ދައުލަތުގެ އިދާރާ
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި ތަންތަނަށެވެ.