ގާނޫނީ ރަދީފު
"ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއް ނަމަ، ހިކިފަސްތަން ހިމެނޭ ހިސާބުކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑްލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދަށެވެ. އަދި ރަށެއްގެ ބައެއް ނަމަ ނުވަތަ ބިމެއް ނަމަ، އެ ބިމެއްގެ ކަނޑައަޅައިފައިވާ އިމުން ފެށިގެން އެތެރޭގެ ސަރަހައްދަށެވެ.
"މީން ޓައިޑްލައިން" ކަމަށް ބުނެފައި އެވަނީ، ބޮޑުދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ހައި ޓައިޑްލައިން" އަދި ހިކި ދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ލޯ ޓައިޑްލައިން" ގެ އެވަރެޖުގެ މައްޗަށް ހިސާބުކުރެވޭ ބިމުގެ ބޮޑުމިނުގެ މިންގަނޑެވެ.
"ސައިޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް، އެ މަށްރޫއަކާ ގުޅިގެން ތަރައްގީކުރާ އިމާރާތްތައް އަތުރައިލެވިފައިވާ ގޮތް ދައްކުވައިދޭ ސްކޭލަށް ކުރަހައިފައިވާ ޕްލޭނަށެވެ.
"ހަކަތައިގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ބާވަތަކުން ހަކަތަ އުފައްދައި، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވާތްތައް ދިވެހިރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި ސާފުކުރުމާއި ގުދަންކުރުމާއި ސަޕްލައި ކުރުމާއި ވިއްކުމާއި މިކަންކަމާ ގުޅޭ އެންމެހައި އިންފްރާސްޓްރަކްޗަރއަށެވެ.
"އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ޓްރާންސްފަރ ކުރުމަށް ނުވަތަ އައުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަށެވެ.
"އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމުގެ ހިދުމަތް ދިނުމަށް ގެންގުޅޭ، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށެވެ.
(ބ) ''ކޮންޓެއިނަރ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދު'' ކަމުގައި ބުނެފައި އެވަނީ، ޓްރައިލަރ ޓްރަކް ނުވަތަ ކާގޯގެ ގޮތުގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ހާއްސަކޮށްފައިވާ 20 (ވިހި) ފޫޓުން ފެށިގެން 40 (ސާޅީސް) ފޫޓާ ދެމެދުގެ ދިގުމިން ހުންނަ ކޮންޓެއިނަރ އުފުލާ އުޅަނދުތަކަށެވެ.
"މީސްމީޑިއާ" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިއާގެ ޕްލެޓް ފޯމްތައް ވެސް ހިމެނޭގޮތުންނެވެ.
"އާއިލާ" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިން،ނުވަތަ ގާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
"ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނު އެއްބަސްވުމާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދީފައިވާ ފަރާތަކަށެވެ.
"އާއިލީ މެންބަރު" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެދޭ ފަރާތުގެ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ/އެއްބަނޑު/އެއްބަފާ ދައްތައެއް، ނުވަތަ ބޭބެއެއް، ނުވަތަ ކޮއްކޮއެއް، ނުވަތަ މައިފުށު/ބަފައިފުށުގެ ބޮޑުބޭބެއެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީގޮތުން އެ ފަރާތާ ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
"ޓޮޕްއަޕް ލޯނު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ދަރިވަރު ކިޔަވަމުންދާ ޕްރޮގްރާމުގެ މުއްދަތުގައި، ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރުވާ މުއްދަތަށް ދޭ ލޯނަށެވެ.
"އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، ކުރިން ކިޔެވި މޮޑިއުލެއްގެ މައްޗަށް ބިނާކޮށް، ފަހުން ކިޔަވާ ޕްރޮގްރާމުގެ މޮޑިއުލެއް ކިޔަވަން ނުޖެހި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ހަމަޖައްސައިފައިވުމަށެވެ.
"ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ލޯނު ނަގާ ފަރާތުން ކިޔެވުމަށް ޓަކައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ސްކޮލަރށިޕްތަކަށެވެ.
"ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް، މި މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައިފައިވުމަށް ނުވަތަ ދައްކަމުންގެންދިޔުމަށެވެ.