ގާނޫނީ ރަދީފު
"ވޮރަންޓީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ތައްޔާރުކޮށްފައިވަނީ ވަކި ފެންވަރެއްގައިކަމަށް ބުނެ އެ އެއްޗެއް އުފެއްދި ފަރާތުން ދޭ ޔަގީންކަމަށެވެ.
"ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އެއްގަމުގައި އުޅޭ އެންމެހައި ޖަނަވާރާއި، ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ މަސްމަހާމެއްސާއި ކްރަސްޓޭށިއަންގެ ބާވަތްތަކާއި އެނޫންވެސް ދިރޭ އެއްޗެހި ހިމެނޭގޮތުންނެވެ.
"ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ކާބޯތަކެތި" ކަމަށް ބުނެފައި އެވަނީ، ގުދްރަތީ ގޮތުން ހެދޭ ހެދުމަށް ބަދަލުގެނެވިފައިވާ ގަސްގަހާގެއްސާއި މަސްމަހާމެހީގެ ބާވަތްތަކުން އުފައްދާފައިވާ ކާބޯތަކެއްޗަށެވެ.
"ޑިކްލެއަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދަލަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ނުވަތަ ދޭންޖެހޭ މައުލޫމާތަށެވެ.
"ވިއްކުން" ކަމަށް ބުނެފައި އެވަނީ، ނަގުދު ފައިސާއަށް ނުވަތަ ކްރެޑިޓަށް ނުވަތަ އަގެއްހުރި އެކަތި އަނެކައްޗަކާ ބަދަލުކުރުމަށެވެ. އަދި ވިއްކުމަށް އެއްބަސްވުމާއި، ވިއްކުމަށް ހުށަހެޅުމާއި، ވިއްކުމަށް ނެރުމާއި، ވިއްކުމަށް ބެހެއްޓުމާއި، ވިއްކުމަށް މަސައްކަތްކުރުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.
"ރިފަރަލް ލެބޯރަޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތް ލެބޯރަޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06) ގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯރަޓަރީތަކަށެވެ.
"ކާބޯތަކެތި ތަހްލީލުކުރާ ލެބޯރަޓަރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ސިއްހީ ރައްކާތެރިކަން ބެލުމަށްޓަކައި ނުވަތަ ކާބޯތަކެތީގެ އެނޫންވެސް ތަހްލީލުތައް ކުރުމަށްޓަކައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06) ގެ 42 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ލެބޯރަޓަރީތަކަށެވެ.
"އުފައްދާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކާބޯއެއްޗެއްގެ ބާވަތެއް ތައްޔާރުކޮށްފައިވާ ނުވަތަ ހަދާފައިވާ ފަރާތަށެވެ. އަދި ކާބޯއެއްޗެއް ތައްޔާރުކުރުމަކާ ނުލައި އެ އެއްޗެއް އުފެއްދި ފަރާތުގެ ގޮތުގައި އެ އެއްޗެއްގައި އެއްވެސް ފާހަގައެއް ޖަހައި ލޭބަލެއް ކޮށްފި މީހަކު ބެލެވޭނީ މި މާނައިގެ ދަށުން އުފައްދާ ފަރާތެއް ކަމުގައެވެ.
"އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ތަކެތިން ކާބޯއެއްޗެއް ހެދުމަށްޓަކައި ޕްރޮސެސްކުރުމަށް ނުވަތަ ޓްރީޓްމަންޓް ދިނުމަށެވެ. ކާބޯތަކެތި އުފެއްދުމަށްފަހު ސަބް ޕްރޮސެސްއެއް ކުރާނަމަ އެކަންވެސް މި މާނައިގައި ހިމެނެއެވެ.
"ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ޒާތަށާއި އަސްލަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަށެވެ. މީގެ ތެރޭގައި ކެއްކުން، ހިއްކުން، ދިލަޖެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް ކޮށުން، ބައިކުރުން، ކަށިފިލުވުން، ހަންނެގުން، މުގުރުން، ތޮށިމެށުން ނުވަތަ ތޮށިވަކިކުރުން، ފިނިކުރުން، ގަނޑުކުރުން، ގަނޑުފިލުވުން ފަދަ ކާބޯތަކެތީގެ ޒާތަށް ބަދަލު ނާންނަ ކަންތައްތައް މީގެ ތެރެއަކު ނުހިމެނެއެވެ.
"ފުޑް އެޑިޓިވް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގެ ޒާތުގައި އެ އެއްޗަކީ އާންމުކޮށް ކައިބޮއި ހެދުމަށް ބޭނުންކުރާ އެއްޗަކަށް ނުވެފައި، އަދި ކާބޯތަކެތި ތައްޔާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންނުކުރާ ބާވަތެއް ކާބޯތަކެތި އުފެއްދުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ތައްޔާރުކުރުމުގެ ނުވަތަ ބަންދުކޮށް އުފުލައި ހެދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުމަށް ކާބޯތަކެއްޗަށް އެއްކުރާ އެއްޗަކަށެވެ. އަދި މިގޮތަށް ކާބޯތަކެއްޗަށް އެއްކުރާ ފުޑް އެޑިޓިވްއެއްގައި ސިއްހީ މަންފާއެއް ހުރުން ލާޒިމުނުވި ނަމަވެސް،ފުޑް އެޑިޓިވް ނުވަތަ އޭގެ ބައިޕްރޮޑަކްޓްތައް ކާނާގެ ބަޔަކަށް ނުވަތަ އެހެންވެސް ގޮތަކުން ކާނާގެ އަސްލަށް ބަދަލުގެނެސްދޭ ނުވަތަ ބަދަލެއް ގެނައުމަށް އެކަށީގެންވާ ކޮންމެ އެއްޗެކެވެ. ކާބޯތަކެތީގައި ހިމެނޭ ސިއްހީ މަންފާ އިތުރުކުރުމަށް އެއްކުރާ ތަކެއްޗާއި ކޮންޓެމިނަ ންޓްތައްމީގެ ތެރެއަކު ނުހިމެނެއެވެ.
"ކޮންޓޭނަރ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ބަންދުކުރުމަށާއި ކާބޯތަކެތި ނުވަތަ އޭގެ ބައެއް، އެއް އައިޓަމެއްގެ ގޮތުގައި ރައްދުކުރުމަށް ބަންދުކުރުމަށާއި ބޭނުންކުރާ އެއްޗަކަށެވެ.
"ކޮންޓެމިނަންޓް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނިގެން ނުވާ މާއްދާއެއް ކާބޯތަކެތި އުފައްދާ އުފެއްދުމެއްގެ ތެރޭގައި ނުވަތަ ޕްރޮސެސްކުރުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ތައްޔާރުކުރުމުގެ ތެރޭގައި ނުވަތަ ބަންދުކުރުމުގެ ތެރޭގައި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ގެންގުޅޭ މާހައުލެއްގައި ހުރި ނުސާފު ކަމެއްގެ ސަބަބުން ގަސްދަކާ ނުލައި ކާބޯތަކެތީގެ ތެރެއަށް ވާސިލުވެފައިވުމަށެވެ.
"ކާނާ ވިހަވުން" ކަމަށް ބުނެފައި އެވަނީ، ބެކްޓީރިއާއެއް ނުވަތަ ވައިރަހެއް ނުވަތަ ޕެރަސައިޓެއް ނުވަތަ ވިހައެއް ނުވަތަ އެނޫންވެސް ކެމިކަލެއްގެ އަސަރުކޮށްފައިވާ ކާބޯތަކެތި ކައިބޮއި ހެދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް މެދުވެރިވާ ހާލަތަށެވެ.