކައި ހުނަރުވެރި، އިލްމީ، ތަޖުރިބާކާރު ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ފޮރިން ސަރވިސްއެއް ގާއިމުކުރުމަށް މަގުފަހިކުރުން؛

(ނ) ފޮރިން ސަރވިސްގައި ހިމެނޭ މުހިންމު މަގާމުތަކުގެ ށަރުތުތަކާއި، އެ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ރ) ފޮރިން ސަރވިސްގެ މުވައްޒަފުން ބެހިގެންވާ ގޮތާއި، އެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އިދާރީ އިންތިޒާމްތައް ބަޔާންކުރުން؛

(ބ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ލަފާދިނުމަށްޓަކައި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުން؛

(ޅ) ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ކަންކަން ހިންގުމަށްޓަކައި ފޮރިން ސަރވިސް އިންސްޓިޓިއުޓްއެއް ގާއިމުކޮށް، އެ އިންސްޓިޓިއުޓް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ކ) ހާރިޖީ ގުޅުންތަކަކީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެ ގުޅުވައިދޭ އެންމެ މުހިންމު އެއް ބަހާ ކަމަށްވުމާއެކު، ދިވެހިރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން އިތުބާރާއެކު ބަލައިގަންނާނެ ފަދަ ފެންވަރަކަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާ ތަރުތީބުކޮށް އަތުރާލުމަށް މަގުފަހިކުރުން.

 

ދެވަނަ ބާބު

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް 

 

3 ވަނަ މާއްދާ - ފޮރިން ސަރވިސް ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރެވޭ ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މަގްސަދުތައް 

ފޮރިން ސަރވިސްގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަގްވާމީ މުޖުތަމައުގައިދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން؛

(ށ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން؛ 

(ނ) ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި، އެކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި އެހީތެރިވެދިނުން؛

(ރ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ، ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ދިނުމާއި،ޕްރޮފެށަނަލް ފޮރިން ސަރވިސްއެއް އެކުލަވާލައި، ދަމަހައްޓައި، ކުރިއެރުވުން.

 

5 ވަނަ މާއްދާ - ފޮރިން ސަރވިސް އެކުލެވިގެންވާ ގޮތް

ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.

 

ތިންވަނަ ބާބު

ހާރިޖީ ސިޔާސަތު 

 

6 ވަނަ މާއްދާ - ހާރިޖީ ސިޔާސަތު ކަނޑައެޅުން

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

7 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު

ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ. އަދި މި ގާނޫނުގެ ދަށުން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގައި މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެ، ލަފާދިނުން؛

(ށ) ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދައިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމުކުރުން އިތުރުކުރުވުމަށް ކުރެވޭ މަސައްކަތުގައި،ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެ، ލަފާދިނުން؛

(ނ) ގާނޫނުގައި ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާ ހިނދަކު، ބޭރު ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ދިވެހި ދައުލަތުން މުއާމަލާތުކުރުމުގައި، ދިވެހި ދައުލަތް ތަމްސީލުކުރުން؛

(ރ) ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ގަބޫލުކުރުމާއި، އެ ގަބޫލުކުރުން އަނބުރާ ގެންދިޔުމާ ގުޅޭގޮތުންނާއި، ބޭރު ގައުމުތަކާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރުމާއި، ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ މެދުގައި އޮތް ގުޅުން ކަނޑާލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޒުކުރުން؛

(ބ) ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުންނާއި، އެ އެއްބަސްވުންތަކުން ވަކިވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޒުކުރުން؛

(ޅ) ބައިނަލްއަގްވާމީ މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި އަދި ބައިވެރިވެފައިވާ މުއާހަދާއަކުން ދިވެހިރާއްޖެ ވަކިވުމާ ގުޅޭގޮތުންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގައި ދިވެހިރާއްޖެ ބައިވެރިވުމާއި، ބައިވެރިވެފައިވާ ޖަމްއިއްޔާއަކުން ވަކިވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޒުކުރުން؛

(ކ) ބޭރު ގައުމުތަކާއި އެނޫންވެސް ފަރާތްތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާ ސަފީރުން، ދިވެހި ސަރުކާރުން ގަބޫލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޒުކުރުން؛

(އ) މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި އަދި މުޅި ފޮރިން ސަރވިސް ހަރުދަނާ ގޮތެއްގައި ހިންގުން.

 

8 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު

މިނިސްޓްރީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި މިނިސްޓަރުގެ މަސްއޫލިއްޔަތު ކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލީގޮތުން މިނިސްޓަރަށް އެހީތެރިވުން؛

(ށ) ގާނޫނުގައި ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހި ދައުލަތުން ބޭރު ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ މުއާމަލާތުކުރުމުގައި މެދުވެރިއަކަށްވުން؛

(ނ) ފޮރިން ސަރވިސް ހިންގައި ކުރިއެރުވުން؛

(ރ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ މަގްސަދުތައް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުވާނެހެން އެކަންކަން ހިންގަމުންދޭތޯ ބެލުން؛

(ބ) ބޭރު ގައުމުތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި އެފަދަ އެހެނިހެން އޮފީސްތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ އޮފީސްތައް ގާއިމުކުރުމުގެ ހުއްދަދިނުމާއި އެފަދަ މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި އޮފީސްތައް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާނެ ގޮތުގެ ގަވާއިދު އެކުލަވާލައި ހިންގުން.

 

ހަތަރުވަނަ ބާބު

ފޮރިން ސެކްރެޓަރީ 

 

9 ވަނަ މާއްދާ - ފޮރިން ސެކްރެޓަރީ

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެއެވެ.

(ށ) ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފެވެ. ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުށާދުގެ ދަށުންނެވެ.

(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގެ ދަށުން ފޮރިން ސެކްރެޓަރީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

 

10 ވަނަ މާއްދާ - ފޮރިން ސެކްރެޓަރީ އައްޔަންކުރުމާއި ވަކިކުރުން

(ހ) ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރާ މީހަކު، އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަކަށް އެ މަގާމަށް އައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށްފައިވާނަމަ، އެފަރާތަކީ މި ގާނޫނާ އެއްގޮތަށް އައްޔަންކޮށްފައިވާ ފަރާތެއްކަމުގައި ބަލަންވާނެއެވެ. އަދި އެ ހާލަތުގައިވެސް ފޮރިން ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މި ގާނޫނުގެ މާއްދާތައް އެ މަގާމުގައި ހުރި ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.

 

11 ވަނަ މާއްދާ - ފޮރިން ސެކްރެޓަރީ ގެ ށަރުތު

ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރާ މީހަކީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ "ސެކްރެޓަރީ" ގެ މަގާމުގައި ހިދުމަތް ކުރަމުންގެންދާ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ފޮރިން ސަރވިސްގެ ތަޖުރިބާއާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާންވާނެއެވެ. އަދި އޭގެ އިތުރުން، މިނިސްޓްރީގައި މަދުވެގެން 10 (ދިހައެއް) އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ފޮރިން ސެކްރެޓަރީގެ މަސްއޫލިއްޔަތު 

ފޮރިން ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި މިނިސްޓަރަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ފޮރިން ސަރވިސް ހިންގުމާއި، މުވައްޒަފުންނާގުޅޭ އެންމެހައި ކަންތައްތަކާއި، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމާބެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރުމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުމާއި، މިނިސްޓަރު އަންގާ ގޮތުގެމަތިން އަދި މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސް ހިންގުމާއި ކުރިއެރުވުން؛

(ނ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމާ ބެހޭގޮތުން އަމަލުކުރާނެ އުސޫލުތައް އެކުލަވާލައި ހިންގުމުގައި މިނިސްޓަރަށް އެހީތެރި ވެދިނުން؛

(ރ) ފޮރިން ސަރވިސްގެ މުވައްޒަފުންނަކީ މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވޭފަދަ ގޮތަކަށް މަސައްކަތްކުރާ ބަޔަކަށް ހެދުން؛

(ބ) ފޮރިން ސަރވިސްގެ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ދަމަހައްޓައި، ތަރައްގީކުރުމަށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް މިނިސްޓަރުގެ ލަފާގެމަތިން އެކުލަވާލައި ހިންގުން؛

(ޅ) ފޮރިން ސަރވިސްގެ މަގްސަދު ހާސިލުކުރެވޭނެގޮތަށް ފޮރިން ސަރވިސްގެ އޮނިގަނޑު މިނިސްޓަރުގެ ލަފަޔާއެކު އެކުލަވާލައި، ފޮރިން ސަރވިސްގެ އެކި ބައިތަކުން ކުރާނެ މަސައްކަތްތައް ކަނޑައެޅުން؛

(ކ) ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން މިނިސްޓަރު ޖަވާބުދާރީވާންޖެހޭ ކަންކަމުގައި މިނިސްޓަރަށް ލަފާދީ، އެހީތެރިވެދިނުން؛

(އ) ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ އެންމެހައި މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މިނިސްޓަރުގެ ލަފަޔާއެކު އެކުލަވާލައި ހިންގުން.

 

ފަސްވަނަ ބާބު

ސަފީރުން 

13 ވަނަ މާއްދާ - ސަފީރުން

(ހ) ސަފީރުންނަކީ، ބޭރު ގައުމުތަކުގައާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުމަށް، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންނެވެ.

(ށ) ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން އައްޔަންކުރެވިދާނެއެވެ.

(ނ) ސަފީރުގެ ވަޒީފާއަށް އައްޔަންކުރާ މީހެއްގެ ވަޒީފާގެ މުއްދަތަކީ 3 (ތިނެއް) އަހަރު ދުވަހެވެ. އެ މުއްދަތު 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ސަފީރުން އައްޔަންކުރުން

(ހ) ސަފީރުން އައްޔަންކުރާނީ، މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ށ) ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާއަށްޓަކައި އެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަން ނުވަތަ ނަންތަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުުލަބިއްޔަތުން ފާސްވުމުން، އެފަރާތެއް ނުވަތަ ފަރާތްތައް ސަފީރުކަމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

15 ވަނަ މާއްދާ - ސަފީރުންގެ ށަރުތު

ސަފީރުންގެ ގޮތުގައި އައްޔަންކުރާ މީހުންގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކަށްވުމާއި، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން؛

(ށ) ދިވެހި ދައުލަތް ތަމްސީލުކޮށް، ސަފީރުކަމުގެ ވަޒީފާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭ ފެންވަރުގެ ތައުލީމާއި ތަޖުރިބާއާއި ގާބިލުކަންހުރުން؛

(ނ) ސަފީރުކަމަށް ކަނޑައަޅާ ގައުމުގެ ދާއިމީ ރަށްވެއްސަކަށް ނުވުން؛ ދާއިމީ ރަށްވެއްސެއްކަމަށް ބަލާނީ، އެ ގައުމެއްގެ ކަމާބެހޭ ގާނޫނުގެ ދަށުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް ދާއިމީ ރަށްވެހިކަން ދިނުމުގައި އަމަލުކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ބ) ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަގާމުތަކުންކުރެ މަގާމެއް ފުރަމުންދާ މީހަކު ކަމުގައިވުން؛

(ކ) ސަފީރުގެ ވަޒީފާއަށް އައްޔަންކުރަނީ ފޮރިން ސަރވިސްގެ މުވައްޒަފެއްނަމަ މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ، ބަޔާންކޮށްފައިވާ މަގާމެއް ފުރަމުންދާ މީހަކު ކަމުގައިވުން.

 

16 ވަނަ މާއްދާ - އިޖުރާއަތުތައް ފުރިހަމަކުރުން

ސަފީރުގެ ވަޒީފާއަށް މީހަކު އައްޔަންކުރުމަށްޓަކައި، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް ފޮނުވުމުގެ އިތުރުން، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 "ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ސަފީރުންގެ މަސްއޫލިއްޔަތު

(ހ) ސަފީރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ޑިޕްލޮމެޓިކް މިށަންތަކުން ކުރުމަށް މި ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވާނެހެން މިށަން ހިންގުމާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި މިށަންތަކުން ކުރަންޖެހޭނެކަމަށް ބަޔާންކުރާ ކަންތައްތައް މިނިސްޓަރުގެ ލަފަޔާއެއްގޮތަށް ކުރުމެވެ. އޭގެ އިތުރުން، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރުމަށް މި ގާނޫނުގެ 43 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުންވެސް ސަފީރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

(ށ) ސަފީރުން އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

 

18 ވަނަ މާއްދާ - ސަފީރުން އިސްތިއުފާދިނުން

(ހ) ސަފީރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުފާގެ ލިޔުން ހުށަހެޅި ނަމަވެސް، ސަފީރުގެ ވަޒީފާއިން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކޮށް، ދޭ ލިޔުމަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރަންދެން އޭނާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ސަފީރުން އަނބުރާ ގެނައުމާއި ސަފީރުކަމުގެ ވަޒީފާއިން ވަކިކުރުން

(ހ) ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ ސަފީރުން އަނބުރާ ގެންނާނީ، އަދި މަގާމުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ފޮރިން ސަރވިސްއިން ބޭރުން އައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިއުފާދޭންވާނެއެވެ. އެގޮތަށް އިސްތިއުފާދިނުމުގައިވެސް އަމަލުކުރާނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

(ނ) ސަފީރަކީ ފޮރިން ސަރވިސްގެ މުވައްޒަފެއްނަމަ، އެ ސަފީރަކު މި ގާނޫނުގެ 18 ވަނަ މާއްދާއާ އެއްގޮތަށް އިސްތިއުފާދިންކަމުގައި ވީނަމަވެސް ނުވަތަ މި މާއްދާގެ (ހ) އާ އެއްގޮތަށް އަނބުރާ ގެނައި ނަމަވެސް، ފޮރިން ސަރވިސްގައި އެފަރާތުން ފުރަމުންދިޔަ މަގާމުން ވަކިވީ ކަމުގައެއް ނުބެލެވޭނެއެވެ.

 

ހަވަނަ ބާބު

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތައް 

 

20 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތައް

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަކީ، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 "އާ އެއްގޮތްވާ ގޮތުގެމަތިން، އެ މިށަނެއް ކަނޑައަޅާފައި ހުންނަ ގައުމެއްގައި، ނުވަތަ ޖަމްއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި، ފުޅާކޮށް، މިށަން ހުންނަ ގައުމަށް ޒިޔާރަތްކުރާ، އަދި އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުމަށް ގާއިމުކޮށްފައި ހުންނަ ތަންތަނެވެ.

