-

ކުށް ކުރުމަށް ބޭނުންކުރި މުދާ (ދުންފަތާއި ގުޅޭ)

"ކުށް ކުރުމަށް ބޭނުންކުރި މުދާ" ކަމަށް ބުނެފައި އެވަނީ،

  1. ރާއްޖެއަށް މުދާ އެތެރެކުރާ މަރުހަލާގައިނަމަ، ކޮންސައިންމަންޓުގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.
  2. ހޯލްސޭލްކުރާ މަރުހަލާގައިނަމަ، ހޯލްސޭލްކޮށް ވިއްކި މުދަލުގެތެރޭގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.
  3. ރީޓެއިލް މަރުހަލާގައިނަމަ، ރީޓެއިލްކޮށް ވިއްކި، ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.
  4. ނަމަވެސް ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށްވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށްވުރެ މަދު އަދަދެއްނަމަ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައި ބެލޭނީ 20 (ވިހި) ސިނގިރޭޓުގެ 1 (އެކެއް) ފޮށި ނުވަތަ 50 (ފަންސާސް) ބިޑީގެ އެއް ބޮނޑިކަމުގައެވެ.
  5. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކުރާ އިންސްޕެކްށަނެއްގެ ތެރެއިން ވިޔަފާރިކުރާ ތަނަކުން ނުވަތަ ތަކެތި ގުދަންކޮށް ރައްކައުކުރާ ތަނަކުން ނުވަތަ ތަކެތި އުފުލާ އުޅަނދަކުން މި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތެއް ފެނިއްޖެނަމަ، އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެވަގުތު ހުރި، މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއް ބެލޭ ނީ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައެވެ.