-

އަގު (ދުންފަތާއި ގުޅޭ)

"އަގު" ކަމަށް ބުނެފައި އެވަނީ،

  1. ރާއްޖެއަށް ތަކެތި އެތެރެކުރާ މަރުހަލާގައިނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަމަލުކުރާ "ކަސްޓަމްސް ވެލިއު" އަށެވެ.
  2. ހޯލްސޭލް މަރުހަލާގައިނަމަ، ވިޔަފާރީގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ހޯލްސޭލް އަގަށެވެ.
  3. ރީޓެއިލް މަރުހަލާގައިނަމަ، ވިޔަފާރި މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ރީޓެއިލް އަގަށެވެ. 
  4. ނަމަވެސް ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށްވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށްވުރެ މަދު އަދަދެއްނަމަ، އަގުކަމުގައި ބެލޭނީ، ވިޔަފާރީ ގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓައި ފައި ހުންނަ 20 (ވިހި) ސިނގިރޭޓުގެ ސިނގިރޭޓު ފޮއްޓެއްގެ ނުވަތަ 50 (ފަންސާސް) ބިޑީގެ ބިޑި ބޮނޑިއެއްގެ އަގަށެވެ.
  5. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހިންގާ އިންސްޕެކްށަންގެ ތެރެއިން ފެނުނު ދުންފަތުގެ ބާވަތެއްނަމަ، އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއްގެ ރީޓެއިލް އަގަށެވެ. އިންސްޕެކްށަންގެ ތެރެއިން ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތްތައް ފެ ނުނީ ގުދަންކޮށްފައި ނުވަތަ އުޅަނދެއްގައި ހުއްޓާ ކަމުގައިވާނަމަ، އަގުކަމުގައި ބެލޭނީ، އެތަކެތީގެ ވެރިފަރާތުން ހިންގާ ތަނެއްގައި އެފަދަ ތަކެތި ވިއްކަން ކަނޑައަޅައި އާންމުކޮށްފައިހުރި ނުވަތަ މިފަދަ ތަކެތި ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ރީޓެއިލް އަގެވެ.