(ށ) ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައި ހުންނަ ގައުމުތަކުގައި، ދިވެހިރާއްޖޭގެ ސަގާފަތް ކުރިއެރުވުމަށްޓަކައި، މިށަނުގެ ބައެއްގެ ގޮތުން، މަރުކަޒުތައް ގާއިމުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. އެގޮތުން ގާއިމުކުރެވޭ މަރުކަޒުތައް ގާއިމުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަކީ އިދާރީގޮތުން މިނިސްޓްރީގެ ބައެކެވެ.

 

21 ވަނަ މާއްދާ - މިށަންތައް ގާއިމުކުރުމާއި ބަންދުކުރުން 

ޑިޕްލޮމެޓިކް މިށަންތައް ގާއިމުކޮށް، އަދި ބަންދުކުރުމުގެ ނިންމުންތައް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޑިޕްލޮމެޓިކް މިށަނެއް ގާއިމުކުރުމުގައި ނުވަތަ ބަންދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މިށަންތަކުގެ މަސްއޫލިއްޔަތުތައް

(ހ) ހާރިޖީ ދާއިރާގައި ހިދުމަތްކުރާ އިދާރީ، ކޮންސިއުލާ، ޑިޕްލޮމެޓިކް، ސިޔާސީ، އިގްތިސާދީ، އަސްކަރީ އަދި އެހެނިހެން ދާއިރާތައް ތަމްސީލުކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުމާއި ތަމްރީނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި މަސްލަހަތު ކުރިއެރުވުމަށާއި، ބޭރު ގައުމުތަކުގައި ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވުމުގެ އިތުރުން، މިނިސްޓްރީގެ މަސައްކަތްތަކަށް މަދަދުވެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ މިށަންތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެފަދަ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި ގާނޫނުގެ ދަށުން ހަދާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ގާއިމުކޮށްފައިވާ ނުވަތަ ކަނޑައަޅާފައިވާ ގައުމެއްގެ އެއްވެސް ފަރާތަކާ، ނުވަތަ މިށަނެއް ކަނޑައަޅާފައި ހުންނަ ޖަމްއިއްޔާއަކާ ދިވެހި ދައުލަތުން މުއާމަލާތު ކުރަންޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އެ މިށަނެއް މެދުވެރިކޮށެވެ. އެގޮތުން ކުރަންޖެހޭ މުއާމަލާތުތައް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަ ކުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ހެޑް އޮފް މިށަންއާއި ށާޒެ ދަފެއާރ 

(ހ) ދިވެހިރާއްޖޭގެ ކޮންމެ ޑިޕްލޮމެޓިކް މިށަނެއްގެ ހެޑް އޮފް މިށަންގެ ގޮތުގައި ހުންނާނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މިށަނެއް ކަނޑައަޅާފައި ހުންނަ ގައުމަކަށް ނުވަތަ ޖަމްއިއްޔާއަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ހުންނަ ސަފީރެކެވެ.

(ށ) އެއްވެސް ސަބަބަކާހުރެ މިށަނެއްގެ ހެޑް އޮފް މިށަންގެ ގޮތުގައި ސަފީރަކު ނުހުންނަ ހާލަތެއްގައި، އެ މިށަނެއްގެ ށާޒެ ދަފެއާރގެ ގޮތުގައި ހުންނާނީ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މިނިސްޓަރު އައްޔަންކުރާ، ޑެޕިއުޓީ ހެޑް އޮފް މިށަނެވެ. އަދި ޑެޕިއުޓީ ހެޑް އޮފް މިށަންވެސް ނުހުންނަ ހާލަތެއްގައި، ދެން އެ މިށަނެއްގެ ށާޒެ ދަފެއާރގެ ގޮތުގައި ހުންނާނީ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މިނިސްޓަރު އައްޔަންކުރާ، ފޮރިން ސަރވިސްގެ މުވައްޒަފެކެވެ.

 

ހަތްވަނަ ބާބު

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތައް 

 

24 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓުތައް

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތަކަކީ ބޭރު ގައުމުތަކުގެ، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި، ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި، ފުޅާކޮށް، އެ ކޮންސިއުލާ ޕޯސްޓެއް ހުންނަ ސަރަހައްދަކަށް ޒިޔާރަތްކުރާ، އަދި އެ ސަރަހައްދެއްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގާއިމުކޮށްފައި ހުންނަ ތަންތަނެވެ.

 

25 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓުތަކުގެ ގިންތިތައް 

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތައް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ގިންތީގެ މައްޗަށެވެ.

(ހ) ކޮންސިއުލާ ޕޯސްޓު: އަދި  

(ށ) އޮނޮރަރީ ކޮންސިއުލާ ޕޯސްޓު.

 

26 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓު

(ހ) ކޮންސިއުލާ ޕޯސްޓު ގާއިމުކޮށް، އަދި ބަންދުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮންސިއުލާ ޕޯސްޓެއް ގާއިމުކުރުމުގައި ނުވަތަ ބަންދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ކޮންސިއުލާ ޕޯސްޓުތަކާއި އެ ޕޯސްޓުތަކުގެ ދަށުން ގާއިމުކުރެވޭ އެހެނިހެން ތަންތަނަކީ، އިދާރީގޮތުން މިނިސްޓްރީގެ ބައެކެވެ.

 

27 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓުގެ މަސްއޫލިއްޔަތު 

ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދޭންޖެހޭ ކޮންސިއުލާ ހިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ އިތުރުން،މިނިސްޓްރީގެ މަސައްކަތްތަކަށް މަދަދުވެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ ކޮންސިއުލާ ޕޯސްޓުތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ކޮންސިއުލާ ޕޯސްޓުތަކުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރޭގައި ހިމެނެނީ، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމެވެ.

 

28 ވަނަ މާއްދާ - ހެޑް އޮފް ކޮންސިއުލާ ޕޯސްޓު

(ހ) ދިވެހިރާއްޖޭގެ ކޮންމެ ކޮންސިއުލާ ޕޯސްޓެއް ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހެޑް އޮފް ކޮންސިއުލާ ޕޯސްޓު އައްޔަންކޮށް، އަދި އެފަރާތެއް އަނބުރާ ގެންނާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރެވެ.

(ށ) ހެޑް އޮފް ކޮންސިއުލާ ޕޯސްޓުގެ މަގާމަށް ކޮންސުލް ޖެނެރަލް ނުވަތަ ކޮންސުލްއެއް އައްޔަންކުރެވިދާނެއެވެ.

(ނ) ހެޑް އޮފް ކޮންސިއުލާ ޕޯސްޓަކަށް އައްޔަންކުރެވޭނީ ހަމައެކަނި ފޮރިން ސަރވިސްގެ މުވައްޒަފުންނެވެ.

(ރ) އެއްވެސް ސަބަބަކާހުރެ ހެޑް އޮފް ކޮންސިއުލާ ޕޯސްޓުގެ ވަޒީފާ ހުސްވެއްޖެނަމަ، އެ ވަޒީފާ ވަގުތީގޮތުން އަދާކުރާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރު އައްޔަންކުރާ، ފޮރިން ސަރވިސްގެ އެވަގުތަކު ހުރި އެންމެ އިސް މުވައްޒަފެކެވެ.

 

29 ވަނަ މާއްދާ - ހެޑް އޮފް ކޮންސިއުލާ ޕޯސްޓުގެ މަސްއޫ ލިއްޔަތު 

ހެޑް އޮފް ކޮންސިއުލާ ޕޯސްޓު ގެ މަސްއޫލިއްޔަތުތަކަކީ މި ގާނޫނުގެ 27 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުވާނެހެން ކޮންސިއުލާ ޕޯސްޓުތައް ހިންގުމާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ހެޑް އޮފް ކޮންސިއުލާ ޕޯސްޓުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަމަށް ބަޔާންކުރާ ކަންތައްތަކެވެ.

