ގާނޫނީ ރަދީފު
"އާއިލާ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ އަނބިމީހ/ާފިރިމީހާ ނުވަތަ ސިވިލް ޕާރޓްނަރ، ނުވަތަ އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށެވެ. އަދި އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުމެއް ހުރި ފަރާތެއް ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ ފަރާތެއްގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ބޭބެއާއި، ދައްތައާއި، ކޮއްކޮއާއި، އެ ފަރާތްތަކުގެ ދަރީންނަށެވެ.
"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރ،ު އެ އުޅަނދަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރަށެވެ.
"އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދައިފައިވާ ގާނޫނުތަކަށެވެ.
"އާންމު ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ، ލޯކަލް ކައުންސިލްތައް ނުހިމެނޭ ގޮތުގެ މަތީން، ތަބީއީ އަދި ގާނޫނީ ށަހްސު ހިމެނޭ ގޮތަށެވެ.
"ފަޅުރަށް" ނުވަތަ "ރަށް" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 200 (ދުއިސައްތަ) މީޓަރުގެ ސަރަހައްދަށެވެ.
"ރަށް" ނުވަތަ "ފަޅުރަށް" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 200 (ދުއިސައްތަ) މީޓަރުގެ ސަރަހައްދަށެވެ.
"ކައުންސިލް" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ހިންގުމަށްޓަކައި އުފައްދާފައިވާ ޔުނިވަރސިޓީ ކައުންސިލަށެވެ.
"ވައިސް ޗާންސެލަރ" ކަމަށް ބުނެފައިވަނީ، ޔުނިވަރސިޓީ ހިންގުމަށް އައްޔަންކުރާ އެންމެ އިސްމީހާ އަށެވެ.

"ސެނެޓު" ކަމަށް ބުނެފައިވަނީ، އެކަޑެމިކް ސެނެޓަށެވެ.
"ސެކިޔުރިޓީސް" ކަމަށް ބުނެފައިވަނީ، ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށް އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ.
"ކޮލެޖް" ކަމަށް ބުނެފައިވަނީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭށަނަށް ނިސްބަތްވާ ހުރިހާ ކެމްޕަސް، ފެކަލްޓީ، ސެންޓަރު، އޮފީސްފަދަ ތަންތަނަށެވެ. އެހެންނަމަވެސް ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2011-03) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ، "ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ"، "ކޮލެޖް" ގެ މާނައިގެ ތެރެއަކު ނުހިމެނެއެވެ.
"ތައުލީމީ މަރުކަޒު" ކަމަށް ބުނެފައިވަނީ، ތައުލީމީ ނުވަތަ އިލްމީ ހިދުމަތްދޭ އެންމެހައި ތަންތަނާއި އިލްމީ ދިރާސާތައް ކުރާ އެންމެހައި މަރުކަޒުތަކާއި އިދާރާތައް ހިމެނޭ ގޮތުގެމަތިންނެވެ.
"ޗާންސެލަރ" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރއަށެވެ.
"ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ވަޒީފާދޭ ތަންތަނަށެވެ.