ގާނޫނީ ރަދީފު
"ލޭންޑްފިލް" ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމަށް ވަކި ހާއްސަ ސިފަތަކެއްގެ މައްޗަށް ބިނާކޮށް ކުނި އެޅުމަށް މޫދުގައި ނުވަތަ އެއްގަމުގައި ހަދާ ތަންތަނަށެވެ.
"ކުނި ގުދަންކުރުން" ކަމަށް ބުނެފައި އެވަނީ، އެއް މަހަށްވުރެ ގިނަ ދުވަހު ކުނި އެއްތަނަކަށް ޖަާމކޮށްފައި ބެހެއްޓުމަށެވެ.
"ކުނި ޓްރީޓްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުފެދޭތަކެތިން ތިމާވެށްޓަށް ނުވަތަ އިންސާނުންގެ ސިއްހަތައް ލިބޭ ގެއްލުން ކުޑަކުރުމުގެގޮތުން، ކުނި ބޭނުންކޮށްގެން ބޭނުންތެރި ެއހެން އެއްޗެއް އުފެއްދުން ނުވަތަ އެކުނީގެ ނުރައްކާތެރިކަން ކަނޑުވާލުމަށް ހިންގާ މަރުހަލާތަކަށެވެ.
"ކުނިއެޅުން" ކަމަށް ބުނެފަ ިއ އެވަނީ ކުނިއެޅުމަށް ހުއްދަ ދީފައިނުވާ ކޮންމެތަނަކަށް ކުނީގެ ގޮތުގައި ބެލޭ އެއްވެސް އެއްޗެއް އެއްލުން، އުކުން، ބޭއްވުން، ހިތްޕުން، ވައްޓާލުމަށެވެ.
"ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކުނީގެ ގޮތުގައި ތައާރަފްކުރާ އެއްޗެއްގެ ސަބަބުން ގުދްރަތީ މާހައުލަށް އަންނަ ބަދަލަށެވެ.
"ކުނި މެނޭޖުކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ނެގުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ޓްރީޓްކުރުމާއި ގުދަންކުރުމާއި ކުނި އަޅާތަން ބެލެހެއްޓުމާއި ލޭންޑްފިލް ހިމެނޭގޮތުން ކުންޏާމެދު އެކި މަރުހަލާތަކުގައި އަމަލުކުރާ ގޮތްތަކަށެވެ.
"ހާއްސަ ކުނި" ކަމުގައި ބުނެފައި އެވަނީ، އެ އެއްޗެއްގައި ނުރައްކާތެރި މާއްދާއެއް އެކުލެވުމުގެ ސަބަބުން އެއިން އިންސާނުންގެ ސިއްހަތަށް ނުވަތަ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރާނެ ނުވަތަ ކޮށްފާނެ ކޮންމެ ުކންޏަކަށެވެ.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު (މ) ގެ ދަށުން ބަޔާންކޮށްފައިވާ ސިފަތައް އެކުލެވޭ ކުނީގެ އެންމެހައި ބާވަތްތަކަށެވެ.
"ކުނި" ކަމަށް ބުނެފައި އެވަނީ، ބޭނުންނެތިގެން އުކާލާ ތަކެތި ނުވަތަ އުކާލަން ގަސްތުކުރާ ތަކެތި ނުވަތަ އުކާލަންޖެހޭ ތަކެއްޗަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާ ބެހޭ ގާނޫނުގައި އެލަފުޒަށް ދީފައިވާ މާނަ ދޭހަވާ ގޮތުން ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް މިއިން އިސްތިސްނާ ކުރެވިގެންނެވެ.
"އެމްޕްލޯޔަރ އައިޑީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭފަރާތް ފުރަތަމަ ރަޖިސްޓަރީކޮށް އެތަނުގެ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރާއިރު، ޕެންށަން އޮފީހުން އެ ވަޒީފާ ދޭފަރާތަށް ކަނޑައަޅާ ނަންބަރަށެވެ.
"ރިސިޕްޓް ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުމުން ވަޒީފާދޭ ފަރާތަށް، ޕެންށަން އޮފީހުންދޭ ނޯޓިހަށެވެ. މި ނޯޓިހުގައި، އެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ނޫންކަމާއި، ވަޒީފާ ދޭފަރާތުގެ މަޢުލޫމާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، (ވަޒީފާ ދޭފަރާތުން ބަޔާންކޮށްފައިވާ ގޮތަށް)، އަދި އެ ހުށަހެޅުމާގުޅިގެން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ ޕޭމަންޓް ވައުޗަރެއް ހިމެނޭނެއެވެ.
"ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުން އުޖޫރަދޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސައްކަތްކުރާ ނުވަތަ އިދާރީ އޮނިގަ ނޑުގެ ތެރޭގައި ހިމެނިގެން މަސައްކަތްކުރާ ކޮންމެ ފަރުދަކަށެވެ.
"ސެލްފް އެމްޕްލޯއިޑް" ނުވަތަ "އަމިއްލަ ވަޒީފާގައި އުޅޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނެހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.
"ވިޔަފާރި ހަރަކާތް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ 31 ވަނަ މާއްދާގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ހަރަކާތްތައް ނުހިމެނޭ ގޮތުން، އެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ހަރަކާތަކަށެވެ.