 

30 ވަނަ މާއްދާ - އޮނޮރަރީ ކޮންސިއުލާ ޕޯސްޓު

(ހ) ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސިއުލާ ޕޯސްޓުތައް ގާއިމުކޮށް ބަންދުކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) އޮނޮރަރީ ކޮންސިއުލާ ޕޯސްޓެއްގެ "ހެޑް އޮފް އޮނޮރަރީ ކޮންސިއުލާ ޕޯސްޓު"ގެ ގޮތުގައި ހުންނާނީ، "އޮނޮރަރީ ކޮންސުލް ޖެނެރަލް" ނުވަތަ "އޮނޮރަރީ ކޮންސުލް" އެކެވެ. އަދި އެ މަގާމަށް މީހުން އައްޔަންކޮށް ވަކިކުރާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރެވެ.

(ނ) އޮނޮރަރީ ކޮންސިއުލާ ޕޯސްޓަކީ އިދާރީގޮތުން މިނިސްޓްރީގެ ބައެއްނޫނެވެ.

(ރ) އޮނޮރަރީ ކޮންސިއުލާ ޕޯސްޓުގެ "ހެޑް އޮފް އޮނޮރަރީ ކޮންސިއުލާ ޕޯސްޓު " އަށް، އަދި އެ ޕޯސްޓުގެ އެއްވެސް މުވައްޒަފަކަށް، ދައުލަތުގެ ބަޖެޓުން އެއްވެސް މުސާރައެއް، އުޖޫރައެއް، ނުވަތަ ފައިސާގެ އިނާޔަތެއް ނުދޭނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މިނިސްޓްރީން ލިޔުމުން އަންގާ އެންގުމަކަށް، ދައުލަތަށް އަނބުރާ ފައިސާ ދައްކާ ގޮތަށް، އޮނޮރަރީ ކޮންސިއުލާ ޕޯސްޓުން ކުރާ ހަރަދަކަށް ދައުލަތުން ފައިސާ ދެއްކުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

31 ވަނަ މާއްދާ - އޮނޮރަރީ ކޮންސިއުލާ ޕޯސްޓުގެ މަސްއޫލިއްޔަތު

އޮނޮރަރީ ކޮންސިއުލާ ޕޯސްޓުތަކުގެ މަސްއޫލިއްޔަތުތަކަކީ، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި އޮނޮރަރީ ކޮންސިއުލާ ޕޯސްޓުތަކުގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކެވެ.

 

32 ވަނަ މާއްދާ - ހެޑް އޮފް އޮނޮރަރީ ކޮންސިއުލާ ޕޯސްޓުގެ މަސްއޫލިއްޔަތު 

.މި ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން އައްޔަންކުރާ "ހެޑް އޮފް އޮނޮރަރީ ކޮންސިއުލާ ޕޯސްޓު"ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މި ގާނޫނުގެ 27 ވަނަ މާއްދާގައި، ކޮންސިއުލާ ޕޯސްޓުތަކުން ކުރުމަށް ބަޔާންކުރާ ކަންތައްތައް ހާސިލުކުރުމާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި "ހެޑް އޮފް އޮނޮރަރީ ކޮންސިއުލާ ޕޯސްޓު" ގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކެވެ.

 

އަށްވަނަ ބާބު

ފޮރިން ސަރވިސްގެ މަގާމުތަކާއި މުވައްޒަފުން 

 

33 ވަނަ މާއްދާ - ފޮރިން ސަރވިސް އެކުލަވާ ލުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފޮރިން ސަރވިސް އެކުލަވާލަންވާނެއެވެ.

(ށ) ފޮރިން ސަރވިސް އެކުލަވާލުމަކީ މި ގާނޫނުގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި ބަޔާންކުރާ މަގާމުތަކަށް، މި ގާނޫނުގެ 42 ވަނަ މާއްދާއާއި 63 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ މީހުން އައްޔަންކުރުމެވެ.

 

34 ވަނަ މާއްދާ - ފޮރިން ސަރވިސް އެކުލެވިގެންވާގޮތް 

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ގިންތީގެ މަގާމުތަކުގެ މައްޗަށެވެ.

(ހ) އެގްޒެކެޓިވް ސަރވިސް ސްޓާފުން؛ އަދި

(ށ) ޖެނެރަލް ސަރވިސް ސްޓާފުން.

 

35 ވަނަ މާއްދާ - އެގްޒެކެޓިވް ސަރވިސް ސްޓާފުން 

(ހ) ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ ގިންތިއަކީ މި ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ، ފޮރިން ސަރވިސްގެ މުވައްޒަފުންނެވެ.

(ށ) އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ ގިންތީގައި ހިމެނޭ މުވައްޒަފުން ބެހިގެންވަނީ "އެގްޒެކެޓިވް ސްޓާފުން" އަދި "ޕްރޮފެށަނަލް ސްޓާފުން" ގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ "އެގްޒެކެޓިވް ސްޓާފުން" ގެ ގިންތީގައި ހިމެނެނީ އަންނަނިވި މަގާމުތަކެވެ.

  1. ފޮރިން ސެކްރެޓަރީ؛
  2. ސެކްރެޓަރީ:
  3. އެޑިށަނަލް ސެކްރެޓަރީ؛
  4. ޖޮއިންޓް ސެކްރެޓަރީ؛
  5. ސީނިއަރ އަންޑަރ ސެކްރެޓަރީ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޕްރޮފެށަނަލް ސްޓާފުން" ގެ ގިންތީގައި ހިމެނޭނީ އަންނަނިވި މަގާމުތަކެވެ.

  1. ޑިރެކްޓަރ ޖެނެރަލް؛
  2. ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް؛
  3. ޑިރެކްޓަރ؛
  4. ޑެޕިއުޓީ ޑިރެކްޓަރ؛
  5. އެސިސްޓަންޓް ޑިރެކްޓަރ.

 

36 ވަނަ މާއްދާ - ޖެނެރަލް ސަރވިސް ސްޓާފުން

(ހ) ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތިއަކީ ފޮރިން ސަރވިސްގައި ހިމެނޭ އިދާރީ މުވައްޒަފުންގެ މައްޗަށް އެކުލެވިގެންވާ ގިންތިއެކެވެ. އެ ގިންތީގައި ހިމެނޭނީ، މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ، ފޮރިން ސަރވިސްގެ މުވައްޒަފުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތީގައި ހިމެނޭނީ އަންނަނިވި މަގާމުތަކެވެ.

  1. ޗީފް ޖެނެރަލް ސަރވިސް އޮފިސަރ؛
  2. ޗީފް ޑެސްކް އޮފިސަރ؛
  3. ސީނިއަރ ޑެސްކް އޮފިސަރ؛
  4. ޑެސްކް އޮފިސަރ؛
  5. ޑެޕިއުޓީ ޑެސްކް އޮފިސަރ؛
  6. އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ.

 

37 ވަނަ މާއްދާ - އިތުރު މުވައްޒަފުން ނެގުން

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ މަގާމުތަކުގެ އިތުރުން، މިނިސްޓްރީގެ ހިންގުމަށް އިތުރު މަގާމުތަކެއް ބޭނުންވާކަމަށް މިނިސްޓަރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، މި ގާނޫނުގެ ދަށުން ހަދާ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އިތުރު މުވައްޒަފުން މަސައްކަތަށް ނެގުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ފޮރިން ސަރވިސްއަށް މުވައްޒަފުން އިތުރުކޮށް އުނިކުރަންވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައި ހުއްދަ ލިބުމަށް ފަހުގައެވެ.

