ގާނޫނީ ރަދީފު
"ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.
"އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ،ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.
"އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.
"އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.
"ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި، އެންޓި- ކޮރަޕްށަން ކޮމިށަނާއި، ގާނޫނެއްގެ ދަށުން ތަހުގީގީ ބާރު ލިބިފައިވާ އެންމެހައި ފަރާތްތަކަށެވެ.
"އޮޑިޓަރުން" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނަރަލާއި، އޮޑިޓަރ ޖެނަރަލް އޮފީހުގެ މުވައްޒަފުންނާއި، އޮޑިޓް މަސައްކަތެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.
"އަމިއްލަ ތަނެއް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ.
"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިނގާ އިދާރާތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ދިވެހިރާއްޖޭގެ ށަރުޢީ ކޯޓުތަކާއި، ލޯކަލް ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ދައުލަތުގެ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ދަށުން ހިނގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
"ކަށުކަމާކެމި" ކަމަށް ބުނެފައި އެ ވަނީ، ހިނެވުން، ނުވަތަ ތަޔަންމަމްކުރުން ނުވަތަ އިސްލާމީ ކަންކަމާބެހޭ މުވައްސަސާއަކުން އެ ފަދަ ފަރާތްތައް ވަޅުލުމަށް ކަނޑައަޅާ ގޮތްތަކަށެވެ.
"ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު" ކަމަށް ބުނެފައި އެ ވަނީ، އެ މީހަކު މަރުވާއިރު، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ބައްޔެއް ޖެހިފައިވާކަން ތަހުލީލުތަކުން ސާބިތުވެފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމާތްތައް ހުރި ފަރާތެއް ކަމަށް ސިއްހީ ހިދުމަތްތެރިއަކު ކަނޑައަޅައިފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމަތްތައް ނުފެނުނު ނަމަވެސް، ހާލަތަށް ރިއާޔަތްކުރާއިރު، އެ ފަދަ ބައްޔެއް ޖެހިފައި ހުރެދާނެކަމަށް ސިއްހީ ހިދުމަތްތެރިއަކަށް ނުވަތަ އެޖެންސީއަށް ގަބޫލުކުރެވޭ މީހުން ހިމެނޭ ގޮތުންނެވެ.
"ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީ ކަނޑައަޅައިފައިވާ ބަލިތަކެވެ.
"ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް" ކަމަށް ބުނެފައި އެ ވަނީ، ސަރޖިކަލް ގްލަވްސްއާއި، މެޑިކަލް މާސްކާއި، ކަމަށް ހާއްސަކޮށްގެން އުފައްދައިފައިވާ ގައުންއާއި، އެޕްރޮންއާއި، ފޭސް ށީލްޑާއި، ގޮގްލްސްއާއި، ބޫޓާއި، ނުރައްކައުތެރި ބައްޔަކުން ރައްކައުތެރިވުމަށް ބޭނުންކުރާ އެހެނިހެން އާލާތްތައް ހިމެނޭ ގޮތުންނެވެ.
"ވަޒީފާދޭ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރިއެއްގެ ގޮތުގައި އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކަށެވެ.
"ފެޑަރޭށަން ސެންޓަރ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރީންގެ ޔޫނިއަންތަކުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަން އުފައްދާ ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރުތަކަށެވެ.
"ޔޫނިއަންތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން އާންމުކޮށްފައިވ،ާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކުގެ ލިސްޓަށެވެ.