ގާނޫނީ ރަދީފު
"އެނދު" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގައި ބަޔާންކޮށްފައިވާ ސައިޒުތަކާއި މިންގަނޑަށް ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ.
"ޓޫރިސްޓް ބެޑް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމުލަ އެނދުގެ އަދަދަށެވެ.
"ރިސެޕްށަން" ކަމަށް ބުނެފައި އެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒު ލާފައި ހުންނަ ތަނަށެވެ.
"ރެޖިސްޓްރޭށަން ކާޑު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލަށް ޗެކިންވާ ގެސްޓުންގެ މައުލޫމާތު އެ ގެސްޓަކު ފުރުމަށް ކަރުދާހުގައި ޗާޕުކޮށްފަ ހުންނަ ކާޑަށެވެ.
"ގެސްޓް ރަޖިސްޓަރީ" ކަމަށްބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ މީހުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއިން ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަރުދާހުގައި ލިޔެ ރިކޯޑު ކުރެވޭގޮތަށް ކަރުދާހުން ހަދާފައި އޮންނަ ފޮތް ނުވަތަ ފައިލަށެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ ކޮންމެ މީހަކަށެވެ.
"ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހިރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހެކެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބޭހޭ ފަރާތުން ދޭ ހުއްދައެވެ.
"ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި ހޭދަކުރާ ކޮންމެ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވ،ާ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ގެސްޓްހައުސް ނޫން ތަންތަނަށެވެ.
"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާ ލިބޭނެ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަށް ނުވަތަ މިނޫންވެސް ގޮތަކަށް، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް، ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހަކު ދެވޭ ވަކި އަދަދެއްގެ ފައިސާއަށެވެ.
"ހަތީބުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި އީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކޮށްފައިވާ ފަރާތްތަކަށާއި، މި އުސޫލުގެ ދަށުން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.
"ހާފިޒުން" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާން ހިތުދަސްކޮށް، މި އުސޫލާ އެއްގޮތަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރިޔަށްގެންދާ ހާފިޒުކަމުގެ އިމްތިހާނުން ފާސްވެ، ހާފިޒުކަމުގެ ސަނަދު ލިބޭ ފަރާތްތަކަށެވެ.
"ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާނާބެހޭ އިލްމު ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިންގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ އިދާރާއަށެވެ.
"ޖަނަވާރުގެ ކާނާ" ކަމަށް ބުނެފައި އެވަނީ، ޖަނަވާރު ކެއުމަށްޓަކައި، ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން އޭގެ ގުދްރަތީ ހާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި، ސިނާއީ ގޮތުން އުފެއްދުމުގެ ތެރެއިން ގުދްރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ގުދްރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.
"ކޭޓަރިންގގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި އެ ތަނެއްގައި ތައްޔާރުކުރުމަށްފަހު އެ ތަކެތި ކައިބޮއި ހެދުމަށްޓަކައި އެހެން ތަނަކަށް ގެންގޮސްދީގެން ހިދުމަތް ދިނުމަށް ހާއްސަކުރެވޭ ހިދުމަތަށެވެ.