 

38 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތަކުގެ ވަޒީފާތައް 

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގައި ހުންނާނީ އަންނަނިވި 3 (ތިނެއް) ގިންތީގެ މައްޗަށް ބެހިގެންވާ ވަޒީފާތަކެވެ.

(ހ) ފުރަތަމަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. ސަފީރު؛
  2. މިނިސްޓަރ-ކައުންސެލާ:
  3. ކައުންސެލާ.

(ށ) ދެވަނަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. ސަރވިސް އެޓާށޭ؛
  2. ފަސްޓް ސެކްރެޓަރީ؛
  3. ސެކަންޑް ސެކްރެޓަރީ؛
  4. ތާރޑް ސެކްރެޓަރީ. 

(ނ) ތިންވަނަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. އެޓާށޭ؛
  2. ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާތައް.

 

39 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތައް

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތަކުގައި ހުންނާނީ އަންނަނިވި 3 (ތިނެއް) ގިންތީގެ މައްޗަށް ބެހިގެންވާ ވަޒީފާތަކެވެ.

(ހ) ފުރަތަމަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. ކޮންސުލް ޖެނެރަލް ނުވަތަ ކޮންސުލް؛
  2. ވައިސް ކޮންސުލް.

(ށ) ދެވަނަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. ފަސްޓް ސެކްރެޓަރީ؛
  2. ސެކަންޑް ސެކްރެޓަރީ؛
  3. ތާރޑް ސެކްރެޓަރީ.

(ނ) ތިންވަނަ ގިންތީގެ ވަޒީފާގެ ތެރޭގައި ހިމެނެނީ އަންނަނިވި ވަޒީފާތަކެވެ.

  1. އެޓާށޭ؛
  2. ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާތައް.

 

40 ވަނަ މާއްދާ - މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ލޯކަލް ސްޓާފުން 

ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯކަލް ސްޓާފުންގެ ގޮތުގައި މުވައްޒަފުން އައްޔަންކުރެވިދާނެއެވެ.

 

41 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މިނިސްޓަރުގެ އިތުރުން، މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި އާންމު ކޮންސިއުލާ ޕޯސްޓުތަކުގައި ވަޒީފާ އަދާކުރާނީ ހަމައެކަނި އަންނަނިވި މުވައްޒަފުންނެވެ.

  1. މިނިސްޓްރީގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި މިނިސްޓަރުގެ ލަފަޔާއި އިރުށާދުގެ ދަށުން މަސައްކަތްކުރުމަށް "މިނިސްޓަރ އޮފް ސްޓޭޓް" ގެ މަގާމަށާއި "އެމްބެސެޑަރ-އެޓް-ލާޖް" ގެ މަގާމަށާއި "މިނިސްޓަރުގެ ނާއިބު" ގެ މަގާމަށް އައްޔަންކުރާ މުވައްޒަފުން؛
  2. މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގެ މަގާމުތަކުގެ ތެރެއިން، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ މަގާމުތަކުގެ ތެރެއިން މަގާމަކަށް، ދައުލަތުގެ އެހެން މުއައްސަސާއަކުން، ވަކި މުއްދަތަކަށް ވީއްލާ މުވައްޒަފުން؛
  3. މި ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް އެކުލަވާލާ ފޮރިން ސަރވިސްގެ މުވައްޒަފުން؛ އަދި
  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މުވައްޒަފުން ފިޔަވައި، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް، ފޮރިން ސަރވިސްއިން ބޭރުން އައްޔަންކުރާ މުވައްޒަފުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަންކުރަންވާނީ، ފޮރިން ސަރވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ގިނަނުވާނެ ގޮތެއްގެމަތިންނެވެ.

 

42 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މަގާމުތަކުގެ ށަރުތު

ފޮރިން ސަރވިސްގެ މުވައްޒަފުންގެ ކިބައިގައި މި މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
 (ހ) ޖެނެރަލް ސަރވިސް ސްޓާފުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި، ޖެނެރަލް ސަރވިސް ސްޓާފުންގައި ހުންނަންޖެހޭނެކަމަށް ބަޔާންކުރާ ތައުލީމީ ފެންވަރާއި ތަޖުރިބާ ލިބިފައިވުން؛
  2. ދިވެހިރައްޔިތަކަށްވުމާއި، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވަތަ ދާއިމީ ރަށްވެއްސަކަށް ނުވުން؛
  3. ކުށުގެ ރެކޯޑެއް ނެތް ފަރާތެއް ކަމުގައިވުން؛
  4. ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ، ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން؛
  2. ފުރަތަމަ ޑިގްރީ، ނުވަތަ އެއާއެއްވަރުގެ، ނުވަތަ އެއަށްވުރެމަތީ ފާހެއް ހާސިލުކޮށްފައިވުން؛
  3. މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ބާއްވާ ފޮރިން ސަރވިސް އިމްތިހާނުން ފާސްވެފައިވުން؛
  4. މުވައްޒަފަކީ މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެގްޒެކެޓިވް ސްޓާފް" އެއްނަމަ، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް ސްޓާފުންގެ ގިންތީގައި މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް ހިދުމަތް ކޮށްފައިވުން.

(ނ) އެހެން ގައުމެއްގެ ދާއިމީ ރަށްވެއްސެއްކަމަށް ބަލާނެ މިންގަނޑުތައް މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - މުވައްޒަފުންގެ މަސްއޫލިއްޔަތު

ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިސްޓަރަށާއި މިނިސްޓްރީއަށް އެހީތެރިވެދިނުން؛

(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ފޮރިން ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާ ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

 

44 ވަނަ މާއްދާ - މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަން 

(ހ) ފޮރިން ސަރވިސްގެ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމާއި، ވަޒީފާތައް ހަމަޖެއްސުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ހިދުމަތުން މުސްކުޅިކުރުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކަނޑައެޅުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ފިޔަވަޅުއެޅުމާއި، މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާއި އެނޫންވެސް މުވައްޒަފުންނާގުޅޭ އެންމެހައި ކަންކަން ހިންގާނީ، މި ގާނޫނާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) ފޮރިން ސަރވިސްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިންގުމުގައި، މި ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާ ހޯދަންވާނެއެވެ.

(ރ) ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ މަސައްކަތު ގަޑިއާއި އެ މުވައްޒަފުންނަށް ޗުއްޓީދިނުމުގައި، އަމަލުކުރާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. މިގޮތަށް އަމަލުކުރަންވާނީ ވަޒީފާއާބެހޭ ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިންނެވެ.

 

45 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މަގާމުތަކަށް މީހުން އައްޔަންކުރުން 

(ހ) ފޮރިން ސެކްރެޓަރީގެ މަގާމު ފިޔަވައި، އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ މަގާމުތަކަށް، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތު ފުރިހަމަވާ މީހުން އައްޔަންކުރާނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދާ އެއްގޮތަށް، މިނިސްޓަރެވެ.

(ށ) ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތީގެ މަގާމުތަކަށް، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތު ފުރިހަމަވާ މީހުން އައްޔަންކުރާނީ،މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދާ އެއްގޮތަށް، މިނިސްޓަރުގެ ލަފާގެ މަތިން، ފޮރިން ސެކްރެޓަރީއެވެ.

