-

ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން

"ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތުގެ އެއްވެސް މިންވަރެއް ބޭނުންކޮށްގެން އުފައްދައިފައިވ،ާ ދުންފަތުގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދެވޭ ސިއްހީ ފަރުވާގެ ބައެއްގެގޮތުގައި ހިމެނޭ ނުވަތަ ސެޒޭށަން ޕްރޮގްރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި، ޑަކްޓަރީބޭސް ފަދަ ތަކެތި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާނަމަ، ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާނަމަ، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނުކަމުގައިވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ނުބެލޭނެއެވެ.