gaanoon_logo
-

ޑޭޓާއަށް ނުވަތަ ޕްރޮގްރާމަށް އެކްސެސްވުން

"ޑޭޓާއަށް ނުވަތަ ޕްރޮގްރާމަށް އެކްސެސްވުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުންނެވެ.

  1. ކޮމްޕިއުޓަރ ސިސްޓަމަކުން ވަކި ފަންކްށަނެއް ހިންގައިގެން އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އެ ސިސްޓަމްގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސްވާ ވުމަށެވެ.
    1. ޕްރޮގްރާމް ނުވަތަ ޑޭޓާ ބޭނުންކުރުން؛
    2. ޕްރޮގްރާމް ނުވަތަ ޑޭޓާ ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެއްޗެއް އޮލްޓަރކުރުން ނުވަތަ މޮޑިފައިކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ފޮހެލުން؛
    3. ޕްރޮގްރާމް ނުވަތަ ޑޭޓާ ކޮޕީކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ އަންނަނިވި ފަދައިން ޓްރާންސްފަރކުރުން:
      (ހހ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމް ނޫން އެފަދަ އެހެން އެއްޗަކަށް ޓްރާންސްފަރކުރުން؛
      (ށށ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމްގައިވާ ލޮކޭށަން ނޫން އެހެން ލޮކޭށަނަކަށް ޓްރާންސްފަރކުރުން.
    4. ޑިސްޕްލޭކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ޕްރޮގްރާމް ނުވަތަ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމުން އެ ޑޭޓާ ނުވަތަ ޕްރޮގްރާމް އައުޓްޕުޓްކުރުން.