 

46 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުން

(ހ) ފޮރިން ސެކްރެޓަރީ ފިޔަވައި، އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ މުވައްޒަފުންނަށް، މަގާމުގެ ކުރިއެރުމާއި، ވަޒީފާގެ ކުރިއެރުން ދޭނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނާއި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިންމިނިސްޓަރެވެ.

(ށ) މި ގާނޫނުގައި ބަޔާންކުރާ ޖެނެރަލް ސަރވިސް ސްޓާފުންގެ ގިންތީގެ މުވައްޒަފުންނަށް، މަގާމުގެ ކުރިއެރުމާއި ވަޒީފާގެ ކުރިއެރުން ދޭނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނާއި ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފަޔާ އެއްގޮތަށް، މިނިސްޓަރު ނިންމާ ގޮތެއްގެމަތިން، ފޮރިން ސެކްރެޓަރީއެވެ.

 

47 ވަނަ މާއްދާ - ހިދުމަތުން މުސްކުޅިކުރުން

(ހ) ފޮރިން ސަރވިސްގެ މުވައްޒަފުން ހިދުމަތުން މުސްކުޅިކުރެވޭ އުމުރަކީ 5 (ފަސްދޮޅަސް ފަހެއް) އަހަރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުމުރުން 55 (ފަންސާސް ފަހެއް) އަހަރުންމަތީގެ މުވައްޒަފުން އަމިއްލައަށް އެދިގެން ހިދުމަތުން މުސްކުޅިކުރުމަށް އެދޭނަމަ، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ މުވައްޒަފަކު ހިދުމަތުން މުސްކުޅި ކުރެވިދާނެއެވެ.

(ނ) ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ހިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދޭންވާނީ ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

48 ވަނަ މާއްދާ - ކޯޑް އޮފް ކޮންޑަކްޓް

ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ކޯޑް އޮފް ކޮންޑަކްޓްގައިވާ ގޮތުގެމަތިންނެވެ. އަދި އެއިން އެއްވެސް ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) ޑިޕްލޮމެޓިކް އިމްތިޔާޒް ނަހަމަގޮތުގައި ބޭނުންކުރުން؛

(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، މަގާމުގައި ދެމިހުރިހާ ދުވަހަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް އެހެން މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން؛

(ނ) މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި މިނިސްޓަރު އަންގާ ގޮތެއްގެމަތިން މެނުވީ، މަގާމުގައި ދެމިހުރިހާ ދުވަހަކު، ދައުލަތުގެ ސިޔާސަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް، ނުވަތަ ހިޔާލެއްވިޔަސް، އެއްވެސް ސިފައެއްގައި، އެއްވެސް ތަނެއްގައި، އަދި އެއްވެސް ނަމެއްގައި އާންމުކޮށް ށާއިއުކުރުން؛

(ރ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިންނާއި މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައިވާ ގޮތުގެމަތިން މެނުވީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން، ނުވަތަ ފޮރިން ސަރވިސްގައި ހިނގާ ކަމަކާ ބެހޭގޮތުން އެއްވެސް ފަރާތަކަށް މައުލޫމާތު ހާމަކުރުން ނުވަތަ ދިނުން؛

(ބ) މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން މެނުވީ، އެއްވެސް ހަދިޔާއެއް، ނުވަތަ ހަދިޔާއެއް ކަމުގައި ބެލެވިދާނެ އެއްވެސް އެއްޗެއް ގަބޫލުކުރުން؛ 

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން؛

(ކ) އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ނުވަތަ މައުލޫމާތެއް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން؛

(އ) އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

 

49 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުން، އެމީހުންގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަކީ ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެ މައުލޫމާތެވެ. މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިންނާއި ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ، އޭގެ ތެރެއިން އެއްވެސް މިންވަރެއްގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކުރުމަކީ ކުށެކެވެ.

 

50 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން، އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ހެޔޮ ނިޔަތުގައި އަދާކުރުމުގައި ކުރާ ކަމަކާމެދު، ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު، އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

 

51 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ފޮރިން ސަރވިސްގެ މުވައްޒަފަކު ނުވަތަ ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފަކު، މި ގާނޫނުގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން ކުރުން މަނާކޮށްފައިވާ ކަމެއް ކޮށްފިކަމަށް މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ސާބިތުވެއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ މުވައްޒަފަކާމެދު އެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މަގާމުގެ އެއް ދަރަޖަ ދަށްކުރުން؛ ނުވަތަ

(ށ) އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ފޮރިން ސަރވިސްއިން ސަސްޕެންޑް ކުރުން؛ ނުވަތަ

(ނ) މަގާމުން ވަކިކުރުން.

 

52 ވަނަ މާއްދާ - މަގާމުން ވަކިކުރުން

ފޮރިން ސަރވިސްގެ މުވައްޒަފުން މަގާމުން ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދު އަދި ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފުވުން؛

(ށ) މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުންކުރެ ށަރުތެއް އުނިވުން؛

(ނ) ޖިނާއީ ކުށެއްކުރިކަމަށް ސާބިތުވުން؛

(ރ) މަގާމުން ވަކިވާން އެދުން؛

(ބ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަނުކުރުން؛

(ޅ) އެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި، މުވައްޒަފުން އައްޔަންކުރުމަށް ހަމަޖެހިފައިވާގޮތާ ހިލާފަށްކަމަށް ސާބިތުވުން؛

(ކ) މި ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ފޮރިން ސަރވިސްގެ މުވައްޒަފެއްގެ ކިބައި ގައި ހުންނަންވާނެ ކަމަށް ކަނޑައަޅާ ށަރުތުތައް ފުރިހަމަ ނުކުރެވުން؛

(އ) އެ މުވައްޒަފަކު ނިޔާވުން.

 

53 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ހައްގު 

މި ބާބުގެ ދަށުން އަޅާ ފިޔަވަޅަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ހިތްހަމަނުޖެހޭ ފަރާތަކަށް، އެ ފިޔަވަޅެއް އަޅާތާ ނުވަތަ އެ ނިންމުން ނިންމާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

54 ވަނަ މާއްދާ - ޕޯސްޓިންގއަށް މީހުން ފޮނުވުން

(ހ) ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކުގެ ތެރެއިން ސަފީރުގެ ވަޒީފާއާއި ސަރވިސް އެޓާށޭގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާތަކަށް މުވައްޒަފުން ފޮނުވޭނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް އަދި 39 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކުރާ ވަޒީފާތަކަށެވެ.

