ގާނޫނީ ރަދީފު
"ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރައްކާތެރިކޮށްދީފައިވާ މައުލޫމާތު ނިސްބަތްވާ، އަދި އެ ފަރާތެއްގެ މަސްލަހަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މައުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.
"ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒިފުން" ކަމަށް ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ހިދުމަތުގައި ތިބޭ އެކިއެކި މުވައްޒިފުންނަށެވެ.
"ޕަބްލިކް ސަރވިސް މުވައްޒިފުން" ކަމަށް ވުނެފައި އެ ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އެ ތަންތާގެ މަސައްކަތް ކުރުމަށްޓަކައި އެ މުއައްސަސާއިން ވަޒީފާ ދޭ މީހުންނަށެވެ.
"އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރީން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒިފުންގެ ތެރެއިން މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަސްއޫލިއްޔަތުތައް އަދާކުރާން ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ، އެ އިދާރާގެ މުވައްޒިފަށެވެ. ނުވަތަ މުވައްޒިފުންނަށެވެ.
"އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
"ބައި-ލޯސް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާނަށެވެ.
"ޑިޕްރިށިއޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ހަދައިފައިވާ ގޮތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލުމަށްޓަކައި ތައްޔާރުކުރާ ށެޑިއުލަށެވެ. މި ށެޑިއުލްގައި އިމާރާތުގެ ސްޓްރަކްޗަރަށް ބިނާކޮށް އިމާރާތް ބޭނުންކުރުމަށް އަންދާޒާކުރެވޭ މުއްދަތާއި، އިމާރާތުގައި ހިމެނޭ މުހިންމު ވަސީލަތްތަކާ ގުޅޭ ކަންކަމުގެ މައުލޫމާތު ހިމެނޭނެއެވެ.
"ރިޕްލޭސްމަންޓް ވެލިއު" ކަމަށް ބުނެފައި އެވަނީ، އިމާރާތް ބާވެ ހަލާކުވުން ނުވަތަ ހާދިސާއެއްގެ ސަބަބުން އެފަދަ އިމާރާތެއް އަލުން ބިނާކުރުމަށް އެއިރެއްގައި ހިނގާނެކަމަށް ލަފާކުރާ ހަރަދަށެވެ.
"ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރު ކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗައް ހާޒިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ.
"ހައްޔަރުކުރުން" ކަމަށް ބުނެފަ ިއ އެވަނީ، މީހާގެ މިނިވަންކަން ހުއްޓުމަކަށް އައިސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް މީހާ ގެނައުމަށެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނ،ީ އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ.
- ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު.
- ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 8 ވަނަ ާބބުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރުމަށްފަހު ނުވަތަ މި ގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބަންދުގައި ހުންނަ ވަގުތު އޭނާ ހުރި ހާލަތު.
"ހުއްޓުވުން" ކަމަށް ބުނެފައި އެވަނ،ީ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ.
"ބެލެހެއްޓުން ނުވަތަ "ބެލުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާ ލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.
"ބެލުން ނުވަތަ ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާ ލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.
"ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.