(ށ) ސަރވިސް އެޓާށޭގެ ވަޒީފާއަށް މީހުން ހަމަޖައްސާނެ ގޮތާއި އެ ވަޒީފާއަށް މީހުން ފޮނުވާނެ ގޮތް މި ގާނޫނުގެ ދަށުން އެކުލަވާލާ ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުން ދައުލަތުގެ އެހެން ތަންތަނަށް ޑެޕިއުޓުކުރުން 

މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ މުވައްޒަފުން، ދައުލަތުގެ އެހެން އިދާރާއަކަށް، ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ވަކި މުއްދަތަކަށް ޑެޕިއުޓުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

56 ވަނަ މާއްދާ - މުވައްޒަފުންގެ އޮނިގަނޑާއި މުސާރައާއި އިނާޔަތް 

(ހ) ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސް ގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި މަގާމުތަކުގެ ށަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެމަތިން މިނިސްޓްރީން އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ އޮނިގަނޑަށް އަމަލުކުރަންވާނީ އެ އޮނިގަނޑު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައި ހުއްދަ ލިބުމަށް ފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ނޭށަނަލް ޕޭ ކޮމިށަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

 

ނުވަވަނަ ބާބު

ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން 

 

57 ވަނަ މާއްދާ - ފޮރިން ސަރވިސްއިން ބޭރުން މުވައްޒަފުން އައްޔަންކުރުން 

މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގައި ވަޒީފާ އަދާކުރުމަށް، އަންނަނިވި ގިންތީގެ މަގާމުތަކަށް، ފޮރިން ސަރވިސްއިން ބޭރުން މުވައްޒަފުން އައްޔަންކުރެވިދާނެއެވެ.

(ހ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ހިންގުމުގެ އިސް މަގާމުތަކުގެ މުވައްޒަފުން؛

(ށ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ އެހެން މުއައްސަސާއަކުން ވީއްލާ މުވައްޒަފުން؛

(ނ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް، ފޮރިން ސަރވިސްއިން ބޭރުން އައްޔަންކުރާ މުވައްޒަފުން؛

(ރ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ދައުލަތުގެ އެހެން އިދާރާއަކުން ފޮރިން ސަރވިސްގެ މަގާމަކަށް ވީއްލާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ހަމަޖައްސާނީ އެ މުވައްޒަފަކު ވީއްލި އިދާރާއަކުންނެވެ.

 

58 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންގެ މައްޗަށް ހިނގާ އުސޫލުތައް ފޮރިން ސަރވިސްގެ ބޭރުގެ މުވައްޒަފުންގެ މައްޗަށް ހިނގުން

އަންނަނިވި ކަންކަމާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ގަވާއިދާއި ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައި ފޮރިން ސަރވިސްގެ މުވައްޒަފުން އަމަލުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުސޫލުތައް ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ހ) ވަޒީފާއަށް އައްޔަންކުރުމާއި ވަކިކުރުން؛

(ށ) ފިޔަވަޅު އެޅުން؛

(ނ) މަސައްކަތުގެ ގަޑި؛

(ރ) ޗުއްޓީ؛

(ބ) މި ގާނޫނުގެ ދަށުން އެކުލަވާލާ ކޯޑް އޮފް ކޮންޑަކްޓް؛ 

(ޅ) ސިއްރު ހިފެހެއްޓުން.

 

59 ވަނަ މާއްދާ - ޕޯސްޓިންގއަށް ފޮނުވުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް، މި ގާނޫނުގެ ދަށުން އެކުލަވާލާ ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާގެނައުމުގެ ގަވާއިދުގައި ބަޔާންކުރާ ވަކި ވަޒީފާތަކަކަށް، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުން ފޮނުވިދާނެއެވެ.

 

ދިހަވަނަ ބާބު

ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު 

 

60 ވަނަ މާއްދާ - ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާގުޅޭ އެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓަރު ބޭނުންވާ ލަފާ ދިނުމާއި، މި ގާނޫނާއި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަންތައްތަކާއި އަދި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި "ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފައްދަންވާނެއެވެ.

 

61 ވަނަ މާއްދާ - ބޯޑުގެ މެންބަރުން

(ހ) ބޯޑަށް މެންބަރުން އައްޔަންކޮށް، ވަކިކުރާނީ މިނިސްޓަރެވެ. އަދި ބޯޑު އެކުލެވިގެންވަނީ އަންނަނިވި 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

  1. ފޮރިން ސެކްރެޓަރީ؛
  2. ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މުވައްޒަފެއް؛
  3. ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާ؛
  4. ފޮރިން ސަރވިސްގެ ޖެނެރަލް ސްޓާފުންގެ ގިންތީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ އިސް މުވައްޒަފެއް؛
  5. މިނިސްޓްރީގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހައެއް) އަހަރު ހިދުމަތްކޮށްފައިވާ، ހިދުމަތުގައި ނޫޅޭ މީހުންގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ މީހެއް.

(ށ) ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގައި މަގާމުގެ ހައިސިއްޔަތުން ހިމެނޭ މެންބަރުންނަށް އެއްވެސް މާލީ އިނާޔަތެއް ނުލިބޭނެއެވެ.

 

62 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް ބޭއްވުން

ބޯޑުގެ މަސައްކަތްތައް ހިންގުމާއި ބޯޑުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ބޯޑުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުންތައް ބޭއްވުމުގެ އުސޫލާއި ބޯޑުގެ މެންބަރުންގެ ދައުރާއި މެންބަރުން ބަދަލުކުރުންފަދަ އެންމެހައި ކަންކަމުގެ ތަފްސީލު މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އެގާރަވަނަ ބާބު

އިންތިގާލީ އިންތިޒާމްތައް 

 

63 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ތިބި މުވައްޒަފުން 

މި ގާނޫނަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީގައާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގައާއި ކޮންސިއުލާ ޕޯސްޓުތަކުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތަކަށް، އަންނަނިވި އުސޫލާ އެއްގޮތަށް ބަދަލުކޮށް ނިންމަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ހެޑް އޮފް މިށަންގެ ގޮތުގައި ވަޒީފާ އަދާކުރަމުންގެންދާ ސަފީރުންގެ ތެރެއިން، ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މިނިސްޓްރީގައި، ސަފީރުކަމުގެ މަގާމު ނޫން އެހެން މަގާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ހިދުމަތް ކޮށްފައިވާ މީހުން، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިންނާއި، ފޮރިން ސަރވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ މަގާމުތަކަށް ބަދަލުކުރަންވާނެއެވެ. އަދި ސަފީރުން އެ މަގާމުތަކަށް ބަދަލުވި ނަމަވެސް، އެ ސަފީރުން އަނބުރާ ގެންނަންދެން، ސަފީރުކަމުގެ ވަޒީފާގައި ދެމިތިބޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ މަގާމުތަކަށް ބަދަލުނުވާ ސަފީރުން އަނބުރާ ގެންނަންދެން، ނުވަތަ ސަފީރުކަމުން ވަކިކުރަންދެން، ސަފީރުކަމުގެ ވަޒީފާގައި ދެމިތިބޭނެއެވެ.

(ނ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިންނާއި، އަންނަނިވި އުސޫލާ އެއްގޮތަށް، ފޮރިން ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސަންވާނެއެވެ.

  1. ޑިރެކްޓަރުން އަދި އެއަށްވުރެ މަތީ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން، މުވައްޒަފުން ބަދަލުކުރުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ ގިންތިއަށް؛
  2. ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން، ހާރިޖީ ދާއިރާއާގުޅޭ މަސައްކަތުގެ 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީ، ނުވަތަ އެއާއެއްވަރުގެ، ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވާ މުވައްޒަފުން، މުވައްޒަފުންގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އެގްޒެކެޓިވް ސަރވިސް ސްޓާފުންގެ ގިންތިއަށް؛
  3. ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، މިނިސްޓްރީގެ ހިދުމަތުގައި 10 (ދިހަ އެއް) އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށް މަދުވެގެން 1 (އެކެއް) ޕޯސްޓިންގ ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަ ކުރަމުންދާ މުވައްޒަފުން، މުވައްޒަފުންގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، ޕްރޮފެށަނަލް ސަރވިސް ގިންތިއަށް؛
  4. ޑިރެކްޓަރަށްވުރެ ދަށުގެ މަގާމުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން، މިނިސްޓްރީގެ ހިދުމަތުގައި 15 (ފަނަރަ) އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މުވައްޒަފުން، މުވައްޒަފުންގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، ޖެނެރަލް ސަރވިސްގެ އެންމެ މަތީ ގިންތިއަށް؛
  5. މި މާއްދާގެ މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ށަރުތުތައް ފުރިހަމަނުވާ މީހުން، ޖެނެރަލް ސަރވިސްގެ އެހެނިހެން ގިންތިތަކަށް.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަނުވާ މުވައްޒަފުންނަށް އެ ށަރުތުތައް ފުރިހަމަކުރުމަށްޓަކައި މި ގާނޫނު ފާސްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އެ މުއްދަތު ގުނަން ފަށާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ އަހަރާ ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

ބާރަވަނަ ބާބު

ފޮރިން ސަރވިސް އިންސްޓިޓިއުޓް 

 

64 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ދިނުން

ފޮރިން ސަރވިސްގެ މުވައްޒަފުންނަކީ މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވޭފަދަ ގާބިލު ބަޔަކަށް ހެދުމަށްޓަކައި، އެ މުވައްޒަފުންނަށާއި މި ގާނޫނުގެ ދަށުން ފޮރިން ސަރވިސްގެ މަގާމުތަކަށް އައްޔަންކުރާ އެންމެހައި މުވައްޒަފުންނަށް ތަމްރީނާއި ހުނަރާއި ތަޖުރިބާ ދޭންވާނެއެވެ.

 

65 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓް 

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.

 

66 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ މަގްސަދު 

ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން 
ހިމެނެއެވެ.

(ހ) ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ އެންމެހައި މުވައްޒަފުންނަކީ ފޮރިން ސަރވިސްގެ މަގްސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނު ދިނުން؛

(ށ) ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތަކާ ބެހޭގޮތުންނާއި، އެފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދިރާސާކުރުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ދިރާސާތަކުގެ ނަތީޖާ، ފޮރިން ސަރވިސްގެ އެކި ބައިތަކާ ހިއްސާކުރުމާއި، ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ހިއްސާކުރުމާއި،
އާންމުންނަށް އޮޅުންފިލާނެހެން ށާއިއުކުރުން؛

(ރ) ޑިޕްލޮމަސީއާއި ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓަރަށް މައުލޫމާތާއި ލަފާ ދިނުމަށްޓަކައި އެކުލަވާލަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެކަމަށް ބޭނުންވާ ދިރާސާތައް ކުރުން.

 

67 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާ

ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ބާއްވާ ފޮރިން ސަރވިސް އިމްތިހާނުގެ މުގައްރަރު، ފޮރިން ސެކްރެޓަރީގެ މަށްވަރާއާއެކު ކަނޑައެޅުމާއި، އެ އިމްތިހާނު ބޭއްވުން؛

(ށ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރު، ފޮރިން ސަރވިސްގެ މުވައްޒަފުންނަށާއި ފޮރިން ސަރވިސްގެ ވަޒީފާތަކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ދިނުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ތަމްރީނުތަކުގެ މުގައްރަރު މި ގާނޫނުގެ ދަށުން އެކުލަވާލެވޭ މުވައްޒަފުން ތަމްރީނުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅައި، އެ ތަމްރީނުތައް ހިންގުން؛

(ރ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި، އެ ސިޔާސަތާގުޅޭ މުހިންމު މައުޒޫއުތަކަށާއި، ދުނިޔޭގައި އެއިރެއްގައި ހިނގާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން؛

(ބ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި ހާރިޖީ ސިޔާސަތާގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އެހެން އިދާރާތަކާއި، އާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުން.

 

68 ވަނަ މާއްދާ - އިންސްޓިޓިއުޓް ހިންގުން

އިންސްޓިޓިއުޓް ހިންގުމަށާއި، އިންސްޓިޓިއުޓްއިން ހިންގާ ތަމްރީނު ކޯސްތަކާއި ދިރާސާ މަސައްކަތްތައް ހިންގުމަށްޓަކައި، ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، އެގްޒެކެޓިވް ސްޓާފުންގެ މުވައްޒަފަކު އިންސްޓިޓިއުޓްގެ އިސްވެރިއެއްގެ ގޮތުގައި އައްޔަންކުރަންވާނެއެވެ.

 

ތޭރަވަނަ ބާބު

އެހެނިހެން 

 

69 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތައް ހަދައި، ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. ފޮރިން ސަރވިސްގެ އާންމު ގަވާއިދު؛
  2. ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް؛
  3. މުވައްޒަފުންގެ ގަވާއިދު؛
  4. މުވައްޒަފުން ތަމްރީނުކުރުމުގެ ގަވާއިދު؛
  5. ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދު؛
  6. ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ގަވާއިދު؛
  7. ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތައް ދިވެހިރާއްޖޭގައި ގާއިމުކުރުމާއި ހިންގުމާގުޅޭ ގަވާއިދު.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ގަވާއިދުތަކުގެ އިތުރުން، ފޮރިން ސަރވިސްއާގުޅޭ ކަންކަމުގައި، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގަވާއިދު ހެދުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

 

70 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

71 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، 

މި ގާނޫނުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މިށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" އާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.

(ރ) "ސަފީރު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކުގެ "ހެޑް އޮފް މިށަން" ބޭރު ގައުމެއްގައި، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެ ގައުމަކަށް ނުވަތަ ޖަމްއިއްޔާއަކަށް، ކޮންމެ ނަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށެވެ.

(ބ) "ކޮންސިއުލާ ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ،ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލާ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖޭން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.

(ޅ) "ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި، ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަދާކުރުމަށް ދާ ދިއުމަށެވެ.

(ކ) "ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީފާދޭ މުވައްޒަފުންނަށެވެ.

(އ) "ސަރވިސް އެޓާށޭ" ކަމަށް ބުނެފައި އެވަނީ، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 "ގެ 7 ވަނަ މާއްދާގެ ދަށުން، ކަނޑައަޅާ ގައުމަކުން ކުރިން ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ވަޒީފާތަކަށެވެ.

(ވ) "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" ކަމަށް ބުނެފައި އެވަނީ، 14 އޭޕްރިލް 1961 ގައި އަމަލުކުރަން ފަށާފައިވާ 2 އޮކްޓޯބަރު 2007 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސްއަށެވެ.

(މ) "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވިފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ފ) "ވަޒީފާއާބެހޭ ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާގުޅޭ މައްސަލަތައް ބެލުމަށްޓަކައި، އެކުލަވާލާފައިވާ ޓްރައިބިއުނަލަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފޮރިން ސަރވިސްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު ގާނޫނު ނަންބަރު 2021-20)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ޕޯސްޓިންގ އަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-165)
  2. ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް (ގަވާއިދު ނަންބަރު 2022-164)
  3. މުވައްޒަފުން ތަމްރީނު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-141)
  4. ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-131)
  5. ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމު ކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ދިވެހިރާއްޖޭގައި ގާއިމު ކުރުމާއި ހިންގުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-130)
  6. ފޮރިން ސަރވިސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2022-129)
  7. މުވައްޒަފުންގެ ގަވާއިދު (ފޮރިން ސަރވިސް) (ގަވާއިދު ނަންބަރު 2022-127)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު